އެމް.ޑީ.ޕީގެ ރެލީއެއްތެރެއިން ޕިކަޕަށް ފުލުހުން ހުރަސްއަޅާ ހުއްޓުވަނީ -2016
ސިޔާސީ މަސްރަހު ހަމަހިމޭންކަމާ އޮމާންކަމުގައި 5 އަހަރުދުވަހަށް ފަހު އަނެއްކާވެސް ބިރުވެރި މަންޒަރުތަކެއް އިޔާދަވާ މަންޒަރު ފެންނަން ފަށައިފިއެވެ. މިވަގުތު، ހުސްވެފައިވާ މާލޭ ސިޓީ ކައުންސިލްގެ މޭޔަރާއި އަދި އިތުރު 3 މަގާމަކަށް އެމް.ޑީ.ޕީއިން މިވަނީ ކުރިމަތިލައި ފޯރީގައި ކެމްޕޭންކުރަން ފަށާފައެވެ. ދޮންއަމާ ނޫހަށް ރައީސް އޮފީހުގެ އިސް އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، ސީދާ ރައީސް މުއިއްޒުގެ އެންގެވުމަށް ފުލުހުން ނެރެ ރޭގެ ވަގުތެއްގައި ވަނީ އެމް.ޑީ.ޕީގެ ކެމްޕޭންގައި ބޭނުންކުރި ފިކަޕެއް ހުއްޓުވާފައެވެ.
މިއަދު މިކަމާ ކަންބޮޑުވުން ފާޅުކުރައްވާ އެމް.ޑީ.ޕީގެ ޑެޕިއުޓީ ޗެއާޕާސަން ކުރެއްވި ޓުވީޓެއްގައި ވަނީ "ރައީސް އިބޫގެ ފަސްއަހަރު ސިޔާސީ ހަރަކާތެއް ހިންގަން ހުއްދަނަގަން ނުޖެހޭކަމަށް. ނަމަވެސް މިވެރިކަމަށް މަހެއް ނުވަނީސް ކައުންސިލު އިންތިހާބުގެ ކެންޕޭނުގައި އެމް.ޑީ.ޕީން ބޭނުންކުރަމުން ދިޔަ ޕިކަޕް ހުއްދަނުނަގާ ކަމަށް ބުނެ ފުލުން ރޭގައި ވަނީ ހުއްޓުވާފައި. މިފެށެނީ ހުދުމުހުތާރު ވެރިކަމުގެ ސިފަތައް" ކަމުގައެވެ.
މީގެ އިތުރުންވެސް ސިޔާސީ ލީޑަރުންނަން ދުއްޕާން ކުރުމުގެ ގޮތުން މިސަރުކާރުން ކަންކަން ކުރާކަމަށް ކުރީގެ ރައީސް ޔާމީނުގެ ވަކީލުންވެސް ވަނީ މީޑިއާގައި އެކި ފަހަރުމަތިން ބުނެފައެވެ. އެގޮތުން ކަސްރަތުކުރުމަށް ރައީސް ޔާމީނު ކުޅެން ނުކުންނަ ފުޓުސަލް ދަނޑުގައިވެސް ވަނީ ބޮޑު ތަޅު އަޅުވާފައެވެ.
އަދި އެންމެ ބާރަށް ރަށު ހޮޅުއަށިތަކުގައި ރައްޔިތުން ދައްކަވާ ވާހަކައަކީ ވެރިކަމަށް އަންނަ މޭޔަރު މުއިޒު ދެއްކި ވާހަކަ އާއި ރައީސް މުއިއްޒުގެ އަމަލު ދިމާނުވާ ވާހަކައެވެ. އެމަނިކުފާނަން ވޯޓުދިން ގިނަމީހުން ބުނަމުން އަންނަނީ އެޅުނީ ޅައެއްޗެއްކަމަށެވެ. ބަދަލަކަށް ގެނައިވެރިކަން ރަނގަޅު ވާގޮތެއްނުވި ކަމަށެވެ.
0%
0%
0%
0%
0%
18 ޑިސެންބަރު 2024
0
5 ޑިސެންބަރު 2024
0
4 ޑިސެންބަރު 2024
0
8 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4