ޖެންޑާ މިނިސްޓްރީގެ ޑެޕިޔުޓީ ނަމްޒާ، ސިޔާސީ މުވައްޒަފުން މާ ރަނގަޅު ވާނެ ކަމަށް ބުނެ ސިވިލް ސާވިސް މުވައްޒަފުން އެ މިނިސްޓްރީން ވެސް އަންނަނީ ވަކި ކުރަމުން
މުއިއްޒުގެ ސިޔާސީ މުވައްޒަފުން މިނިސްޓްރީތަކާއި އޮފީސްތަކަށް ވެއްދުމަށް ސިވިލް ސާވިސް މުވައްޒަފުން ވަކި ކުރަން ފަށައިފި އެވެ.
އެގޮތުން ޖެންޑަރ މިނިސްޓްރީ އާއި އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒަފުން ވެސް މުއިއްޒު މިހާތަނަށް ވަކިކޮށްފައިވެ އެވެ.
ޖެންޑަރ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓްރީގެ މަގާމަށް ޕްރެޒެންޓަރު އާމިނަތު ނަމްޒާ އައްޔަންކޮށް އޭނާގެ މީހުން އެތަނަށް ވައްދައި، އެމީހުންނަށް ޖާގަ ދިނުމަށް މިނިސްޓްރީގެ މުވައްޒަފުން އަންނަނީ ވަކި ކުރަމުންނެވެ. އަދި މިނިސްޓްރީގައި މިހާތަނަށް މަސައްކަތް ކުރަމުން ދިޔަ މީހުންނަށް އެކި ގޮތް ގޮތުން އަންނަނީ އުނދަގޫ ކުރަމުންނެވެ.
"މިނިސްޓަރު އައިޝަތު ޝިހާމް ކުރި ކަމަކީ ތަނުގައި ތިބި ސިވިލް ސްޓާފުން ދަށް ކޮށްލާ ތިމަންނާ ގެނައި ސިޔާސީ މީހުން މާ ރަނގަޅަށް މަސައްކަތް ކުރާނޭ ކިޔައި އެތައް އަހަރެއް ވަންދެން ތިބި ޓެކްނިކަލް މުވައްޒަފުން ދަށްކޮލުން،" ޖެންޑަރ މިނިސްޓްރީގެ ވަޒީފާއިން ވަކި ކުރި ޒަމްހީނާ ހިއްސާ ކޮށްފައިވެ އެވެ.
މީގެ އިތުރުން، އެޑިޔުކޭޝަން މިނިސްޓްރީގައި 37 އަހަރު ވަންދެން މަސައްކަތް ކުރި އާމިނަތު އަސްރާ ވެސް މަގާމުން ވަނީ ވަކި ކޮށްފައެވެ.
އަސްރާ ވަކި ކުރުމުން އޭނާ ކޮށްފައިވާ ޕޯސްޓް
މުއިއްޒުގެ ސަރުކާރަށް އެންމެ ތިން މަސް ވީއިރު، މިއީ މިހާތަނަށް ސިޔާސީ މުވައްޒަފުން (ޑެޕިޔުޓީ އަދި ސްޓޭޓް މިނިސްޓަރުން ހިމެނޭހެން) އެންމެ ގިނަ، އެންމެ މަތިބަރު ސަރުކާރެވެ. ވަޒީފާގެ ބިރު މި ސަރުކާރުގައި ނޯންނާނެ ކަމަށް ވެސް މުއިއްޒު އައީ ބުނަމުންނެވެ.
މުއިއްޒު އައްޔަނު ކުރަމުންދާ ސިޔާސީ މުވައްޒަފުންގެ ފަރާތުން އާންމު މުވައްޒަފުންނަށް އެތައް އުނދަގޫތައް ކުރިމަތިވެ، މަސައްކަތް ކުރަން އުނދަގޫވެފައިވާ ކަމަށް މުވައްޒަފުން އަންނަނީ ބުނަމުންނެވެ.
0%
0%
0%
0%
0%
ޢަހަރެން
27 ފެބުރުވަރީ 2024
ޝުކުރިއްޔާ ތިޔަ ދޮގު ޚަބަރަށް ޓަކައި
31 މާރިޗު 2025
0
18 ޑިސެންބަރު 2024
0
5 ޑިސެންބަރު 2024
0
4 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4