މިއަދާ ހަމައަށް ދެ ޕުލެޓުފޯމަކުން 51 ސިފައިން ދިޔަކަމަށް ސަރުކާރުން ބުނާއިރު، އެ ޕުލެޓު ފޯމުތަކާއި ހަވާލުވާން އައި ޓެކުނިކަލް މީހުންގެ އަދަދު ސަރުކާރުން ސިއްރުކޮށްފި
މިއަދާ ހަމައަށް ދެ ޕުލެޓުފޯމަކުން 51 ސިފައިން ދިޔަކަމަށް ސަރުކާރުން ބުނާއިރު، އެ ޕުލެޓު ފޯމުތަކާއި ހަވާލުވާން އައި ޓެކުނިކަލް މީހުންގެ އަދަދު ސަރުކާރުން ސިއްރުކޮށްފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން ތަރުޖަމާނު ހީނާ ވަލީދު ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ 51 ސިފައިން ފޮނުވާލާފައިވާ ކަމަށް ބުނެފައެވެ. އެގޮތުން އިންޑިޔާ ސިފައިންގެ ދެ ޕްލެޓްފޯމެއްގައި ތިބި ސިފައިން މިހާރު ފޮނުވާލާފައިވާކަމަށާއި މި މަހުގެ 10 ގެ ކުރިން ހުރިހާ ސިފައިން ފޮނުވާލާނެ ކަމަށް ބުންޏެވެ.
އިންޑިޔާގެ އަސްކަރީ ސިފައިން ފޮނުވާލުމަށްފަހު ހަމަ އޭގެ ބަދަލުގައި އިންޑިޔާގެ މަދަނީ މީހުން ގެންނާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ. އެހެންނަމަވެސް ފޮނުވާލި 51 މީހުންގެ ބަދަލުގައި މިހާތަނަށް އައިސްފައިވަނީ ކިތައް ޓެކްނިކަލް މީހުންތޯ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އަދި ހުރިހާ ސިފައިންގެ ބަދަލުގައި އަންނާނީ ޖުމްލަ ކިތައް މީހުންކަންވެސް ހާމަކޮށްފައެއް ނުވެއެވެ.
އިންޑިޔާ ސިފައިން ފޮނުވާލާ ވާހަކައަކީ ޖެއްސި ސިޔާސީ ސްޓަންޓެއްކަން މިހާރު އެންމެންނަށް ވެސް ވަނީ ހާމަވެފައެވެ. އިންޑިޔާ ސިފައިން ތިބި އަދަދެއް ބުނާއިރު ދެ ފަހަރު އެއް އަދަދެއް ހާމަކުރުމަށްވެސް ސަރުކާރު ވަނީ ނުކުޅެދިފައެވެ.
އިންޑިޔާ ސިފައިންގެ ބަދަލުގައި މިހާރުވެސް ދިވެހި ސިފައިންނަށް ތަމްރީން ދިނުމަށް އެމެރިކާ ސިފައިން ރާއްޖޭގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެމެރިކާއަކީ މުސްލިމް ގައުމުތަކާ ދެކޮޅަށް އެންމެ ގިނައިން ފަންޑް ކުރާ ގައުމަށްވާއިރު އިންޑިޔާއާ މިހާ ގާތް ގުޅުމެއް އުފެއްދުމަކީ ދިވެހިން ވަރަށް ނުރުހޭ ކަމަކަށް ވަނީ ވެފައެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4