ހެލްތު މިނިސްޓަރު ޑރ ޙަލީލު
ހެލްތު މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގައި ފެތުރެމުންދާ ފައިލޭރިއާ ވައިރަސްގެ ކަންތަކުގައި އިއްޔެ ނޫސްވެރިންނާ އެކު ބޭވުނު ބައްދަލުވުމެއްގައި އެމަނިކުފާނު ދެއްކިވި ވާހަކުފުޅުގެ ތެރެއިންނެވެ. ރާއްޖޭގެ ސިއްޙީ ދާއިރާ އައިސްފައިވާ ކުރިއެރުމަށް ނިސްބަތް ކުރައްވާ އެމަނިކުފާނު ވިދާޅުވީ އެއްވެސް ރައްޔިތަކު ހާސްނުވުމަށާއި ދިވެހި ރާއްޖޭގެ ސިއްޙީ ނިޒާމު އޮތީ މިކަމަށް ތައްޔާރުވެ ކަމަށެވެ. އަދި މިކަމަށް ބޭނުންވާނެ ބޭހާއި ޓެސްޓުކުރާނެ ވަސީލަތްތައް ރާއްޖޭގެ އެކި ސަރަހައްދީ ހޮސްޕިޓަލުތަކުގައި އެބަހުރިކަމަށެވެ. އަދި އިތުރަށް ބޭނުންވެދާނެ ޓެސްޓް ކިޓްތައް ހޯދުމުގެ މަސައްކަތް މިނިސްޓިރީއިން ކުރަމުންދާ ކަމަށެވެ.
އާލަމީ ވަބާއެއް ކަމަށްވާ ކޮވިޑި19 ގެ ހާލަތުން ފުރަތަމަ އަރައިގެން ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެވަނީ ހިމެނިފައެވެ. އޭރުގެ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތައް މުޅި ދުނިޔެއިން ވަނީ ބަލައިގަނެ، ތައުރީފުކޮށްފައެވެ. އަދި ކުރީގެ ސަރުކާރުން ވަނީ މިފަދަ ބަލިމަޑުކަމަކަށް ތައްޔާރުވާން ބޭނުންވާ ޕްލޭނުތަކާއި ވަސީލަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށް ލާމަރުކަޒީ ކޮށްފައެވެ. އޭގެ އިތުރުން ކުރީ ސަރުކާރުންވަނީ ރީޖަނަލް ހޮސްޕިޓަލުތައް އަޕްގްރޭޑުކޮށް އިމާރާތާއި ވަސީލަތްތައް އާކޮށްފައެވެ. އަދި ޓާާޝަރީ ހޮސްޕިޓަލުތަކެއް އެޅުމުގެ އަމަލީ މަސައްކަތްވެސް ވަނީ ކުރީ ސަރުކާރުން ފަށާފައެވެ.
ރައީސް އިބޫގެ ސަރުކާރުން ލާމަރުކަޒީކޮށް ބާރުތަކާއި ވަސީލަތްތައް ބަހާލަން ކުރި މަސައްކަތް ހުއްޓުމަކަށް އައިސްފާނެ ކަމުގެ ބިރު މިހާރު ވަނީ ހީވާން ފަށައިފައެވެ. އިއްޔެ މިވަނީ ލ. އަތޮޅުގައި އަޅަމުންދިޔަ ކެންސަރު ހޮސްޕިޓަލުގެ މަސައްްކަތް ހުއްޓާލާ އެ ހޮސްޕިޓަލު މާލެއަށް ބަދަލުކުރަން ނިންމާފައެވެ. މީގެ އިތުރުންވެސް ކުރީ ސަރުކާރުން ލ. އަތޮޅުގައި އަޅަންފަށާފައިވާ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތްތައް ހުއްޓާލަންވެސް ސަރުކާރުންވަނީ އަންގާފައެވެ. ނަމަވެސް، ކޮންޓްރެކްޓަރުންގެ ބޮލުގައި އެޅިފައިވާ ދަރަނީގެ ސަބަބުން ބައެއް ޕްރޮޖެކުޓުތައް ހުއްޓާލީމަ އެފަރާތްތަކުން ދައުލަތުގެ ފަރާތުން ހެޔޮވަރު ބަދަލަކަށް އެދި ދައުވާކޮށް ކާމިޔާބު ކުރާނެކަމުގެ ޔަގީންކަން އޮތުމާއެކު، އެމައްކަތްތައް ބައެއްރަށްރަށުގައި ހިނގަމުން ދާކަމުގެ މައުލޫމާތު ލިބެއެވެ.
ފައިލޭރިއާއަށް ޓެސްޓް ކުރުމުގެ ޕްރޮގްރާމުތަކެއް ރާއްޖޭގެ އެކި ސަރައްހުތަކުގައި ހިނގަމުން ކުރިއަށް އެބަދެއެވެ. މިއަދާ ހަމައަށް ޕޮސިޓިވް ވިކަމަށް މައުލޫމާތު ލިބެނީ 32 މީހުންނެވެ. މައުލޫމާތު ސިއްރުކުރުމުގެ ސިޔާސަތެއް ގެންގުޅޭ މިސަރުކާރުން ކޮންމެ ދުވަހުކު މި މައުލޫމާތު އާންމު ނުކުރުމަކީ ނުރައްކާތެރިކަމެކެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4