ޕީއެންސީގެ ސެނެޓުގެ ކޮންޓްރޯލް ރައީސް މުޢިއްޒުގެ އަތުން ގެއްލި، ކުރީގެ ރައީސް ޔާމީނުގެ ވަފާތެރި ނައިބުރައީސް ޝެންބެ އަތަށް
ރާއްޖޭގެ ވެރިކަންކުރާ ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމަށްފަހު، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ބާރުގަދަކުރުމުގެ މަސައްކަތް ރައީސް މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކެޕްޓަން އިޙްސާން ވަނީ ކުރައްވާފައެވެ.
ޕީއެންސީ ވެރިކަމަށް އައި ފަހުން، ޕީޕީއެމް އުވާލައި ގިނަ މެންބަރުން ޕީއެންސީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރެވުނެވެ. ސްޓޭޓް ފެންވަރުގައި ވަގު ފޯމު ފުރުމުގެ ހަރަކާތްތައް ހިންގާފައިވަނީ ކެޕްޓަން އިޙްސާންގެ ބެލުމުގެ ދަށުންނެވެ.
ނަމަވެސް، މިހާރު ޕީއެންސީގެ ސެނެޓުގެ ކޮންޓްރޯލް ރައީސް މުޢިއްޒުގެ އަތުން ގެއްލި، ކުރީގެ ރައީސް ޔާމީނުގެ ވަފާތެރި ނައިބުރައީސް ޝެންބެ އަތަށް ބަދަލުވެފައިވާ ކަމަށް ޕާޓީ އެތެރެއިން މަޢުލޫމާތު ލިބެއެވެ.
ވެރިކަމަށް ދެ އަހަރު ވީއިރު، ޕާޓީގެ ވަފާތެރި މެންބަރުން އެއްފަރާތްކޮށް، ސަރުކާރު ބަދަލުވެފައިވަނީ ރިޓަޔަރޑް މިލިޓަރީ އޮފިޝަލުންގެ ސަރުކާރަކަށެވެ. މީގެ ސަބަބަކީ ޕާޓީ ތެރޭގެ ގިނަ މެންބަރުން ރައީސް ޔާމީނަށް ތާއީދުކުރުމާއި، ސަރުކާރުން އެއްވެސް މަޝްރޫޢެއް ނުހިންގާތީ ފާޑުކިޔަމުން ދިޔުމުން އެ ފަރާތްތައް އެއްކިބާކުރުމެވެ.
މަޢުލޫމާތު ދެއްވި ފަރާތުން ވިދާޅުވި ގޮތުގައި، އަޒާން މުޙައްމަދުގެ މައްސަލައިގައި ސެނެޓު ވަނީ ދެބައިވެފައެވެ. މިހާރު ރައީސް މުޢިއްޒަށްވެސް މިކަން އެނގިވަޑައިގަންނަވާނެ ކަމަށް އެ ފަރާތުން ވިދާޅުވިއެވެ.
0%
0%
0%
0%
0%
ޔޫއްޓޭ
1 އެޕްރީލު 2025
ފަހު ތަޅާލުން ގަނޑު ދެއްތޯ.......
ޖުހާ
1 އެޕްރީލު 2025
ދައްކަވަން ހުރި ތަނެއް ދައްކަވާފައި ގެންދަވާނީ. އިޒުރޭލު ޕާސްޕޯޓް މަނާ ކުރާނަމޭ ކިޔާފަ ކިހާ ފޯރިއެއް އަރުވާލި. އެކަމަކު އަދިވެސް އެބިލު އޮތީ މަޖިލީހުގަ. އަދި ލަދު ހަޔާތް ނެތިގެން ދޭތެރެ ދޭތެރެއިން ފަލަސްތީނޭ ކިޔާފަ އަނގަ ހުޅުވައެއްނު. މުނާފިގު ވިޔަސް ތަންފުކެއް ބޮޑުވަރު.
7 ގަޑިއިރު ކުރި
0
18 ސެޕްޓެންބަރު 2025
1
18 ސެޕްޓެންބަރު 2025
0
18 ސެޕްޓެންބަރު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4