މަކުނުދޫ އެއާޕޯޓު ގެ އެޕުރޫވްޑް ޕުލޭން
އަނެއްކާވެސް އަތޮޅުތެރެ ބާކީވެ، ބިކަވާ މަންޒަރު ފެނުމުން އެކުދި އާބާދީތަކުގެ ރައްޔިތުންނާއި ދޭތެރޭ ޙަމްދަރުދީވެއެވެ. ސަރުކާރުތަކުން ހަމައެކަނި ބޮޑެތި އާބާދީތަކާއި ހާއްސަކޮށް މާލޭ ސަރަހައްދު ތަރައްޤީ ކުރުމުގެ ސިޔާތަކަކީ އަބަދުވެސް އަހަރުމެން ދެކޭ އަދި އެކަމާއި ދެކޮޅަށް ވަކާލާތުކުރަމުން އަންނަ ބޭއިންސާފު ސިޔާސަތެކެވެ. އަޅުގަނޑުމެން އެންމެން ހަމަ ޤަބޫލުކުރަން ޖެހެއެވެ. ޓެކްސް ދެއްކުމުގައި ނެތް ތަފާތެއް އަސާސީ ޙިދުމަތްތަކާއި ތަރައްޤީ އަދި ވަކިން ހާއްސަކޮށް ޒަރޫރީ ބޭނުންތަކުގައި ތަފާތުކުރެވި އިހުމާލުވެވިގެން ނުވާނެއެވެ.
"އޭ މިހިރަ ދިދަޔާއެވެ". ހދ މަކުނުދޫގައި އެއާޕޯޓު އެޅުމަށް ހިއްކަމުން ގެންދިޔަ ޕުރެޖެކްޓް ހުއްޓުމަކަަށް ގެނެސް، ރަށުގެ އެންމެން އެއްބަސް ވަންދެން ހުއްޓުވާފައި ބޭއްވުމަކީ މިސަރުކާރުގެ ސިޔާސަތަކީ ތޯއެވެ. އެއާޕޯޓު އަޅާނެ ސަރަހައްދު ކަނޑައަޅާ، އީ.އައި.އޭ ހަދާ ހިއްކުމުގެ ބޮޑުބައި ނިމިފައި އޮށްވާ، ތިޔަ ހިންގަނީ ހުތުރު ޖަރީމާއެކެވެ. ޑރ ތިޔައުޅުށްވަނީ ރައްޔިތުންގެ ތެރެއިން ބަޔަކާއި ހުރެ އެއާޕޯޓު ނޭޅުނީއޭ ބުނަން ތޯއެވެ. ރާއްޖޭގެ އެހެން ރަށްތަކާއި އެކަހެރިކޮށް އޮންނަ މަކުނުދޫއަށް ތަހައްމަލު ކުރަމުން އަންނަ އެއްމެ ބޮޑުތަކުލީފަކީ އެކަހެރިފައި އޮންނަ އޮތުމެވެ. ރަށުބަންދުން ވީލިނުގަނެވިފައި އޮންނަ އޮތުމެވެ.
ސަރުކާރުތަކުން އެއްމެ އެކަށޭނެ އަޅާލުމެއް ނުދީ މިރަށް އޮންނަ ސަބަބަކީ ކުޑަ އާބާދީއަކަށްވުންކަމީ ޔަޤީންކަމެކެވެ. ނަމަވެސް، މިސަގާފަތް ބަދަލުކޮށް ތަފާތު ދެއްކެވީ ރައީސް އިބްރާހިމުގެ ވެރިކަމުގައިއެވެ. ކުޑަރަށެއް ފަރަގެއް ނުކުރެއެވެ. އަސާސީ ހިދުމަތުގެ ވައުދެއްވެސް، އެހަރަދެއްވެސް ދެނެއް ދައުލަތަކުން ކުރާކަން ނުޖެހޭނެއެވެ. މިގޮތުން މަކުނުދޫގައިވެސް ވަނީ އަސާސީ އަދި ތަރައްގީގެ ގިނަމަސްރޫތަކެއް ހިންގާފައެވެ. ފެނާއި ނަރުދަމާ އާއި ކަރަންޓު އަދި ޒުވާނުންނާއި ގުޅުންހުރި އެތައްކަމެކެވެ. އެއްމެ އުފާވެރިކަމެއް މިރަށު ރައްޔިތުންނަން ލިބުނީ މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ރަސްމީކޮށް ފަށާއި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަންފެށީމައެވެ. އިބޫއަކީ އަތޮޅުތެރެއަށް ހެޔޮވެރިއެއްކަން މިހާރު އެއްމެނަށްވެސް ފަހުމުވާނެކަމަށް އެރަށުން ޒުވާނަކު ދޮންއަމާއަށް މައުލޫމާތު ދެމުން ބުންޏެވެ.
މިސަރުކާރުގެ ޕުލޭނުުގައި އޮތީ 5 ސަރަހައްދަކަށް ރާއްޖެ ބަހާލައިގެން ތަރައްގީ ކުރުންކަމަށް ޑރ މުއިޒު ތަކުރާކޮށް ދަނީ ވިދާޅުވަމުންނެެވެ. އަދި އެ ސަރަހައްދު ތަކަކީ ކޮބައިކަން އިއުލާނުކުރާނީ މަޖިލީސް އިންތިހާބައް ފަހުއެވެ. އަޅުގަނޑުމެންގެ ނަޒަރުގައި ފަސް ސަރަހައްދަކީ މާލެ، ފުށިދިއްގަރު ފަޅު (ރަސްމާލެ)، ހުޅުމާލެ ފޭސް -2، ހުޅުމާލެ ފޭސް 3، އަދި ގުޅީފަޅެވެ.
ސަރުކާރުން އަތޮޅުތެރޭގެ ގިނަ ޕްރެޖެކްޓުތައް ހުއްޓުވާލާފައި އޮތީ މަޖިލީސް އިންތިހާބަށް ފަންޑު ލިބޭގޮތައް އެއްބަސް ނުވެވިގެން ކަމަށް ރަށްރަށުގެ ހޮޅުއަށިތަކުގައި ކިޔަނީކީ މަދަކުންނޫނެވެ.
0%
0%
0%
0%
0%
ޒަކަރިއްޔާ
27 ޑިސެންބަރު 2023
ކޮންސްޓުރެކުގެ ދާއިރާއިންޕއޗޑ ހަދައިފިއްޔާ ދެގޯނިސިމެންތިންހެދޭތަން އެއްގޯނިން ތިންދަގޑުބޭނުންވާތަންއެއްދަގަޑުންހަދަންއެގޭނެ
މަކުނުދޫ ކައުންސިލު
26 ޑިސެންބަރު 2023
ފުށިދިއްގަރު ފަޅުހަދަން 4 ދުވަހުން އީ އައި ޢޭ ނިމުން އިރު، ކީވެގެންތޯ ދޮޅުމަހުން މަކުނުދޫ އެއާޕޯޓު މަސައްކަތް ނުފެށެންވީ؟
ބޮޑު އުނދަގުލެއް
26 ޑިސެންބަރު 2023
ރަނގަޅު ޕްރޮސީޖަރ ތެރެއިން ކަންކަން ކުރަން އާދަކުރޭ މަކުނުދޫ ކައުންސިލް. ކުރީގެ ސަރުކާރުން ރައްޔިތުންގެ ލޯ މަތީ އެޅި ބޮޑު އޮޅުވާލުމެއް. އަމިއްލައަށް ސްޓްރަކްޗަރ ކޮށްފައިވާ ކުރެހުމެއް. ތިބުނާ އީ އައި އޭ އެއް ހަދާފަ އޮތްތޯ ކަށަވަރު ކޮށްބަލަ މަކުނުދޫ ކައުންސިލްގެ ރައީސް.
އަމާ
26 ޑިސެންބަރު 2023
ދޮންއަމާ މަކުނުދޫގެ ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފައްދައްއުޅޭނެކަމެއްނެއް. ކޮންމެވެސް އެހެންކަމަކާ އުޅެވޭތޯބަލާ، ފިތުނަ ފަސާދައުފައްދަމުންދުވާމީހުންނަށް މަހުޝަރުގެ އަޛާބުގަދަފަދަކަން ހަނދާނުގައި ބަހައްޓާތި، ތިފަދަ ފިތުނަވެރި ލިޔުންތައްލިޔާއިރު
ދޮން އަމާގެ ބަފާ
24 ޑިސެންބަރު 2023
ދޮން އަމާއަކީ ފިތުނަފަސާދަ އުފެއްދުމަށްޓަކައި އަސްލު ދޮން އަމާގެ ސޫރައިގަ ހިންގާ ވިހަޱި އެކެވެ
ބޮޑު ހުސޭނު
24 ޑިސެންބަރު 2023
ތިބުނާ މީހާގެ ވެރިކަން ނިމުނުއިރު މަކުނުދޫއަށް ނިމިފައިވަނީ ކިތައް ޕުރޮޖެކްޓް ކަމާއި މިސަރުކާރު ނިމޭއިރު ނިމޭ އަދަދާ އަޅުވާ ކިޔުން އިންސާފުވެރިވާނެ ކަމަށް ބެލެވެނީ.
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4