މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ދާއިރާގެ ތަރައްޤީއަށް ޓަކައި
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އެމްޑީޕީން ވަކިވެވަޑައިގަތީ މެލޭޝިޔާ އެމްބަސީގައި ހުންނަ ޝަރީފުގެ އަންހެންދަރި ވަކިނުކޮށް އެމްބަސީގައި ބަހައްޓައި ދޭން ސަރުކާރުން އެއްބަސްވެ، ކޮންޓްރެކްޓު އާ ކުރެއްވުމުން ކަމަށް ސަރުކާރު ތެރޭން މިވަނީ މައުލޫމާތު ލިބިފައެވެ. ޝަރީފުއަކީ އަބަދުވެސް ރިޝްވަތުގެ ތުހުމަތު ކުރެވޭ މަޖިލީސް މެންބަރެކެވެ. އަދީބުގެ ރަތް ކޮތަޅާއި، ރައީސް އިބޫއަށް ކީ ސަނާއަށްފަހު މިފަހަރު މި ފޭދިގަތީ ރައީސް މުއިއްޒުގެ ސަރުކާރު ތެރެއަށެވެ.
ކޮންޓްރެކްޓު އާ ކުރިކަމުގެ ޗިޓް
އެމްޑީޕީން ވަކިވެވަޑައިގެން މިރޭ އެމްޑީޕީގެ ޗެެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ "ދާއިރާގެ ތަރައްގީއަށް ފުރުސަތު ފަހިކުރުމަށް، އެމްޑީޕީން ވަކިވެވަޑައިގެން ސިޔާސީ މައިދާނުން ދުރަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ." އެމް.ޑީ.ޕީގެ މަޖިލީސް މެންބަރުން ތަކަކަށް ބޮޑެތި ހުށަހެޅުންތަކެއް އައިސްފައި ވާކަމަށް އެޕާޓީން ބުނަމުން ދަނިކޮށް ކުއްލިއަކަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ނިންމެވި ނިންމުމަކީ ތުހުމަތު ތަކެއް އަމާޒުވާނެ ނިންމުމެކެވެ.
ދޮންއަމައަށް މައުލޫމާތު ލިބޭގޮތުގައި ޝަރީފު ފޫ ކަހާލީ މަޖިލީސްގެ ނައިބު ރައީސްކަން ޝަރީފުއަށް ނުލިބުމާއި މަރުދޫ ދާއިރާގެ ޓިކެޓު ޕުރައިމަރީއަކާ ނުލާ ޝަރީފުއަށް ދޭން އެމް.ޑީ.ޕީ އިން އެއްބަސް ނުވީމައެވެ. އެހެން ކަމުން ޝަރީފް ވަނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމަވާފައިވާކަން އިއުލާންވެސް ކުރައްވާފައެވެ.
މިހެން މިކަން ހުރުމުން، ކުރީގެ ސަރުކާރު ދަމަހައްޓައި އޭރުގެ ސަރުކާރަށް އަމާޒުވަމުންދިޔަ ފާޑުކިޔުންތަކުގައި ސަރުކާރު ދިފާއު ކުރުމަށް ވަރަށް ވަރުގަަދައަށް ޝަރީފު ވަކާލާތު ކުރެެއްވީ އަމިއްލަ އެދުމެއް އޮވެގެންކަމަށް މިއަދު ގިނަބަޔަކު ގަބޫލުކުރެއެވެ. އެމް.ޑީ.ޕީ ދެބައިވި ވަގުތު ކުރީގެ ރައީސް ނަޝީދައް އެންމެ ފާޅުވިދާޅުވި މަވޯޓާ ޝަރީފު ގެ ނިމުން އަދި މިދަނީ މާހުތުރުކޮންނެވެ. މިޑިއާތައް ރިޕޯޓުކުރާ ގޮތުގައި ޝަރީފު އުޅުއްވަނީ އެމްޑީޕީން ވަކިވެ ވަޑައިގެން ވެރިކަން ކުރާ ޕީއެންސީ އާ ގުޅިވަޑައިގަންނަވާށެވެ. އޭގެ ހަދިޔައަކީ ދަރިފުޅުގެ މެލޭޝިޔާ އެމްބަސީގެ ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމެވެ.
ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު ދައުލަތް ހިންގުމުގައި މިހާރުގެ ރައީސްގެ މާ ބޮޑު ހުނަރެއް ނެތް ނަމަވެސް ރިޝްވަތުގެ ޑީލްތައް ނިންމުމުގައާއި ހުސްބުޅީގައި ފޭދެމުންތާ ތަރިން އެޅުވުމުގެ ހުނަރުގައި ބޮޑު ރަސްގެފާނުގެ ލަގަބުގެ ވެރިޔާ މި އުޅުއްވަނީ އަތުނުޖެހޭހާ ކުރީގައެވެ.
0%
0%
0%
0%
0%
31 މާރިޗު 2025
0
18 ޑިސެންބަރު 2024
0
5 ޑިސެންބަރު 2024
0
4 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4