މަގޫދޫ އެއާޕޯޓު ނިލަންދޫއަށް، މަގޫދޫ ރައްޔިތުންނަށް މައުމޫނު ވެރިކަމުން ފެށިގެން ކުރަމުން އައި އަނިޔާއަށް އިތުރުވި ބޮޅެއް
ކުރީ ސަރުކާރުން ފ. މަގޫދޫގައި އަޅަން ނިންމި އެއާޕޯޓު ފ. ނިލަންދޫއަށް ބަދަލު ކުރުމަކީ މަގޫދޫ ރައްޔިތުންނަށް މައުމޫނު ވެރިކަމުން ފެށިގެން ކުރަމުން އައި އަނިޔާއަށް އިތުރުވި ބޮޅެއްކަމަށް އެރަށު ކައުންސިލުންނާއި ރައްޔިތުން ސިފަ ކޮށްފިއެވެ.
މި މައްސަލާގައި މުއިއްޒުއަށް ލިޔެފައިވާ ސިޓީއެއް އެރަށު ކައުންސިލް އޮފީހުގައި ކިޔަމުން ދިޔައިރު ތަނުގައި ތިބި މީހުން ރޯ އަޑުވެސް އިވެއެވެ. ސިޓީގައި ކިޔަމުން ދިޔައީ 1900 ގެ އަހަރުތަކުން ފެށިގެން އެރަށު ރައްޔިތުންނަށް ވެފައިވާ އަނިޔާގެ ވާހަކަތަކެވެ. އެކަމުގެ ތެރޭގައި ރަށުގެ އެތައް ބަޔަކު ނިޔާވި ވާހަކައެވެ.
ރަށުގައި ގާއިމްކުރި އަތޮޅު މަދަރުސާވެސް ނުފޫޒުން އެ ފީއަލިއަށް ބަދަލުކުރީ ކަމަށް ސިޓީގައިވެއެވެ. އަދި ރަށުގައި މަދަރުސާ ހިންގީ ބެލެނިވެރިންގެ ހަރަދުގައި ބޭރުން މުދައްރިސުން ގެނެސްގެން ކަމަށް ސިޓީގައި ކިޔައިދީފައިވެއެވެ.
އެއަށްފަހު 100 އަހަރުވަންދެން މަގޫދޫގައި އަތޮޅު ވެރިކަން ކުރުމަށްފަހު މައުމޫނުގެ ގާތް މީހަކު އަތޮޅު ވެރިޔާކަމުގައި ހުރެ އެ ރަށުގައި ހުރި އަތޮޅު އޮފީސްވެސް ނިލަންދޫއަށް ބަދަލު ކުރުމުގެ މަސައްކަތް ފެށި ކަމަށް ސިޓީގައިވެއެވެ. އެ ކަންތައްގަނޑުގެ ތެރޭގައި މަގޫދޫ އާއި އަތޮޅުގެ ބައެއް އެހެން އިސްވެރިން ހުކުމެއް ނެތް ގޮތަށް ޖަލަށް ލައި އެކި ހިސާބުތަކުގައި ބަންދުކޮށްފައިވާ ކަމަށް ސިޓީގައިވެއެވެ.
މީގެ ތެރޭގައި މަގޫދޫގެ އުމުރުން 74 އަހަރުވީ އަންހެނަކާއި އޭނާގެ 2 އަންހެން ދަރިންނާއި 7 މަހުގެ ކުޑަ ކުއްޖަކު ވެސް ހިމެނޭ ކަމަށް ސިޓީގައިވެއެވެ. އޭގެ ފަހުންވެސް ކުރިމަތި ކުރިވި އަނިޔާތަކުގައި ސްޓްރޯކް ޖެހިގެން މަގޫދޫ ރައްޔިތުން ދުނިޔެ ދޫކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
މަގޫދޫގައި އަޅަން ނިންމި އިންޓަނޭޝަނަލް އެއާޕޯޓު ނިލަންދޫއަށް ބަދަލު ކުރުމަކީ އޭރުގެ ހިތި ހަނދާންތައް އަނެއްކާވެސް އާ ވާ ކަމެއްކަމަށާއި މިސްރާބު ހުރީ މިހާރުވެސް އެ އަނިޔާތަކާ ދިމާލަށް ކަމަށް މުއިއްޒުއަށް ލިޔުނު ސިޓީގައި ވެއެވެ.
މަގުދޫގައި ރައީސް ސާލިހުގެ ސަރުކާރުން އަޅަންފެށި އެއާޕޯޓުގެ މަސައްކަތް މިސަރުކާރުން ހުއްޓާލީ, އެރަށާއި ކައިރީގައި އޮތް ނިލަންދޫ ދާއިރާއަށް ވާދަކުރަމުންދާ, މުއިއްޒުގެ ކޮއްކޮ ފާތުމަތު ސައުދާއަށް ވޯޓު ހޯދުމުގެ ބޭނުމުގައި ނިލަންދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށެވެ.
މިކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް މަގޫދޫ ރައްޔިތުން އަންނަނީ މުޒާހަރާ ކުރަމުންނެވެ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް މުއިއްޒު ހުއްޓުވާފައިވަނީ މަސައްކަތުގެ 70 އިންސައްތަ ނިމިފައި ވަނިކޮށެވެ.
ނިލަންދޫ ރައްޔިތުންނަށް އެއާޕޯޓުގެ ދަޅަ ދައްކަމުން މިދަނީ އެކަމަށް ފައިސާވެސް ހަމަ ނުޖައްސައެވެ.
0%
0%
0%
0%
0%
އާޝިގު
5 އެޕްރީލު 2024
މަގޫދޫ އެއީ ކަންކަން ކުރަން ހެޔޮވާވަރު ރަށެއްނޫން. އެރަށް މަޑުކަޑުން ބޭއްވީމަ އޯކޭވާނެ
އަންނިގެ އަނގަ
4 އެޕްރީލު 2024
ބަލި ބަލީީގަ މަރުވަނީ ހަމަ އެކަނި މަގޫދޫ މީހުންތަ؟ %70 މަސައްކަތަކީ ފުރާޅުގެ %70 ތަ؟ ކޮންމެ ރަށެއްގަ އެއާޕޯޓެއް އަޅައިގެން ކިހިނެއްތަ ގައުމުގެ ކަންކަން ދެކޮޅު ޖައްސަނީ...އަދި ބޭނުންވަނީވެސް އިންޓަނޭޝަނަލް އެއަރޕޯޓު އަޅަން...ދުނިޔެ ހިނގަނީ އެގޮތަކަށްނޫނޭ...ސިޔާސީ ފައިދާއަށް ހަމަ މީހަކުއެއްޗެއްބުނާއިރަށް ގުނބޯހެދިފަ...ކިހާ ބޮޑު ބަލާއެއްދެން މީ...
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4