ކައްޒާބު ހޮޅި މުއިއްޒަކީ ރައްޔިތުންނަށް ދޮގާ މަކަރާ އޮޅުވާލުމުގައި އަރާހުރި މީހެއް
ކައްޒާބު ހޮޅި މުއިއްޒަކީ ރައްޔިތުންނަށް ދޮގާ މަކަރާ އޮޅުވާލުމުގައި އަރާހުރި މީހެކެވެ. ރައްޔަތުންނަށް އޮޅުވާލާ ދޮގު ހެދުމަކީ އޭނާ އިއްޔެއަކު މިއަދަކު ކުރާ ކަމެއް ނޫނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ކައްޒާބު މުއިއްޒުގެ މިނިސްޓަރު ކަމުގައި އޭނާ ވަނީ މާތްވެގެންވާ އަރަފާތު ބިމުގައި ހުރެ ކ.ގުރައިދޫ ރައްޔިތުންނަށް މާސިންގާ ބޮޑު ދޮގެއް ހަދާ އޮޅުވާލައިފައެވެ.
ހުޅުމާލެ ފޭސް2 ހިއްކަން ފެށުމުގެ ކުރިން ކައްޒާބު މުއިއްޒު ހައްޖައް ދިޔައީ ކަން ދިމާކުރިގޮތުން ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު މަރުހޫމު އިބްރާހީމް ރިޟާ ވެސް ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ ފަހަރެއްގައެވެ. ހައްޖުގެ އަޅުކަމަށް ފުރުމުގެ ކުރިންވެސް ކ.ގުރައިދޫ މެންބަރާއި ރައްޔިތުންނާއި ކައުންސިލާއި ޕީޕީއެމް އެކްޓިވިސްޓްގެވެސް އެންމެ ބޮޑު އެދުމަކީ ގުރައިދޫ ހިއްކުމެވެ. ކައްޒާބު އޭރު ހުރީ އިންފްރާސްޓަކްޗަރ މިނިސްޓަރުކަމުގައި ކަމުން ކައްޒާބުގެ މިނިސްޓްރީއާއި އެކު އެކަމުގައި މަޝްވަރާތަކެއް ކުރެވިފައިވެއެވެ.
ކޮންމެއަކަސް ހައްޖުގެ އަޅުކަމުގެ އެންމެ މުހިންމު ވަގުތު، އަރަފާތު ބިމުން ކ.ގުރައިދޫ ރައްޔިތުންނަށް ލިބުނީ އުފާވެރިކަމުގެ ޚަބަރެކެވެ. އަރަފާތު ބިމުން ގުރައިދޫ ދާއިރާގެ އޭރުގެ މެންބަރާއި ކައްޒާބު މުއިއްޒާއި ދިމާވެ، ހުޅުމާލެ ފޭސް2 ހިއްކުމަށްފަހު ކ.ގުރައިދޫ ހިއްކާނޭ ކަމުގެ ޔަޤީންކަން ދިނުމާއި ގުޅިގެން މެންބަރު ވަގުތުންވަނީ ގުރައިދޫގައި ތިބި ޕީޕީއެމް އެކްޓިވިސްޓުންނަށް ގުޅާ އެ އުފާވެރި ޚަބަރު ދީފައެވެ.
މި އުފާވެރި ޚަބަރާއި ގުޅިގެން ގުރައިދޫ ހިއްކާނޭކަމަށް ބުނެ ޕީޕީއެމް އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕެއިނެއްވެސް ކޮށްފައިވެއެވެ. ނަމަވެސް ކައްޒާބު މުއިއްޒުގެ މިނިސްޓަރުކަމުގެ ދައުރު ނިންމާލީވެސް އަރަފަަތު ބިމުގައި ދެއްކި ވާހަކަމަތިން ހަނދާންނެތި ގުރައިދޫ ރައްޔިތުން މާޔޫސްކޮށްލުމަަށް ފަހުގައެވެ.
ގުރައިދޫ ޕީޕީއެމް އެކްޓިވިސްޓަކު މި ނޫހަށް މައުލޫމާތު ދެމުން ބުނީ ކައްޒާބު މުއިއްޒު ގުރައިދޫ ނުހިއްކީ ގުރައިދޫ ފަޅުތެރޭގައި ގުރައިދޫއާއި ވަރަށް ކައިރީގައި އޮންނަ ކަނޑޫމާ އައިލެންޑް ރިސޯޓް ހިންގަމުން ދިޔަ ސިންގަޕޫރުގެ މަހުޖަނު އޮންގު ގެ ނުފޫޒާއި ހުރެ ކަމުގައެވެ. އޮންގު ވަނީ ޔަމީނުގެ ވެރިކަމުގައި އާރަށުފައި ގަނޑުވަރެއްވެސް ބިނާކޮށްދީފައެވެ.
ކަންމިހެން ހިނގާދިޔަ ފަހުން މިދިޔަ ރިޔާސީ އިންތިހާބުތެރޭގައި ކައްޒާބު މުއިއްޒު ވަނީ ގުރައިދޫއަށް އަރާ އަނެއްކާވެސް ގުރައިދޫ ހިއްކާނޭކަމަށް ވައުދުވެފައެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުގައިވެސް ގުރައިދޫ ހިއްކާފައި ވަނިކޮށް ކައްޒާބު މުއިއްޒު ގުރައިދޫ ހިއްކަން ވަޢުދު ވިޔަސް 2024 ވަނަ އަހަރުގެ ބަޖެޓުގައި ގުރައިދޫ ހިއްކަން ހިމަނާފައެއް ނުވެއެވެ. މިކަމާއި ގުޅިގެން މިހާރުގެ ގުރައިދޫ ދާއިރާގެ މެންބަރުވަނީ މަޖިލީހުގެ ތެރޭގައި ކުރި މަސައްކަތުން ގުރައިދޫ ހިއްކަން ބެޖެޓުގައި ހިމަނާފައެވެ. ނަމަވެސް ކައްޒާބުގެ މި ސަރުކާރުން ވަނީ ގުރައިދޫ ހިއްކުމުގެ ވާހަކަ ދެއްކުންވެސް ހުއްޓާލާފައެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4