މުއިއްޒު (ހައުސިން މިނިސްޓަރު ކަމުގައި) އާއި އޭނާގެ ވަގު ވިޔަފާރީގެ ބައިވެރިޔާ ރާޖޫ
ދިވެހިރާއްޖޭގެ އެންމެ ބިން އަގުބޮޑު ހިސާބުތަކުން އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް ހިލޭ ބިން މި ސަރުކާރުން ދެމުން ގެންދިޔަ ސީ.އެމް.ސީ.ސީ (ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ) ގެ މައި ހިއްސާދާރު ރާޖޫ އަކީ ކުރިން މުއިއްޒުގެ ބޮސް ކަމަށާއި މުއިއްޒު ވަޒީފާއަދާ ކުރީ އޭނާގެ ދަށުންކަން މިއަދު ސޯޝަލް މީޑިއާއަށް ލީކުވި މައުލޫމާތުތަކުން އެނގިއްޖެއެވެ.
ފުށިދިއްގަރުފަޅުން މިހާތަނަށް ހިއްކިއްޔާ ހިއްކިހާ ބިމަކާއި, ރައީސް އިބޫ ގުޅީފަޅާއި ތިލަފުށިން ހިއްކާފައި އޮތް އެތައް ބޮޑު ސަރަހައްދެއް ރާޖޫއަށް ދިނުމުން ގިނަ އަދަދެއްގެ ދިވެހިން ތިބީ ހައިރާންކަމެއްގެ މަތީގައެވެ. މާލޭގެ އެއްފަޅިއާ އެއްވަރުގެ ބޮޑު ބިމެއް އެއްވެސް އެއްޗަކަށް ނުހަދައި ބޭރު ބަޔަކަށް ހިލޭ މިލްކުކޮށްދިނުމުން ރައީސް ޔާމިންވެސް ވަނީ މިކަމަށް އެތައް ފާޑެއް ކިޔާފައެވެ.
އެނގިފައިވާ ގޮތުގައި މީގެ 14 އަހަރު ކުރިން މުއިއްޒުވަނީ ރާޖޫގެ ދަށުގައި މަސައްކަތް ކޮށްފައެވެ. އޭރު ޑރ ވަހީދުގެ ވެރިކަމުގައި ގުޅީފަޅުން ހިލޭ ރާޖޫއަށް ބިން ދިނުމަށްވެސް އެންމެ މަސައްކަތް ކުރީ އޭރުގެ ހައުސިންގ މިނިސްޓަރު މުއިއްޒެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައިވެސް ރާޖޫއަށް ހިލޭ އެތައް ބިމެއް ދިނުމަށް މުއިއްޒުވަނީ މަސައްކަތް ކޮށްފައެވެ. ރައީސް ޔާމީނުއަށް މުއިއްޒު އޭރުވެސް އެހާ ކަމުނުދިޔައީ މިކަމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އޭރު ސަން ސިޔާމްގެ އެދުމުގެ މަތިން މިނިސްޓަރު ކަމުގައި މުއިއްޒު ބެހެއްޓީއެވެ. ނަމަވެސް މިހާރު ވެރިކަމާ ހަވާލުވުމަށްފަހު, ފުށިދިއްގަރުންވެސް ހިއްކާފައިވަނީ ހަމައެކަނި ރާޖޫއަށް ހިލޭ ދޭ ބިންކޮޅު އެކަންޏެވެ.
އެއްބަސްވުން އެކުލަވާލާފައި އޮތް ގޮތުން ދިވެހި ސަރުކާރަށް މިކަމާމެދު އެޅޭނެ ފިޔަވަޅެއްވެސް ނެތެވެ. އަދި ރާޖޫވަނީ މުއިއްޒު އޭނާއަށް ހިލޭ ދިން ބިންތައް ގަންނާނެއްބާ ކިޔަމުން ނީލަމަށް ލާފައެވެ. މިއީ ދުވަހަކުވެސް މާލެ ސަރަހައްދުގެ ބިންތަކެއް މިހެން ބޭރު ބަޔަކު މިލްކުކޮށް, ދިވެހި ސަރުކާރުގެ ބާރު ނުހިނގާ ގޮތަށް ބޭރު ބަޔަކަށް ވިއްކުމަށް އުޅެފައިވާ ގޮތެއް ނޫނެވެ.
އެނގިފައިވާގޮތުގައި މިވަރުގެ ބޮޑު ބިންތައް ނީލަމަށް ލައިގެން މި އުޅެނީ މަޖިލިސް އިންތިޚާބަށް ލާރި ހޯދުމަށެވެ. އަދި ރާޖޫއަށް ވިއްކުނު ވަރަކަށް ބިން ވިއްކުމަށާއި, ކެމްޕޭނަށް ފައިސާ ދޭނަމަ އަދިވެސް ހިލޭ ބިން ދޭނެކަމަށް ރާޖޫ އަރިހު މުއިއްޒު ބުނެފައިވާކަމަށާއި, ރާޖޫއަށް ބޭނުންވަރަކަށް ހިލޭ ބިން ދޭންޖެހޭނެކަމަށް އެޗް.ޑީ.ސީ އަށް އަންގާފައިވާކަމަށް މިކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނެފައިވެއެވެ.
0%
0%
0%
0%
0%
ޠާނު
4 އެޕްރީލު 2024
ދިޔާ ފަޑަ ބޮޯން ވީނު ދުންމާރި
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4