ރާއްޖޭގެ ސަރުކާރު އިޒުރޭލު ބޭންކުރުމުގެ މައްސަލައިގައި އޮތީ ހަނު!
މެލޭޝިއާގެ ޓްރާންސްޕޯޓު މިނިސްޓަރީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން 4 ހަފްތާއަށް ފަހު އިޒްރޭލްގެ އެއްވެސް އުޅަނދަކަށް މެލޭޝިޔާގެ އެއްވެސް ބަނދަރަކާ ކައިރި ނުކުރެވޭނެ ކަމަށާ އަދި މެލޭޝިއާ މެދުވެރިކޮށް އިޒްރޭލަށް އެއްވެސް މުދަލެއް އެކްސްޕޯޓު ކުރުން އަދި އިމްޕޯޓު ކުރުން ވެސް މަނާވީކަމަށެވެ.
އިސްލާމީ ގައުމުތަކުން ނުކުމެ، އިޒުރޭލާ ދެކޮޅުހަދަމުން ދާއިރު، މެދު އިރުމަތީގެ ތަނަވަސް ބައެއް ގައުމުތަކުން ދަނީ އިޒުރޭލަށް އެހީތެރިވަމުންނެވެ. ހާއްސަކޮށް މުސްލިމު އުއްމަތުގެ ލީޑަރ، ސައޫދީ އަރަބިއްޔާއިން ވަނީ އިޒްރޭލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާނެކަމަށް ބުނަމުންނެވެ. އަދި ޔަމަނުގެ ދަތިކުރުންތަކާއެކު އިޒްރޭލަށް މުދާ ގެންދިޔުމަށް ދަތިވާނަމަ، ސައުދީ މަގުން އެއްގަމުން އުރުދުން ހުރަސްކޮށް އިޒްރޭލަށް މުދާ ގެންދިޔުމަށް ސައުދީއިން ވަނީ ފެހި ސިގްނަލް ދީފައެވެ.
މެލޭޝިޔާއިން ގެންދަނީ ފަލަސްތީނުގައި ދިރިއުޅެމުންދާ މުސްލިމު އަހުންނާއި އުޙުތުންނަށް ދެމުންގެންދާ ލާއިންސާނީ ޖަރީމާތައް ކުއްވެރިކުރުމާއެކު އަމަލީ ގޮތުން އިޒްރޭލާ ދެކޮޅު ހެދުމަށް ކުރެވެންހުރި ކަންކަން ކުރަމުންނެވެ.
ދިވެހިރާއްޖޭގައި ވެސް ފަލަސްތީނާއެކު ތިބިކަން ހާމަ ކުރުމަށްޓަކައި އެކި ކަހަލަ ފަންޑުރެއިސްތަކާއި ރިލޭތައް ބާއްވައި އެތައް ހާސް ރައްޔިތުންނެއް އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަށް ޕެޓިޝަންތަކުގައި ވަނީ ސޮއި ކޮށްފައެވެ. މި ޕެޓިޝަންވަނީ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ އިއްތިފާގުން ފާސްކޮށް މި ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާފައެވެ. ނަމަވެސް މިހާތަނަށްވެސް ރައީސް މުއިއްޒު ބުނަމުން ގެންދަނީ ފަލަސްތީނުގެ އާންމުން މަރާފައި އިޒްރޭލް ސިފައިންނަށް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައުމުގެ ދޮރު ބަންދު ނުކުރާނެ ކަމަށެވެ. އަދި އެކިއެކި ތަރުޖަމާނުން އަރުވައި މިއީ ރައީސަށް ނުލިބޭ ބާރެއް ކަމަށްބުނެ ވަނީ އިތުރުފުޅު ހައްދަވާފައެވެ. ނަމަވެސް ޤާނޫނާއި ޤަވައިދުތަކަށް ބަލާއިރު މިއީ ސީދާ ރައީސަށް ލިބިގެންވާ ބާރެއްކަން ފެންނަން އޮވެއެވެ.
ވައިގެ މަގުން ރާއްޖެ އެތެރެ ވުމުގެ ޤަވައިދު
މިކަމާ ގުޅިގެން މަޖިލީހަށްވަނީ ޤަރާރެއްވެސް ހުށަހަޅައި ބަހުސްކުރެވިފައެވެ. ނަމަވެސް ދިވެހި ސިޔާސީ ވިޔަފާރި ވެރިން ތިބީހަނެވެ. ޓުވީޓުގަނޑެއް ކޮށްލަން ނުކުރުނެވެ. ސަރުކާރާ ހަވާލުމަށްފަހު ޑރ މުއިއްޒުވެސް ސައޫދީއިން ޖަހާ ބެރަށް ނަށަނީއެވެ.
ރައީސް މުއިއްޒާ އެންމެ ގާތުގައި ތިބި މީހުނަށް ބަލާއިރު މަހިނބަދޫ ދާއިރާގެ މެންބަރު ޓޮމް އަކީ އިޒްރޭލުގެ ޓުއަރ އެޖެންސީތަކާއެކު އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރިކޮށް އެންމެ ގިނަ އިޒްރޭލުގެ ޓެރަރިސްޓުން މި ގައުމަށް ގެންނަ ފަރާތެވެ. އަދި ރައީސްގެ ހާއްސަ ސީނިއަރ އެޑްވައިޒަރ ޖަނާއަކީ ޔަހޫދީންްނާއެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ ފަރާތެކެވެ.
ވެރިކަމާ ހަވާލުވުމަށްފަހު މުއިއްޒުގެ ފަރާތުންވެސް ފެންނަމުންދަނީ ދީން ވިއްކާލައި މުއިއްޒު ކުރަން ބޭނުންވާ ކަންތައްތަކަށް ފަތުވާ މަޖިލިސް މެދުވެރިކޮށް ހަލާލު ހުކުމް ޖަހަމުން އަންނަތަނެވެ. ސަލަފާއި ދީނުގެ ގުޅުމާއި ދެންހުރި ހުރިހާ ޖަމިއްޔާތަކެއްގެ ވެރިންނަށްވެސް ވަނީ ސްޓޭޓް މިނިސްޓަރ ކަމާއި ވައިސް ޗާންސެލަރުކަން ދީ އެ މީހުންގެ އަނގަ ބަންދު ކުރުވާފައެވެ. މިހާރު ފަލަސްތީނުގެ ހައްގުގައި ބަހެއް ބުނެލާނެ އިލްމުވެރިއެއްވެސް މިރާއްޖެއަކު ނެތެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4