ކަންނެލި މަސްވެރިން މާމޮޅުތަކެއް ވާނެކަމަަށް ގެނައި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި ޗައިނާގެ ބޯޓުތަކަށް ލޭނުގެ މަސްވެރިކަމުގެ ހުއްދަ ދިނުމުން އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރަނީ
ކަންނެލި މަސްވެރިން މާމޮޅުތަކެއް ވާނެކަމަަށް ގެނައި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި ޗައިނާގެ ބޯޓުތަކަށް ލޭނުގެ މަސްވެރިކަމުގެ ހުއްދަ ދޭތީ އެކަމާ ދެކޮޅަށް މަސްވެރިން އިހުތިޖާޖު ކުރަން ފަށައިފި އެވެ.
މަސްވެރިން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މިއަދު އިހުތިޖާޖު ކުރަމުންނެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އިންތިޒާމު ކުރާ މި އިހުތިޖާޖުގައި 50އަށްވުރެ ގިނަ ކަންނެލި ދޯނި ބައިވެރިވެއެވެ.
އިހުތިޖާޖުގެ ބައިވެރިން ޑިމާންޑް ކުރަނީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ވައުދުު ވީ ގޮތަށް ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކަށް 80ރ. އާއި 100ރ.އަށް މިފްކޯއިން ކަންނެލި ގަންނަން ފެށުމަށް ފަހު ނޫނީ ލޭނު އަޅަން ހުއްދަ ނުދިނުމަށެވެ.
ކުރީ ސަރުކާރުގައި އޭރު އިދިކޮޅު މަޖިލިސް މެމްބަރަކަށް ހުންނެވި އަދި މިހާރު ފިޝަރީޒް މިނިސްޓަރު ޝިޔާމަށް މަސްވެރިންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކާއި ނުރުހުން އަންނަނީ އަމާޒުވަމުންނެވެ. މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު ޝިޔާމަކީ ކުރީ ސަރުކާރުގައި މަސްވެރިންނަށް ނުދީ ލަސް ވާތީ އެކަމާ އެންމެ ބޮޑަށް އަޑު އުފުލި އެކަކެކެވެ.
އިހުތިޖާޖުގެ ބައިވެރިން އަންނަނީ މަސްވެރިން ބޭންކުތަކަށް ދަރައި މަހަށް ފުރޭނެ ގޮތެއް ނެތިފައިވާކަން ފާހަގަކުރަމުންނެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4