އެމް.އޭ.ސީ.އެލްގެ ބޮންޑު ރަހުނުކުރުމަށްފަހު، ސުޓޭޓް ބޭންކް އޮފް އިންޑިއާއިން 50މިލަން ޑޮލަރުގެ ލޯނެއް ނަގަނީ
އެމް.އޭ.ސީ.އެލްގެ ބޮންޑު ރަހުނުކުރުމަށްފަހު، ސުޓޭޓް ބޭންކް އޮފް އިންޑިއާއިން 50މިލަން ޑޮލަރުގެ ލޯނެއް ނަގަން ސަރުކާރުން އުޅެމުން މިދަނީ، ސަރުކާރުގެ އިސްރާފު އިތުރުވެ، ރާއްޖެއިން ބޭރުން ބަޖެޓް ސަޕޯޓަށް އެހީވާނެ އެއްވެސް ޤައުމެއް ނުލިބިގެން، ރާއްޖެ ބަނގުރޫޓުވެގެން، އައިއެމްއެފް އިން ޤައުމުތައް ބޭންކްރަޕްޓް ވުމުން ދޭ އެހީގެ ޕެކޭޗް ނަގައި، އައިއެމްއެފްގެ ޕްރޮގްރާމަށް ރާއްޖެ ވަދެފި ކަމަށް އަޑުފެތުރެމުން ދާވަގުތެއްގައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އިތުރަށް ލޯނު ދެވެން ނެއްވާހަކަ ދައުލަތަށް އެންގުމުން، މިފަހަރު ލޯނު ނެގީ އެއްކަލަ ވެލާނާ ވައިގެބަނދަރު ދެެއްކުމަށްފަހު، ސުޓޭޓް ބޭންކް އޮފް އިންޑިއާއިންނެވެ. މިނޫހަށް މައުލޫމާތު ލިބޭގޮތުގައި 50 މިލިއަން ޑޮލަރު ނަގަނީ ފެބުރުއަރީ މަހުގެ މުސާރައާއި ކުރިއަށްއޮތް ރަމަޞާން މަހުގެ ރޯދަ އެލަވެންސް ހަމަޖައްށަން ވެގެންނެވެ.
ސަރުކާރުން މިންނެއް ނެތްވަރަށް އަަޅި ބުރުވިޔަސް، ހާރިޖީ ސިޔާސަތުގެ ދޯހަޅިކަމުން ދިވެހިންގެ އެކުވެރި ދައުލަތްތަކުން ތިބީ ހިލޭ އެހީ، ނުވަތަ ބަޖެޓު ސަޕޯޓު ދޭކަހަލަ ވިސްނުމަކު ނޫންނެވެ. އަވަށްޓެރި އިންޑިއާއިން 79 މިލިއަން ޑޮލަރުގެ ބަޖެޓު ސަޕޯޓު މިއަހަރަށް ކަނޑައަޅާފައި ވީނަމަވެސް، އެ ފައިސާ ދޫކުރާނެ ވަކި ދުވަހެއް އަދި ނޭގެއެވެ.
މާޗު މަހުގެ ނިޔަލަށް ޗައިނާއިން ނަގާފައިވާ ލޯނުގެ ޕޭމަންޓު ނުދެއްކިއްޖެ ނަމަ، ރާއްޖޭގެ ފުރަތަމަ ލޯނު ޑިފޯލްޓުވާނެއެވެ. މިލޯނަކަށް ޗައިނާ ސަރުކާރުން ލުޔެއް އަދިޔަކު ނުދެއެވެ. ނަމަވެސް ޗައިނާއިން ވަނީ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭނެކަމަށް ވައުދުވެފައެވެ.
ސަރުކާރުގެ އިގްތިޝާދީ ވިސްނުމަކީ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދަން ފެށުމުން ޑޮލަރު ތިޔާގިވެ، އިގްތިޝާދު ހަމަ އިސްކޮޅަަށް ތެދުވެލާނެ ކަމަށެވެ. މަރުކަޒީ ވިސްނުމުންގެ ވެރި، މިސަރުކާރުގެ ވިސްނުމަކީ މާލޭ އޭރިއާ ތަނަވަސްކުރުމެވެ.
0%
0%
0%
0%
0%
25 ޑިސެންބަރު 2024
0
22 ޑިސެންބަރު 2024
0
16 ޑިސެންބަރު 2024
0
14 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4