ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނެވިއިރު، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް ނާޖާއިޒް ފައިދާ ހޯދައިދިން ކޮރަޕްޝަންގެ ބޮޑު މައްސަލައެއް ފަޅާއަރައިފިއެވެ.
މި ކޮރަޕްޝަންގެ އަމަލު ހިންގާފައި ވަނީ މާލޭގެ މަސް މާރުކޭޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރުމުގައެވެ.
މިއީ އަޅުގަނޑުމެން ދައްކާ ވާހަކައެއް ނޫނެވެ. ސަރުކާރުން ގަބޫލުކުރާ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ނޫސްތަކުގައި ލިޔެފައިވާ ޚަބަރުތަކެކެވެ. މި ޚަބަރު އަޅުގަނޑުމެން މި ގެނެސްދެނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫހެއް ކަމަށްވާ "ހުރިހާ"ގައި ހުރި މައުލޫމާތުތަކަށް ބިނާކޮށެވެ.
މާލޭގެ މަސް މާރުކޭޓް ތަރައްގީކޮށް ހިންގުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަދުރޭގެ ސީދާ އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށެވެ.
މި ޕްރޮޖެކްޓް ހަވާލުވި އެއްބަސްވުންތަކުގައި އަދުރޭގެ ފަރާތުން ސޮއިކޮށްފައި ވަނީ އޭނާގެ ދަނބިދަރިއަކާއި އަންހެނުންގެ ކޮއްކޮ އެވެ.
އެފްޖޭ ޑިޒައިންސް ނަމަކަށް ކިޔާ މި ކުންފުނި ރެޖިސްޓްރީކޮށްފައި ވަނީ އަދި އެކުންފުނީގެ ވެރިފަރާތަކީ އަދުރޭގެ އަންހެނުންގެ ކޮއްކޮ ލ. ފޮނަދޫ، ޗާންދަނީގެ ފަތުހުއްﷲ ޖަމީލެވެ. އަދުރޭގެ ފަރާތުން އެގްރީމެންޓްގަ ދެވަނަ ބައިވެރިއަކަށް ސޮއިކޮށްފައި ވަނީ ދަނބިދަރި ލ. ފޮނަދޫ، ފަޒާ، އާދަމް ޒާހިރެވެ.
މި މައްސަލަ އޭސީސީން މިހާރު ވަނީ ބަލައިގެންފައެވެ.
އޭސީސީއަށް ހުށަހެޅި މައްސަލާގައިވާ ގޮތުން ދައުލަތަށް ގެއްލުންވާ ގޮތަށް ރަސްމީ ހައިސިއްޔަތާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަދުރޭގެ އާއިލާއަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް މި ޕްރޮޖެކްޓް ފުރަތަމަ ހަވާލުކޮށްފައިވަނީ 21 އޮކްޓޯބަރު 2021 ގައި އެއް އަހަރަށެވެ.
އަދި އެ މުއްދަތު ހަމަވަމުން އިތުރަށް އިޢުލާންކުރުމަކާއި ނުލައި، މަހު ކުލިން އިތުރު 80،000 ރުފިޔާ ކުޑަކޮށް އިތުރު ހަ މަހަށް ހަވާލުކޮށްފައިވަނީ ވެސް އިންތިހާ ދަރަޖައަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށެވެ.
އަދި މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރި އިތުރު ބައިވެރިއަކަށް މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭ ރޯމަސްމާރުކޭޓާ ގުޅޭ އިތުރު ކުޑަ ޕްރޮޖެކްޓެއް ހަވާލުކޮށްފައި ކަމަށް ވެސް އޭސީސީއަށް ހުށަހެޅި މައްސަލާގައި ބުނެފައިވެއެވެ.
މީގެއިތުރުން މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއުގެ މަސްލަހަތު އޮތް ކުންފުންޏަކަށް ބައެއް ޕްރޮޖެކްޓްތައް އަންނަނީ ދެމުންނެވެ. މިފަދަ ޕްރޮޖެކްޓްތަކަށް ޝަރުތުހަމަވާ އިތުރު ދިވެހި ރައްޔިތަކު ނެތީތޯއެވެ. ދިވެހި އެހެނިހެން ކުންފުނިތަކަށް މިފަދަ ޕްރޮޖެކްޓް ނުލިބި އަދުރޭ އާއި ޝުޖާއުގެ ކުންފުނިތަކަށް ހަމައެކަނި މިފަދަ ޕްރޮޖެކްޓްތައް ލިބެންވީ ކީއްވެތޯއެވެ. މިއީ މިއަދު ސުވާލު ކުރަންޖެހޭ ކަންކަމެވެ. އަދި މީހުންގެ ބުއްދިއަށް ގަބޫލުކުރެވޭ ފަދަ ގޮތަކަށް މީގެ ޖަވާބު މުއިއްޒު އާއި ސިޓީ ކައުންސިލުން ދޭންހެޖެހެއެވެ.
0%
0%
0%
0%
0%
ކިނބޫ
4 ޖަނަވަރީ 2024
ޗޯރޭގެ ވެރިކަން ނިމިއްޖެ. ތިކުރާ ހިތާމައިގަ މަވެސް ބައިވެރިވަން.😭
ބވ
4 ޖަނަވަރީ 2024
ފަޅާއަރާނެ ދުވަހެއް އަންނާނޭ. ނާޖާއިޒު ފައިދާގެ އުގޫބާތް ލިބޭނެ ދުވަހެއް އަންނާނެ
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
30 މާރިޗު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4