ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ
ވެރިކަން ކުރާ ޕީއެންސީއަށް ސޮއިކުރުމުގެ މުގާބިލުގައި ބޮޑެތި އަދަދުން ފައިސާ ދިނުމަށް އެ ޕާޓީން އޭނާއަށް ރިޝްތު ހުށަހެޅި ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަދައްކަވަމުން ޔައުގޫބު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ހޮވިގެން އެހެން ޕާޓީއަކަށް ބަދަލުވުމަކީ އޭނާ ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.
ޔައުގޫބު ވިދާޅުވީ އެމްޑީޕީ ދޫކޮށް ޕީއެންސީއާ ގުޅިވަޑައިގެންނެވި މެމްބަރުން އެ ޕާޓީއާ ގުޅިވަޑައިގަތީ ގައުމަށްޓަކައި ކަމަށް ބުނިނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
ޔައުގޫބު ވިދާޅުވީ ޕީއެންސީއަށް ސޮއިކުރުމަށް ފައިސާގެ ހުށަހެޅުމެއް އޭނާއަށް ހުށަހެޅި ކަމަށާއި އެކަމަށް ނޫނެކޭ ބުނެފައިވާނެ ކަމަށެވެ.
"އަޅުގަނޑަށް އައި ހުށަހެޅުންތަކެއް. އަޅުގަނޑަށް އައި ހުށަހެޅުމަކީ ގައުމަށްޓަކައި ޕީއެންސީއަށް ބަދަލުވުމަށް އައި ހުށަހެޅުމެއް ނޫން. ފައިސާގެ ހުށަހެޅުންތައް އައީ. ފައިސާ އެއީ ރިޝްވަތު. ރިޝްވަތުގެ ފައިސާގެ ހުށަހެޅުންތައް އަޅުގަނޑަށް އައީ. އަޅުގަނޑު ދެންނެވިން އަޅުގަނޑަކީ އެގޮތަށް ގެންދެވޭނެ މީހެއް ނޫނޭ،" ޔައުގޫބު ވިދާޅުވި އެވެ.
އޭނާ އަކީ ފައިސާއަށް ގަނެވޭނެ މީހެއް ނޫން ކަމަށާއި އޭނާގެ ނަފްސާއި ޒަމީރު އެއަށްވުރެ މުއްސަނދި ކަމަށް ޔައުގޫބު ވިދާޅުވި އެވެ.
ޕީއެންސީއަށް ސޮއި ކުރެއްވި އެމްޑީޕީ މެމްބަރުން:
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
މައްޗަންގޮޅި އުތުރު ދާއިރާގެ އަހުމަދު ހައިތަމް
އިސްދޫ ދާއިރާގެ އަލީ ހަމީދު
ކަނޑިތީމު ދާއިރާގެ ޢަބްދުﷲ ޝަހީމް އަބްދުލްހަކީމް
ކުރެންދޫ ދާއިރާގެ ޢަބްދުލްޣަނީ އަބްދުލްހަކީމް
މަތިވެރި ދާއިރާގެ ހަސަން ޒަރީރު
މުލަކު ދާއިރާގެ އިބްރާހިމް ނަސީރު
ނިލަންދޫ ދާއިރާގެ އަބްދުލްމުހްސިން ހަމީދު
މާފަންނު ދެކުނު ދާއިރާގެ އާދަމް އަލީ
ކޮމަންޑޫ ދާއިރާގެ މުހައްމަދު ރާޝިދު
ތޮއްޑޫ ދާއިރާގެ ހަސަން ޝިޔާން
ގުރައިދޫ ދާއިރާގެ އިބްރާހިމް ޝާޒު
އިނގުރައިދޫ ދާއިރާގެ ހަސަން އަހްމަދު
މީގެކުރިން އިދިކޮޅު އެމްޑީޕީން ވެސް ވަނީ އެ މެމްބަރުން ޕީއެންސީއަށް ގެންދިޔައީ ރިޝްވަތު ދީގެން ކަމަށް ތުހުމަތުކޮށްފަ އެވެ.
ރައީސް ޑރ. މުހައްމަދު ވެރިކަމަށް ވަޑައިގަތީ އިސްލާމީ އުސޫލުތަކާއެއްގޮތަށް ވެރިކަން ކުރާނެ ކަމުގެ ވައުދާއެކުއެވެ. ނަމަވެސް މިއަދު ފެންނަމުން މިދަނީ އެއާ އިދިކޮޅު އަމަލުތަކެކެވެ. ރިޝްވަތު ދޭ މީހާ އާއި ރިޝްވަތު ހިފާ މީހާއަށް ހުރި އަޒާބު ހުކުރު ޚުތުބާތަކުގައި ތަކުރާރުކޮށް އަންނަނީ ބަޔާންކޮށްދެމުންނެވެ.
0%
0%
0%
0%
0%
8 ގަޑިއިރު ކުރި
0
18 ސެޕްޓެންބަރު 2025
1
18 ސެޕްޓެންބަރު 2025
0
18 ސެޕްޓެންބަރު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4