ސަރުކާރުން ހުށަހެޅި ބިލުގެ އަސްލު ނަމަކީ "ކޮންޓްރޯލް ބިލް" - އަބްދުﷲ ޝާހިދު
ދިވެހިރާއްޖޭގެ މީޑިއާ ކޮންޓްރޯލް ކުރުމަށް ސަރުކާރުން ހުށަހެޅި ބިލުގެ މައްސަލައިގައި، މުޅި ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މި ބިލަކީ ސަރުކާރުން ހުށަހެޅި ބިލެއްކަން، ބިލަށް ވޯޓަށް އެހި ވަގުތު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސްގެ ދޫފުޅުން ފަޅައިއެރުމުން، ސަރުކާރުން ރައްޔިތުންނަށް ދެމުން އައި ދޮގުތައް ބުޅާ ގޯނިން ބޭރުވެފައިވާ ކަމަށް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.
މިކަމާ ގުޅިގެން ޝާހިދު ވަނީ އެ ބިލާ މެދު ސަރުކާރުގެ އިސްވެރިން ގެންގުޅުއްވި އޮޅުވާލުންތަކުގެ މައްޗަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، މިކަން ކުރެއްވުމުގައި ހުރިހާ ގޮތަކުންވެސް އޮޅުވާލެއްވުނެވެ. އެއީ އެ ބިލުގެ ނަން އެންމެ ފުރަތަމަ ނޫސްވެރިކަމުގެ ކަންތައްތައް ހިންގުމާބެހޭ ބިލެއްގެ ގޮތުގައި އޮޅުވާލެއްވި ކަމަށާއި، ނަމަވެސް އެ ބިލުގެ އަޞްލު ނަމަކީ "ކޮންޓްރޯލް ބިލް" ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މި ބިލު ހުށަހެޅީ އަމިއްލަ މެންބަރެއް ކަމަށް ވިދާޅުވެ ސަރުކާރުން ގެންގުޅުއްވީ ބުހުތާނު ދޮގު ކަމަށް ޝާހިދު ތުހުމަތުކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި "އަބަދުވެސް ބާޠިލުގެ މައްޗަށް ޙައްޤު ފާޅުވާނެކަން އެނގުނީ އިއްޔެ އެ ބިލް ވޯޓަށް އައްސަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސަށް ވިދާޅުވެވުނީ "ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހުށަހަޅުއްވާ ބިލަށް ވޯޓްދެއްވުމަށް" ކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، ސީދާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި އޮތީ "ތިމަން މަނިކުފާނަށް އެނގިގެން ހުށައެޅި ބިލެއް ނޫނޭ" ކަމަށާއި، ވަޒީރުން ވިދާޅުވަމުން ގެންދެވީ "މިއީ އަމިއްލަ މެންބަރަކު ހުށަހަޅާގެން އުޅޭ އަމިއްލަ ބިލެކޭ. މިބިލަށް ގެންނަންޖެހޭ ހުރިހާ ބަދަލެއް ތިމަންނަމެން ގެންނާނެމޭ" ކަމަށެވެ. މިހުރިހާ ދޮގުތަކެއް ފަޅައިއެރީ ބިލަށް ވޯޓަށް އެހި ހިސާބުން ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.
ބިލް ފާސްކުރުމުން އާންމު ރައްޔިތުންނަށް ކުރާނެ އަސަރާ ބެހޭގޮތުން ދައުލަތުގެ ވަޒީރުން ވިދާޅުވަމުން ގެންދެވީ "ރައްޔިތުންނޭ ގަބޫލުކުރައްވާށޭ މި ބިލްގެ ސަބަބުން އާންމު ފަރުދަކު ކުރާ އެއްވެސް ކަމަކަށް އަސަރެއް ނުކުރާނެ" ކަމަށެވެ. ނަމަވެސް، މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ "ނޫނެކޭ މި ބިލް ފާސް ކުރީމާ އެކަކަށް އެކައްޗެއްވެސް ނުލިޔެވޭނޭ އެކަކަށް އެކައްޗެއްވެސް ނުބުނެވޭނޭ. ތިމަންނަމެން ބޭނުންވަނީ ހަމައެކަނި މިއިން ހަމަ ސާފުކޮށް ކޮންޓްރޯލް ކޮށްލާށޭ" ކަމަށް ޝާހިދު ހާމަކުރެއްވިއެވެ.
މި ބިލާ މެދު ބޭރުގެ ފަރާތްތަކުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މިކަމާބެހޭ ގޮތުން އެންމެ ފުރަތަމަ ބަސްބުނި އެމެރިކާއިން ވަނީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ސަރުކާރާއި އިދިކޮޅު ޚިޔާލުގެ މީހުންނަށް ބަސްބުނުމުގެ ފުރުޞަތު ހަނިކުރުން އެމީހުން ޤަބޫލުނުކުރާ ކަމަށް ބުނެފައެވެ. މިކަމުން ދައްކުވައިދެނީ ބަސް މިނިވަންކަމުގެ މައްޗަށް ސަރުކާރުން ދެއްވާ ސަމާލުކަން ކުޑަވުމުން އުފެދިފައިވާ ކަންބޮޑުވުންތަކެވެ.
0%
0%
0%
0%
0%
2 މާރިޗު 2026
0
27 ފެބުރުވަރީ 2026
0
25 ފެބުރުވަރީ 2026
0
18 ސެޕްޓެންބަރު 2025
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4