މުއިއްޒު އާއި އަރުޝަދް: ފައިސާގެ ބޮޑެތި ޑީލްތަކުން އަތާއަތް ގުޅިފަ

Muizzu - Arushad: Faisaage bodethi dealthakun athaa ai gulhifa

މުއިއްޒުގެ ރިޔާސީ ކެމްޕޭންގަ ގދ. އަތޮޅަށް ހުރިހާ ހަރަދެއް ކޮށްދިނީ ހަކުރު ސޭޓް އަރުޝަދު

0

ހެސްކިޔާފަ ރާއްޖޭގަ ހަކުރުވިއްކާ އަދި އޭނާ ވިއްކާ ކުނޑިން އެތައް އާއިލާއެއް ބިކަކޮށްލާފައިވާ އަރުޝަދް ހާލިދްއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވާގިވެރިވާ އަދި ފައިސާ ހަރަދު ކޮށްދޭ މީހެއްކަމަށް ޕީއެންސީގެ ލީޑަޝިޕުން މައުލޫމާތު ލިބިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގަ މިހާރު ހުރި ޕީއެންސީގެ މެމްބަރެއްގެ ފަރާތުން މައުލޫމާތު ލިބޭ ގޮތުގަ މުއިއްޒު-އަރުޝަދް ޕާޓްނަރޝިޕް ފެށުނީ މިދިޔަ އަހަރު ރިޔާސީ އިންތިހާބުގެ ދުވަސްވަރުގަ މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ލިބުނު ހިސާބުންނެވެ.

މެމްބަރު ވިދާޅުވީ ރިޔާސީ ޓިކެޓް ހޯދަން މާ ކުރީއްސުރެ ހިތުއަޅާގެން ހުރި މުއިއްޒްއަށް އެކަން ކާމިޔާބު ކުރެވުނު އިރު ހުރީ ވަރަށް ބޮޑަށް އަތްމަތި ހުސްވެފައެވެ. ސަބަބަކީ އިންތިހާބުގަ ބޭނުންކުރަން ފޮރުވާފަހުރި ގިނަ އަދަދެއްގެ ފައިސާ ރިޔާސީ ޓިކެޓް ހޯދަން ޕީއެންސީގެ ސެނެޓް މެމްބަރުންނަށް ރިޝްވަތުގެ ގޮތުގަ ބަހާލާފަ އޮތުމުންނެވެ.

މެމްބަރު ވިދާޅުވީ މުއިއްޒު ޑައުންވެގެން އުޅޭކަން އަރުޝަދް ހާލިދަށް އެނގުނީ މުއިއްޒުގެ ވަރަށް ގާތް މީހެއްގެ ފަރާތުން ކަމަށެވެ.

އެ މީހާ މެދުވެރިކޮށް އަރުޝަދް މުއިއްޒަށް ޕާސްކުރި މެސެޖަކީ އޭނާ ހަރަދުކުރާ ފައިސާ އަނބުރާ ހޯދަދިނުމަށާ ހޮވިއްޖެނަމަ މަޖިލިސް އިންތިހާބުގަ އަރުޝަދް ބޭނުންވާ މީހުން ސަރުކާރުގެ އިސް މަގާމްތަކަށް ގެންނަން އެއްބަސްވެއްޖެނަމަ ކެމްޕޭނަށް ބޭނުންވާ ފައިސާ ހަރަދުކުރާނެ ކަމަށެވެ. މިގޮތަށް އަރުޝަދް ޑިމާންޑްކުރީ ކިތައް ސްލޮޓްކަމެއް އަޅުގަނޑުމެންނަށް މައުލޫމާތުދިން މެމްބަރަކަށް ނޭނގެއެވެ.

މުއިއްޒު މިކަމަށް އެއްބަސްވުމުން ރިޔާސީ ކެމްޕޭންގަ މުއިއްޒު ގދ. އަތޮޅަށް ކުރި ދަތުރުތަކާ ޖަގަހަ ހަދާ ހިންގުމާ ކެމްޕޭން ޕޯސްޓަރތަކާއި އެ ނޫނަސް ހުރިހާ ހަރަދެއް ހަކުރު ވިއްކާގެން ހޯދާފަހުރި ރުފިޔާއިން ކޮށްދިނީ އަރުޝަދްއެވެ. އިންތިހާބު އޮތް ދުވަހު މުއިއްޒަށް ވޯޓް ގަންނަން ވެސް އަރުޝަދް ބެހީ ހަމަމި ފައިސާއެވެ.

އަރުޝަދްގެ އުފަންރަށް ގދ. ހޯނޑެއްދޫގަ އޭނަ ހަރަދުކޮށްގެން މުއިއްޒު ކެމްޕޭނަށް ޖަގަހަ ހެދިއިރުގެ ފޮޓޮއެއް.

އިންތިހާބުން މުއިއްޒު މޮޅުވުމާއެކު ދެން އޮތީ ޑީލްގެ އަނެއް ބައެވެ. އަރުޝަދް ޑިމާންޑްކުރި ގޮތަށް ސަރުކާރު ކުންފުނިތަކެއްގެ އެންމެ މަތީ މަގާމުތަކަށް އޭނާ ބުނި މީހުން ހަމަޖެއްސިއެވެ. އޭގެ ތެރޭގަ ފެނަކަ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދް، ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު މުބީން އަދި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް ހިމެނެއެވެ.

ފެނަކަ މެނޭޖިންގ ޑިރެކްޓަރ މުއާޒްއާ ރީޖަނަލް އެއާޕޯޓްސް މެނޭޖިންގ ޑިރެކްޓަރ މުބީން އެކަކު އަނެކާ ސަމާސާކޮށްލަނީ
 
ވެމްކޯ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ

މެނޭޖިންގ ޑިރެކްޓަރުންގެ އިތުރުން ކުންފުނިތަކުގެ މެނޭޖަރުންނާ އެހެން އިސް މަގާމްތަކުން އަރްޝަދްގެ ހަކުރު ނެޓްވޯކްގައި ހިމެނޭ މީހުންނަށް ވަނީ ވަޒީފާ ދީފައެވެ.

މި މަގާމްތަކަށް އަރުޝަދްގެ މީހުން ވެއްދުމުގެ އެއް ބޭނުމަކީ މުއިއްޒްގެ ކެމްޕޭނަށް ހަރަދު ކުރި ހުރިހާ ލާރިއެއް ފައިދާއާއެކު އަނބުރާ ހޯދުމެވެ. އަދި އަނެއް މަގްސަދަކީ އޭނާއަކީ ހަކުރު ވިއްކާ މީހެއް ނޫންކަމަށް ދެއްކުމުގެ ބޭނުމުގަ އެކަން ކޮށްގެން ހޯދާފަހުރި ފައިސާ ލޯންޑަރ ކުރުމެވެ.

ވަރަށް ކާމިޔާބުކޮށް އަރުޝަދް އަންނަނީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން މިކަން ކުރަމުންނެވެ. އަދި އޭނާ ހަރަދުކޮށް މުއާޒް، މުބީން އަދި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޔާމީން އަޑީގަ ތިބެގެން ހިންގާ ޓީވީ ސްޓޭޝަނެއްވެސް ވަރަށް ފަހުން ވަނީ ރަޖިސްޓްރީކޮށްފައެވެ. މި ޓީވީ މެދުވެރިކޮށް ހަކުރުވިއްކާ މީހުންނަކީ އެއްވެސް ކުށެއް ނެތް މައުސޫމް މީހުން ކަމަށް ދައްކަން މަސައްކަތްކުރާނެ ކަމަށް ބެލެވެއެވެ.

ސަރުކާރު ކުންފުނިތަކެއް ހަކުރު ވިއްކާ، މީހުންނަށް ބިރުދައްކާ އަދި ތިޖޫރީ ފަޅާފަހުރި މީހެއްގެ މުށުތެރެއަށް މުއިއްޒު ދޫކޮށްލީ، ކެމްޕޭނަށް ހަރަދުކޮށްދިނީމައެވެ. ރާއްޖޭގަ ފައިސާ ނެތޭ، ޓެކްސް ބޮޑުކުރަންޖެހެޔޭ، ސަބްސިޑީތައް ކަނޑަން ޖެހެޔޭ ބުނެ ޕޯޑިއަމްތަކުގަ ސަރުކާރުގެ އިސް މީހުން ވާހަކަދައްކާއިރު ސަރުކާރު އަސްލު މިގޮތަށް އޮޕަރޭޓްކުރުމަކީ ރައްޔިތުންނަށް ކުރާ މަލާމާތެކެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Majlis raees kamuge dhahivethi kamugai dharifulhu Faisal gurubaan koh eynaa magaamun vaki kurumah Adhurey ebbas vehje

މަޖިލިސް ރައީސްކަމުގެ ދަހިވެތިކަމުގައި ދަރިފުޅު ފައިސަލް ގުރުބާންކޮށް އޭނާ މަގާމުން ވަކިކުރުމަށް އަދުރޭ އެއްބަސްވެއްޖެ

4

Maaugoodhoo school ge vanaveri dharivarunnan member mamdhoohge faraathun Huss fosithakeh!

މާއުނގޫދޫ ސްކޫލުގެ ވަނަވެރި ދަރިވަރުންނަށް މެންބަރު މަމްދޫޙުގެ ފަރާތުން ހުސް ފޮށިތަކެއް

2

Sihuru hadhaa 2 anhenunge bahah, Yameen Karuthaa fenan Aarasu Moodhu gai: 200 million rufiyaa ge Sirru Faisal Haamakurah vaifi!

ސިހުރުހަދާ ދެ އަންހެނުންގެ ބަހުން ޔާމީނު އާރަށު މޫދަށް: 200 މިލިއަން ރުފިޔާގެ ސިއްރު ފައިސަލް ހާމަކުރައްވައިފި

4