ސިޔާސީ ގާފިލާގައި ހިމެނޭ އެމްއެމްޕީއާރްސީގެ ތިން ވެރިން
މާޗު މަހު ރާއްޖޭގެ ފަތުރުވެރިކަމުގެ އޮކިޔުޕަންސީ ދަށަށް ދަނިކޮށް ޓުއަރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީގެ ހުރިހާ ސިޔާސީ ބޭފުޅުން ޖަރުމަނަށް ދިޔުމަށް ނިންމައިފި އެވެ.
ޖަރުމަނުގައި އޮންނަ އައިޓީބީ ފެއާއަށް، ތާރީހް ނުދެކޭ ވަރުގެ ބޮޑު ހަރަދެއްކޮށް ސަރުކާރު ގާފިލާގައި 16 ސިޔާސީ ބޭފުޅުން ގެންދެއެވެ. ހަމަ އެކަނި ސަރުކާރު ގާފިލާގެ އެއާ ޓިކެޓަށްވެސް 1.3 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ދެއެވެ. ހަރަދު ކުރަންވީ އާންމުންގެ ޓެކްސް ފައިސާ އިންނެވެ.
ޖަރުމަނުގައި އޮންނަ އައިޓީބީ ފެއާއަކީ ޓުއަރިޒަމުގެ އެއްމެ ބޮޑުފެއާއެވެ. މި އަހަރުގެ މި ފެއާ އޮތީ މާޗު މަހުގެ ތެރޭގަ އެވެ. ޒަމާނުންސުރެ މިކަމަކީ ސަރުކާރުން ހާއްސަ އަހަމިއްޔަތުކަމެއް ދީގެން، ދިވެހި ވިޔަފާރިވެރިންނާއި ގުޅިގެން ބައިވެރިވަމުން އަންނަ ފެއާއެކެވެ.
ނަމަވެސް ކަންމިހެން ހުރިއިރު މި ފަހަރުގެ ފެއާއަށް ރާއްޖޭގެ ހުރިހާ އިވެންޓެއްވެސް އަދި ޑެކެރޭސަން ވަނީ އައުޓު ސޯސްކޮށްފައެވެ.
މިޔުޒިކު ކުޅޭ މީހުންތަކުން ފެށިގެން ތަނުގައި ތިބޭނެ އެޖެންޓުންއަކީ މުޅިން އެހެންބައެއް ކަމަށް ދޮންއަމާއަށް ވަނީ މައުލޫމާތު ލިބިފައެވެ.
މީގެ ކުރިން އައިޓީބީ ފެއާއަށް ކުރާ ދަތުރު ލީޑު ކުރަނީ ދާއިރާގެ ތަޖުރިބާ އާއި ފަންނު ހުރި އިސް ބޭފުޅުންނެވެ.
އެހެންނަމަވެސް، ދޮންއަމާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު އައިޓީބީ ފެއާ ލީޑު ކުރަނީ މަހުޖަނު މުހައްމަދު ޖަނާހުގެ ދަރި، މިހާރު އެމްއެމްޕީއާރްސީގެ ޗެއާމަނަކަށް ހުރި ނޫރައިން ޖަނާހެވެ. އޭނާއަށް އެ މަގާމު ލިބުނީ ވެސް ޖަނާހުގެ ދަރިއަށް ވާތީ އެވެ.
މި ޓީމު ތިބުމަށް ހަމަޖެހިފައި ވަނީ ވެސް ރެއަކަށް 500 ޔޫރޯ ދައްކައިގެން 5 ތަރީގެ ހޮޓެލެއް ކަމަށްވާ ކްރައުން ޕްލާޒާ ބާލިން ސިޓީ ސެންޓަރުގަ އެވެ.
ދަތުރުގައި ދާ ސިޔާސީ ގާފިލާގެ ތެރޭގައި ނޫރައިން އާއި ބޯޑު މެމްބަރު މާހާ ނަސީރުގެ އިތުރުން މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގާއި އެނޫން ވެސް ސިޔާސީ މަގާމުތަކުގައި ތިބި މީހުން ހިމެނެ އެވެ.
ޖަރުމަނު ދަތުރަށް ދާ ސިޔާސީ ގާފިލާ (ނޫރައިން އަދި މާހާ ނުހިމަނާ)
ކުރިއަށް އޮތް މާޗު އަދި އެޕްރީލް މަހަކީ ރާއްޖޭގެ ރިސޯޓުތަކަށް ދަތި ދެމަހެވެ. ކޮންޕެޓިޓިވް މާކެޓުތަން ވަނީ ހުޅުވާ، އެގްރެސިވް ޑިސްކައުންޓްތަކެއް އަޅުވާފައެވެ. އަބަދުވެސް މި ދުވަސްވަރަކީ އޭސިއާ މާކެޓު ދަށް ދުވަސް ވަރެކެވެ.
ރާއްޖޭގެ ފަތުރުވެރިކަން މިދުވަސްވަރު އަބަދުވެސް ޓާގެޓު ކުރަނީ ޔޫރަޕާއި އިނގިރޭސިންގެ އިތުރުން މެދުއިރުމަތީގެ ފަތުރުވެރިންނަށެވެ. ނަމަވެސް މެދުއިރުމަތީގެ ހަގުރާމައާއި، ޔޫކުރޭނު ރަސިއާގެ ހަނގުރާމާގެ ސަބަބުން ދަތުރުކުރުން މިވަނީ އިންތިހާއަށް މަދުވެފައެވެ.
0%
0%
0%
0%
0%
ރޮނގާލި
29 ފެބުރުވަރީ 2024
ތީގަ ތިތިބީ މިނިސްޓްރީގެ 5 ބޭފުޅުން. އެއީ ސިވިލްވެސް ހިމެނޭހެން. ދެން ހަމަ ހައްޕުނޑޭ ކިޔަނީއޭ.
ލަކުޑިބޯ
28 ފެބުރުވަރީ 2024
ތޮއްޔިބު ހުރިއިރު އައިޓީބީ އަށް ދިޔައި އެމްއެމްޕީއާރުސީގެ 5 މީހުން. މިނިސްޓަރީގެ މިނިސްޓަރާ އިތުރު 2 މީހުން - ޖުމުލަ 8. ޓުއަރިސަމް މިނިސްޓަރީން ދާ މީހުން އެދަނީ ހަމަ ޗުއްޓީއަށް. އެތާ ކުރާނެ އެއްވެސް ކަމެއް ނޯންނާނެ. މިނިސްޓަރުގެ ދައުރެއްވެސް ނޯންނާނެ. ސްޓޯލް ހަދަން ހަވާލުކޮށްފަ އޮންނަނީ އިންޑިއާ ކުންފުންނަކާ. އެމީހުން އެކަން ނިންމާނެ. ދެން އެމްއެމްޕީއާރސީ އިން ދާ ދެތިން މީހަކަށް އެތަން މެނޭޖްކުރެވޭނެ. ސާދަ ފަނަރަ މީހުން ދިއުމަކީ ހަމަ ބޭކާރު ހަރަދެއް. ރައްޔިތުންގެ ފައިސާ ނޮޅާ ކަނީ ހަމަ
2 ޖުލައި 2025
0
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4