ފެނަކަ މުއާޒް ހަޅޭއްލަވާ މަންޒަރު
ފެނަކަ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު އެ ކުންފުނީގެ ތެރެއިން ހިންގާ ކަރަޕްޝަންގެ އަމަލުތައް ހުއްޓުވަން މަސައްކަތްކޮށް، އެ ވާހަކަ ދައްކާ ސްޓާފުން ވަގުތުން ވަޒީފާއިން ކަނޑާލާނެ ކަމަށް ބުނެ އިންޒާރުދީފިއެވެ.
މިދިޔަ އާދީއްތަ ދުވަހު އިރުއެރި ގޮތަށް މުއާޒް ވަނީ އޮފީހަށް ގޮސް ފައިނޭންސް އާއި ޕްރޮކިއޮމަންޓް ޑިޕާޓްމަންޓަށް ވަދެގަނެ ސްޓާފުންނަށް ބިރުދައްކާފައެވެ. މަންޒަރު ދުށް މީހުން ބުނީ މުއާޒްގެ ދޮރުހުޅުވިލެއް ބާރުކަމުން ހީވީ ދޮރު ހުޅުތަކުން ނެއްޓިދާނެ ކަމަށެވެ.
އެ ޑިޕާޓްމަންޓްތަކަށް ގޮސް މުއާޒް ބުނީ އިތުރު އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށާ ކަރަޕްޝަން ހުއްޓުވަން މަސައްކަތް ކުރާކަމުގެ ތުހުމަތު ކުރެވުނަސް އެ ސްޓާފަކު ވަގުތުން ވަޒީފާއިން ވަކިކުރާނެ ކަމަށެވެ.
އަދި ކަރަޕްޝަން ހުއްޓުވަން އުޅޭމީހުން ލިޔެކިޔުންތަކާއެކު އެކަން ކުރާތީ މުއާޒް ވަނީ އެކަމާވެސް ބޮޑާހާކާފައެވެ. އެގޮތުން ކުޑަކުދިން ބޮޑާހާކާއިރު މަންމި ކައިރި ބުނާނަމޭ ބުނާ ގޮތަށް މިކަން ކޮށްފިނަމަ ޕޮޅިހުން ކައިރި ބުނާނަމޭ ޕޮޅިހުން ގެންނާނަމޭ ބުނެ މުއާޒް ވަނީ ބޮޑާހާކާފައެވެ.
ކަރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓުވަން ޕޮލިހުން ގެންނާނެ ކަމަށް ބުނުމުގެ އިތުރުން މުއާޒްއަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ވެސް އެ ޑިޕާޓްމަންޓްތަކުގެ ހުރިހާ ސްޓާފުންގެ ކުރިމަތީގަ މުއާޒް ބުނިކަމަށްވެއެވެ. އަދި މުއިއްޒަށް މުއާޒްއާ މެދު އެޅޭނެ އެއްވެސް ފިޔަވަޅެއް ނޯންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ސްޓާފުންނަށް އިންޒާރު ދިނުމަށްފަހު އެ ދެ ޑިޕާޓްމަންޓްގެ ސްޓާފުން ވަކިވަކިން އޮފީހުގެ އެކަހެރި ތަނަކަށް ގެންދިއުމަށްފަހު ލިޔުމެއްގަވެސް ވަނީ ސޮއެކުރުވާފައެވެ. އެ ލިޔުމުގަ އޮންނަނީ މި ބާވަތުގެ އެއްވެސް ތުހުމަތެއް ކުރެވިގެން ވަޒީފާއިން ވަކިކޮށްފިނަމަ 6 މަސް ވަންދެން ސަރުކާރުގެ އެއްވެސް ކުންފުންޏަކުން ވަޒީފާ ނުލިބޭ ގޮތަށް އެ ސްޓާފަކު ބްލެކްލިސްޓް ވާނެ ކަމަށާ އެކަމަށް އެއްބަސްވާ ކަމަށެވެ.
އަޅުގަނޑުމެން ބެލިބެލުމުން މި ލިޔުން ތައްޔާރުކުރީ މުއާޒްގެ ޖަރީމާ ނެޓްވޯކްގަ ހިމެނޭ އޭނާގެ އެއްބަނޑުއެއްބަފާ ކޮއްކޮ އީމާން މުހައްމަދު ރަޝީދެވެ. މީނާ ހުންނަނީ ކްލެމެންސީ ބޯޑުގެ ވައިސް ޕްރެޒިޑެންޓަކަށެވެ. އަދި ހަކުރު ސޭޓް އަރުޝަދް ޚާލިދު އަޑީގަ ހުރެގެން ހިންގާ މެންދުރު ޓީވީއާ މެންދުރު އޮންލައިން ނޫހުގަ އޮތް މުއާޒްގެ ހިއްސާވެސް މިހާރު އޮންނަނީ އީމާންގެ ނަންމަތީގައެވެ.
މުއާޒް ސްޓާފުންނަށް ބިރު ދައްކާ، ގަދަކަމުން ލިޔުމެއްގަ ސޮއިކުރުވުމުގެ ސަބަބުން ސްޓާފުން މިހާރު ތިބީ ނަފްސާނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ސަބަބަކީ މިއީ އެއްވެސް ކުށެއް ސާބިތުނުވިޔަސް މުއާޒް ހިތަށްއަރާ މީހަކު ވަޒީފާއިން ކަނޑާލަންވެގެން ކުރި ކަމަކަށްވާތީއެވެ.
މުއާޒް އަމަލުތައް މިހެން ހުރިއިރު ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރުކުރުވުމަށް ނުވަތަ އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
މުއާޒްގެ މައްޗަށް މިކަން ސާބިތުވެއްޖެނަމަ ޤާނޫނު ބުނާގޮތުން އޭނާގެ މައްޗަށް 20 އަހަރާ 25 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ.
ބައެއް ސްޓާފުން ބުނީ މިހާރު އެމީހުންނަށް އިހުސާސްކުރެވެނީ ފެނަކައަކީ ކޯޕަރޭޝަނަކަށްވުރެ ބޮޑަށް ކާޓެލްއެއްގެ ގޮތުގަ ކަމަށެވެ. ހަކުރު ވިއްކާ ނެޓްވޯކެއްގެ މީހުން ފެނަކަ އިސް މަގާމުތަކުގަ ތިބިއިރު ދަންވަރު ގަޑީގަ މެނޭޖްމަންޓުން މިކަހަލަ މީހުން އޮފީހަށް ވައްދާކަން ވެސް ވަނީ ފަޅާއަރާފައެވެ.
މުއާޒް މިހާ ރުޅިގަދަވެގެން މި އުޅެނީ ފުޅާދާއިރާއެއްގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކަކާ ގުޅިގެން ފެނަކަ ތެރެއިން މަނީ ލޯންޑަރ ކުރަން ހިންގާ ގިނަ އަދަދެއްގެ މުއާމަލާތްތަކަކާ މުއާޒްގެ ސިއްރު ޑީލްތައް ފަޅާއަރަމުންދާތީއެވެ.
އޭގެ ތެރޭގައި މުއިއްޒު ކޮންމެ މަހަކު ޕީއެންސީ މަޖިލިސް މެމްބަރުންނަށް ދޭ 50،000 ރުފިޔާގެ އިނާޔަތް ޕެކޭޖަށް ފައިސާ ރެއިޒްކުރަން ކުރާ މަސައްކަތްތަކާ ޑިމޮކްރެޓްސްއަށް ފައިދާވާ ގޮތަށް ހިންގާ ޑީލްތައްވެސް ހިމެނެއެވެ.
އެ މުއާމަލާތްތަކުގެ ހުރިހާ ލިޔެކިޔުންތަކާއެކު ކުށް ސާބިތުކުރެވޭ މިންވަރަށް މައުލޫމާތު އާންމުވި ނަމަވެސް، މުއާޒް ބުނި ގޮތަށް އެކަން ހުއްޓުވަން ކަމާބެހޭ އެއްވެސް މުއައްސަސާއަކުން އެއްވެސް ކަމެއް އަދި ނުކުރެއެވެ.
0%
0%
0%
0%
0%
20 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
2 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4