ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން
ސެޓްފިކެޓް 3 ފެންވަރުހުރި ޕޮލިޓެކްނިކުގެ ސީއީއޯ ޒޫޝާން ކަމާލުއްދީން އެތަނުގެ ސްޓާފުންނަށް ބިރުދައްކާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިއީވެސް ތައުލީމީ މީހުންނަށް ވަޒީފާ ދޭނެކަމަށް ވައުދުވެ ވެރިކަމަށް އައި މުއިއްޒު ސަރުކާރުން ފެންވަރު ނެތަސް އެކުވެރިކަމުގެ ގުޅުމުގަ ފެންވަރު ނެތް މީހުންނަށް ވަޒީފާ ދިނުމުގެ އިތުރު މިސާލެކެވެ.
ޒޫޝާން ހުރީ 2009 ވަނަ އަހަރުގަ ސަރުކާރު ސްކޫލެއްގެ ޑެޕިއުޓީ ޕްރިންސިޕަލެއްގެ މަގާމުގައެވެ. އޭނާ ވަޒީފާ ދޫކޮށްލަން ޖެހުނީ އެޑިއުކޭޝަން ދާއިރާގެ މުވައްޒަފުންގެ އޮނިގަނޑަށް ސަރުކާރުން ގެނައި ބަދަލަކާ ގުޅިގެންނެވެ. އެއީ ޒޫޝަން އަތުގަ މަތީ ތައުލީމުގެ ސަނަދެއް ނެތިގެންނެވެ.
އަޅުގަނޑުމެން ބެލިބެލުމުން ޒޫޝަން އަތުގަ އެންމެ މަތީ ފާހަކަށްވެސް އޮންނަނީ ސެޓްފިކެޓް ތިނެއްގެ ފާހެކެވެ.
ނަމަވެސް މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައުމާއެކު ޒޫޝާންއަށް ވަނީ މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯގެ މަގާމު ދީފައެވެ. ޒޫޝާނަށް މި ފުރުސަތު ދިނީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ މަރިޔަމް މާރިޔާއެވެ. އެކަށީގެންވާ ކޮލިފިކޭޝަނެއް ނެތް ނަމަވެސް މާރިޔާ ޒޫޝާނަށް މިކަން ކޮށްދިނީ ދުވަސްވީ ރައްޓެއްސަކަށް ވީމައެވެ.
މުއިއްޒުގެ ސަރުކާރުން އެ މަޤާމު ޒޫޝާނަށް ދިނީ އެއްވެސް ތައުލީމީ ދާއިރާގެ ފެންވަރު ނުލިބިހުއްޓާއެވެ.
"މީތޯ ރައީސް ވައުދުވި ކިޔަވާގެން ހިންގުންތެރި މީހުންނަކީ ތަންތަނުގެ ވެރިންނަށް ލާން. އެއްވެސް ކަމެއް ކޮރަޕްޓްނުވެ ކުރާކަށް ބޭނުމެއް ނުވޭ." މިކަމާ ކަންބޮޑުވުން ފާޅުކޮށް އަޅުގަނޑުމެންނަށް މީހަކު ފޮނުވި މެސެޖެއްގަ ބުންޏެވެ.
އޭނާ ބުނީ ޕޮލިޓެކްނިކްގެ މުވައްޒަފުންނަށްވެސް ބިރުދައްކާ، އުސޫލާއި ޚިލާފަށް ޒޫޝާން ކަންކަން ކުރަމުންދާ ކަމަށާ މީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ.
އަދި ހުރިހާ ދިމާލެއްގަ ވެސް މިގޮތަށް ކަންހިނގާތީ ކިޔަވާގެން ތިބި ގާބިލް މީހުންގެ ބޭނުމަކީ ކޮބާތޯވެސް އޭނަ ސުވާލުކުރިއެވެ.
ކަންކަމުގަ ގަވައިދުތައް ހަދާފަ ހުއްޓަސް އަމަލުކުރަނީ ޒޫޝާން ހިތުހުރި ގޮތަކަށް އަދި ކޮރަޕްޓް ގޮތްގޮތަށް ކަމަށް ވެސް އެމީހާ ބުންޏެވެ. އަދި ގަވައިދުގަ އޮންނަ ގޮތަށް ކަންކަންކުރަން މަސައްކަތް ކުރާ މުވައްޒަފުންނާ ޖައްސާލާ އެ މީހުންނަށް އެކިގޮތްގޮތުން ޒޫޝާން އަންނަނީ ބިރުދައްކަމުންނެވެ.
"ހިތާމަޔަކީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. މަރިޔަމް މާރިޔާގެ ކުޑައިރުގެ ރަހުމަތްތެރިޔަކަށްވާތީ މި ބޭފުޅާގެ ޝަކުވާ އެތައް ބަޔަކު ކުރިޔަސް ނުވެސް ބަލަނީ. ޕޮލިޓެކްނިކް ހިންގަނީ މިނިސްޓްރީގެ ސިޔާސީ ވަޒީފާގަ މަސައްކަތެއްނެތި ތިބި މީހުންކަންވެސް ފާހަގަކުރަން." އެ މީހާ ބުންޏެވެ.
ޕޮލިޓެކްނިކްގެ ސީއީއޯއަކަށް ހުރި ޒޫޝާންގެ ތައުލީމީ ފެންވަރު ދަށްވުމަކީ މިހާރު ދިވެހި އެއްވެސް ރައްޔިތެއް ހައިރާންވާނެވަރުގެ ކަމެއް ނޫނެވެ. މި ސަރުކާރުގެ ކެބިނެޓްއިން ފެށިގެން ގޮސް ކުންފުނިތަކުގެ ވެރިންގެ ތެރޭގަވެސް އަމަލީ ތަޖުރިބާ އާއި އަލިފެއް ބާއެއް، ޕްލަސްއެއް މައިނަސްއެއް ވަކިނުވާ ވަރުގެ މީހުން ވަރަށް ގިނައެވެ. މިއީވެސް ރައްޔިތުންނަށް ވައުދުވުމަށްފަހު މުއިއްޒު ދިމާއިދިކޮޅަށް ކުރަމުންދާ ކަމެކެވެ.
0%
0%
0%
0%
0%
ނީލީ
17 އޮކްޓޫބަރު 2024
މީހުނޭ ކިޔާފަ އެއްޗެހި ލިޔާއިރު ހަޤީޤަތް ބަލާލުން ވަރަށް މުހިންމު، މީހެއްގެ ކޮލިފިކޭޝަން އާ އެމީހަކަށް ލިބިފަހުރި އެކްސްޕީރިއަންސްއަކީ ވެސް ވަރަށް ތަފާތުއެއްޗެއް. ޒޫޝާން ސީ.އީ.އޯ އަކަށް ލުމުން ޕޮލިޓެކަށް ވަރަށްގިނަ ހިދުމަތްތައް ކޮށްދީފި.. މިހެން މީހަކު ހަމަ ބުނެލާވާހަކަ އެއް ޖެހުމަކީ ވަރަށް ދެރަ ކަންކަން... ޕޮލިޓެކްގެ މުވައްޒަފެއްގެ ހައިސިއްޔަތުން މިބުނަނީ މި ހަބަރުގަ ހަޤީޤަތެއްނުވޭ، ބިރެއް ނުދައްކާ އެއްވެސް ސްޓާފަކަށް، އެންމެނާވެސް އުޅެނީ ވަރަށް ގުޅިގެން... އަޅުގަނޑު މި ސައިޓްގައި ވަރަށް އަދަބުވެރިކަމާއެކު މި އެދެނީ މި ހަޤީޤަތްނެތް ހަބަރު މީގެން ނެގުމަށް
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
30 މާރިޗު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4