މިނިސްޓްރީގެ ރަސްމީ އެކައުންޓް އަމިއްލަ ޒާތީ ކަންކަމުގައި ބޭނުންކުރުން ހުއްޓާލަންޖެހޭ
ދާޚިލީ ސަލާމަތާއި ބެހޭ ވަޒީރު ޢަލީ އިޙްޝާނުގެ އާއިލީ ކަންކަން ބެލެހެއްޓުމަށް ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުގެ ބޮޑީގާޑުން ބޭނުންކުރާ މައްސަލައެއް ފެންމަތިވެ، އެއީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގާ ކޮރަޕްޝަންގެ އަމަލެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ސޯޝަލް މީޑިއާގެ އެކްސް ޕްލެޓްފޯމްގައި "ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ އެކައުންޓަކުން އާންމުކުރި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި މިނިސްޓަރ އިޙްޝާންގެ ދަރިން ބައިސްކަލް ދުއްވަން އުޅޭއިރު، އެ ކުދިންގެ ރައްކާތެރިކަން ބެލެހެއްޓުމަށް ދައުލަތުގެ ބޮޑީގާޑަކު އެ ސަރަހައްދުގައި ހަރަކާތްތެރިވެއެވެ.
މި ވީޑިއޯ އާންމުވުމާއެކު، ވަރަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި މިނިސްޓަރ އިޙްޝާން ވަނީ ފުލުހުންގެ ސަލާމަތީ ކެމެރާ ފީޑްތަކުން ޑާޓާ ނަންގަވައި، އެކަން ސިޔާސީ ކަމަކަށް ބަދަލުކުރައްވަން މަސައްކަތް ކުރައްވާފައެވެ. އެގޮތުން، މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓް ބޭނުންކޮށްގެން މިނިސްޓަރ ވަނީ، އެ ވީޑިއޯ ނެގީ ކުރީގެ މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި މަދަނަ އިބްރޭ ކަމަށް ތުހުމަތުކުރައްވައި، އެއީ އެމްޑީޕީން ރާވައިގެން ކުރި ކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރައްވާފައެވެ.
ނަމަވެސް، މިނިސްޓަރުގެ މި އަމަލާ ގުޅިގެން އާންމުންގެ މެދުގައި ނުރުހުން އިތުރުވެ، ސޯޝަލް މީޑިއާގައި ކުރަމުންދާ ރީ-ޓުވީޓުތަކާއި ކޮމެންޓުތަކުގައި ބުނަމުންދަނީ މިއީ ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށެވެ. ގިނަ ބަޔަކު ސުވާލު އުފައްދަމުންދަނީ މާލޭގެ ސެކިއުރިޓީ ކެމެރާ ސިސްޓަމަކީ މިނިސްޓަރުގެ އަމިއްލަ ފިންގަރޓިޕްސްގައި، ބޭނުން ކޮންމެ ވަގުތަކު ބޭނުންކުރެވޭ ގޮތަށް އޮންނަ އެއްޗެއްތޯއެވެ. އަދި ފުލުހުންގެ އިދާރާގެ މައްޗަށް މިނިސްޓަރުގެ ނުފޫޒު މިހާ ބޮޑަށް އޮތުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި އާންމުން ދެކެއެވެ.
ގާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި، ވަޒީރުންގެ އާއިލާގެ މެންބަރުންނަށް ދައުލަތުގެ ފަރާތުން ސަލާމަތީ ޚިދުމަތް ފޯރުކޮށްދިނުމަކީ ރާއްޖޭގައި އެއްވެސް އިރަކު އޮންނަ އުސޫލެއް ނޫނެވެ. އެފަދަ ކަންކަމަކީ ކަނޑައެޅިގެން ގާނޫނާ ޚިލާފު، ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތަކެކެވެ. މީގެ އިތުރުން، ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކެމެރާ ފީޑްތަކަކީ ވަކި ހާއްސަ އިޖުރާއަތްތަކެއްގެ ދަށުން ބޭނުންކުރަންޖެހޭ ވަސީލަތްތަކަކަށް ވާއިރު، ވަޒީރަކު އެދިވަޑައިގަތުމުން ހިއްސާކުރަންޖެހޭ މައުލޫމާތެއް ނޫނެވެ.
މި މައްސަލާގައި ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ:
ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ، މާލޭގައި ބޮޑެތި ކުށްތައް ހިނގައިގެން އުޅޭއިރު ކެމެރާ ފީޑްތަކުން ސާފު ވީޑިއޯއެއް ނުލިބިގެން އުޅޭއިރު، ސިޔާސީ ބޭނުމަކަށް މިނިސްޓަރަށް އެންމެ 10 މިނެޓު ތެރޭގައި އެޗްޑީ ކޮލިޓީގައި ވީޑިއޯ ލިބި، އާންމުކުރެވޭ ކަމެވެ.
މި ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވާނެ ކަމަށް ވިދާޅުވަމުންދާއިރު، މިނިސްޓަރ އިޙްޝާނާ މެދު ކުރެވޭ މި ސީރިއަސް ތުހުމަތުތަކާ ގުޅިގެން މިހާތަނަށް ސަރުކާރުން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
0%
0%
0%
0%
0%
24 މިނަޓް ކުރި
0
1 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
2 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4