ލޯނުތަކަށް ފައިސާ ދެއްކި ކަމަށް ބުނާ މިންވަރާއި ފެންނަން ހުރި ކަންކަމާ ދިމައެއް ނުވޭ، ހުރިހާ ކަމަކުން ރައްޔިތުންނަށް އޮޅުވާލުމުގައި
ލޯނުތަކަށް ފައިސާ ދެއްކި ކަމަށް ބުނާ މިންވަރާއި ފެންނަން ހުރި ކަންކަމާ ދިމާ ނުވާކަން ހާމަވެއްޖެ އެވެ.
ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ފައިސާ ޗާޕުނުކޮށް މިހާތަނަށް ލޯނުތަކަށް 13 ބިލިއަން ރުފިޔާ ދައްކާފައިވާކަމަށް މުއިއްޒު ބުނެފައިވެ އެވެ.
އެއީ މުއިއްޒު ބުނާ ގޮތުންނަމަ އަމިއްލަ ކުންފުނިތަކަށް 4 ބިލިއަން ރުފިޔާ، ސަރުކާރު ކުންފުނިތަކަށް 7 ބިލިއަން ރުފިޔާ އަދި ބޭރުގެ ދަރަނިތަކަށް 2.7 ބިލިއަން ރުފިޔާ އެވެ.
މިކަމަށް ރައްދު ދެއްވައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މި ސަރުކާރުން ކުރި ހަމައެކަނި ހަރަދަކީ މުސާރަ ދިނުމާއި ދަރަނި ދެއްކުންތޯ ސުވާލުކޮށްފަ އެވެ.
މި އަހަރުގެ މިހާތަނަށް ބަޖެޓުން 18 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މުސާރައަށް 5 ބިލިއަން ރުފިޔާ ހަރަދުކޮށް ބާކީ އޮތް 13 ބިިލިއަން ރުފިޔާ އެއީ ހުސް ކުރީ ސަރުކާރުގެ "ދަރަނި"އަށް ކުރި ހޭދަ ތޯ އަމީރު ސުވާލު ކުރެއްވި އެވެ.
"މި ސަރުކާރުން އޮފީސްވެސް ނުހުޅުވަނީތޯ ޑްރޯންވެސް ނުގަންނަނީތޯ? ރައީސް އާއި ކެބިނެޓް ވަޒީރުން ދަތުރުވެސް ނުކުރައްވަނީތޯ? މިއަހަރުގެ މިހާތަނަށް އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް ޚަރަދަށް އެކަނިވެސް 200 މިލިއަން އިތުރަށް ޚަރަދުކޮށްފި! މުސާރަ އާއި ދަައުލަތުގެ ހިންގުމުގެ ޚަރަދަށް އެކަނި 600 މިލިއަން ރުފިޔާ އިތުރުވެއްޖެ! 700 ގައި ހުރި ސިޔާސީ މަޤާމްތައް މިހާރު ހުރީ 2000 އަށް ވުރެ މަތީގައި." އަމީރު ވިދާޅުވި އެވެ.
މީގެ އިތުރުން އެސްޑީއެފްގައި ފައިސާ ހުރިކަމަށް ބުނާ އަދަދުތަކަކީ ވެސް އޮޅުވާލައިގެން ބުނާ އަދަދުތަކެއް ކަމަށް އަމީރު ވިދާޅުވި އެވެ.
ނޮވެމްބަރު 2023 ނިމުނުއިރު އެސް.ޑީ.އެފް ގައި ޑޮލަރުން 141.1 މިލިއަން ހުންނާނެ ކަމަށާއި އެމް.އެމް.އޭ ގައި ޑޮލަރު އެކައުންޓުގައި ކޭޝް ބެލެންސްގެ ގޮތުގައި 2 މިލިއަން ޑޮލަރު ހުންނާނެކަމަށް އަމީރު ވިދާޅުވި އެވެ.
މީގެ އިތުރަށް ފިކްސްޑް ޑިޕޮސިޓް (ކޮމާޝަލް ބޭންކް) އަދި ޑޮލަރު ޓީ-ބިލް އިންވެސްޓްމެންޓްގެ ގޮތުގައި 139.1 މިލިއަން ޑޮލަރު ހުންނާނެކަމަށް އަމީރު ވިދާޅުވި އެވެ.
"ޑޮލަރުން އެސް.ޑީ.އެެފް އަށް ފައިސާ ޖަމާކުރަން ފެށީ މި ސަރުކާރުންނޭ ކިޔާފަ ވާހަކަ ދައްކަނީވެސް އޮޅުވާލައިގެން. 2020 ވަނަ އަހަރު ޑޮލަރުން އެސް.ޑީ.އެފް އަށް ޖަމާކުރުން ހުއްޓާލެވުނު. އެއީ އެމް.އެމް.އޭ އާއެކު ހެދުނު އެޖެންސީ އެގްރިމެންޓެއްގެ ދަށުން. ނަމަވެސް އަނެއްކާވެސް 2023 ވަނަ ކުރީ ކޮޅު ޑޮލަރުން އެސް.ޑީ.އެފް އަށް ފައިސާ ޖަމާކުރަން ފެށުނު."
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4