ޓޫރިޒަމް އިންޑަސްޓްރީ އެމީހުންގެ މަނޮޕޮލީގެ ލީޑަރުން
ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އެމީހުންގެ މަނޮޕޮލީއެއްގެ ގޮތުގައި ކޮންޓްރޮލް ކުރަމުން އަންނަނީ މި ދާއިރާގެ މަދު މަހުޖަނުން ކޮޅެއް ވެގެން އުފައްދާފައިވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، ނުވަތަ މަޓީ އިންނެވެ. މި ދާއިރާއަށް އެހެން ބަޔެއް ވަނަ ނުދިނުމަށް މަޓީއިން އަބަދުވެސް މަސައްކަތް ކުރެއެވެ. މިގޮތުން އާންމު ރައްޔިތުންނަށް ޓޫރިޒަމް ދާއިރާގެ ފައިދާ ލިބިދިނުމަށް ހިއްސާ ވިއްކައިގެން އުފެއްދި ސަރުކާރު ކުންފުނި މޯލްޑިވްސް ޓޫރިޒަމް ޑިވިލޮޕްމަންޓް ކޯޕަރޭޝަން، ނުވަތަ އެމް.ޓީ.ޑީ.ސީ އިނދަޖައްސާލީ މަޓީގެ ވެރިން ހިއްސާ ގަނެ ފުރަތަމަ އަހަރުވެސް ކުންފުނީގެ ހުރިހާ ފައިސާއެއް ބެހުމަށް ބޯޑުން ނިންމައިގެނެވެ. އަދި ގެސްޓްހައުސް ޓޫރިޒަމް ފުޅާ ކުރައްވައި ޤާނޫނީ ރައްކާތެރިކަން ދިނުމަށް ކުރީގެ ރައީސް، ރައީސް ނަޝީދު ކުރެއްވި މަސައްކަތްތަކަށްވެސް އެންމެ ބޮޑަށް ހުރަސް އަޅައި އެކަމުގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީ ހަލާކު ވާނެކަމަށް ބުނެ އެކިއެކި ބަޔާންތައް ނެރުނީ މި ދެންނެވި މަހުޖަނުންގެ ކްލަބް މަޓީ އިންނެވެ.
އެހެންނަމަވެސް މިހާރު މިއޮތީ ޓޫރިޒަމް ދާއިރާ ހަމަ ރަނގަޅަށްވެސް ހަލާކެއްގެ ތެރެއަށް ދިޔުމާ ގާތުގައެވެ. މި ސަރުކާރުގެ މަތީ ފަޑީގައި ތިބި މަގާމަށް ކުފޫ ހަމަނުވާ، އަދި އަމުދުން އަދަބު އަޚުލާގެއް އެއްވެސް ވަރަކަށް ނެތް ސިޔާސީ އެކްޓިވިސްޓުން ތަކެއްގެ ހުތުރު ބަސްމަގާއި ބޭރު ގައުމު ތަކުގެ އިސްވެރިންނަށް ކުރި ވިޔާނުދާ ދަށު ފެންވަރުގެ މަލާމާތާ ފުރައްސާރައާ ގުޅިގެން އިންޑިއާގެ އެތަކެއް އާންމު ރައްޔިތުންނެއް މިދަނީ ދިވެހިރާއްޖެ ބޮއިކޯޓް ކުރުމަށް ގޮވާލަމުންނެވެ. އެތައް އިންޑިއާގެ ރައްޔިތުންނެއް ވަނީ އެމީހުން ހަދާފައިވާ ބުކިންގްތައް ކެންސަލް ކޮށްފައެވެ. ޓްވިޓަރއާއި އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައިވެސް މިލިއަނުން ފޮލޮވަރުން ތިބި އިންޑިއާގެ ފިލްމްސްޓާރުންނާއި މަޝްހޫރު ކުޅިވަރު ކުޅުންތެރިން ދަނީ ރާއްޖެ ނައުމަށް އެމީހުނަށް ތާއީދު ކުރާ ފަރާތްތަކަށް ގޮވާލަމުންނެވެ.
މިހެން މިކަން ހިނގަމުން ދިޔަ ނަމަވެސް އެއްކަލަ މަހުޖަނުންގެ މަޓީގެ ހަބަރެއް ދަބަރެއް ނެތެވެ. އަނގައިން ބުނެލާނެ ބަޔާނެއް ނެރެލާނެ ފަރާތެއް މި މަހުޖަނުންގެ ކްލަބަކު ނެތެވެ. މަޓީއަކީ ޒަމާނުއްސުރެ އެމް.ޑީ.ޕީ އާ ހަތުރުވެރި ޖަމާއަތެކެވެ. ސަބަބަކީ އެމް.ޑީ.ޕީ ގެ ހުޅުވާލެވިފައިވާ އިޤްތިސާދީ ސިޔާސަތާއި، އާންމު ފަރުދުންނަށް ފައިދާވާ ގެސްޓްހައުސް ސިޔާސަތު ފުޅާކުރުމަށް އެޕާޓީއިން ކުރާ މަސައްކަތެވެ. މިކަމާ ގުޅިގެން އަބަދުވެސް އެމް.ޑީ.ޕީ ގެ ވެރިކަމާ ތޮޅެން މަޓީއިން މަސައްކަތް ކުރެއެވެ. އަދި އެވަރުން ނުވެއްޖެނަމަ ބަގާވާތަކަށް ފަންޑު ކޮށްގެން ނަމަވެސް ވެރިކަން ވައްޓާލަން ތިބެނީ ތައްޔާރަށެވެ. މަޓީއިން އަނގައިން ނުބުނެ މި ތިބެނީ އެމީހުން ފަންޑު ކޮށްގެން ގެނައި ވެރިކަމެއް ވީމަކަމަށްވެސް ވެދާނެއެވެ. އެހެން ނަމަވެސް އިންޑަސްޓްރީގެ ނަން ޖަހައިގެން ޖަމާއަތް ހަދައިގެން އުޅޭނަމަ، ސިޔާސީ ކުޅިވަރު ކިތަންމެ ކުޅުނަސް ކޮންމެސް ވަރަކަށް ނަމަވެސް އިންޑަސްޓްރީގެ ހައްގުގައި ބަހެއް ބުނެލަން ވާނެއެވެ. ޓޫރިޒަމް އެސޯސިއޭޝަނެއް މައިގަނޑު މަސައްކަތަކީ ޓޫރިޒަމްއާ ގުޅޭ ކަންކަން ކުރުން ކަމުގައި ނުވެފައި، އެމީހުންގެ މައިގަނޑު މަސައްކަތަކީ ބަގާވާތަށް ފަންޑު ކުރުން ކަމުގައި ވީމައި އަދި ދެކޮޅެއް ނުޖެހެއެވެ. އެހެން އެކަން ބޭނުންނަމަ ބަގާވާތް އެސޯސިއޭޝަން ނަމުގައިވެސް އެސޯސިއޭޝަނެއް ހެދިދާނެއެވެ.
ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ދިވެހިރާއްޖޭގެ ޓޮޕް އެރައިވަލް ޑެސްޓިނޭޝަނުން ގޮވާލާ ގޮވެލި ބާރުވެ، އިންޑިއާގެ ބޮޑެތި ޓުއަރ އެޖެންސީތަކުން ރާއްޖޭގެ ޕްރޮޕަޓީތައް ވިއްކުން ހުއްޓާލައި އަދި ރާއްޖޭގެ އެތައް ރިޒޯޓްތަކެއްގެ ވެބްސައިޓްތަކަށް އޮންލައިން ހަމަލާތައް އައިސް ވެބްސައިޓްތައް ޑައުންކޮށްލާފައި ވާއިރުވެސް، މަޓީއަށް އަދިވެސް ކަހާތަން ހިރުވާވެސް ނުލައެވެ. ދާއިރާގެ އެހެނިހެން ޖަމާއަތްތައް ކަމަށްވާ މަޓާޓޯ އާއި ބޯޓިންގް އެސޯސިއޭޝަނާއި އެހެނިހެން އެސޯސިއޭޝަންތަކުން ބަޔާންތައް ނެރެމުން ދާއިރުވެސް މަހުޖަނުން ވީ ހިސާބެއް ދިވެހި ރައްޔިތުންނަށް އަދި ރޭކާއެއް ނުލައެވެ.
ބައެއް ގެސްޓްހައުސްތަކުގެ ވެރިންނާ މިކަމާ ގުޅިގެން ވާހަކަ ދައްކާލުމުން އެބޭފުޅުންގެ ނުރުހުން އިންތިހާއަށް މަޓީއާ މެދު އޮތްކަން ހާމަކޮށްފައިވެއެވެ. އެބޭފުޅުން ތުހުމަތު ކުރާ ގޮތުގައި މަޓީގެ ބޭނުމަކީ އިންޑިއާގެ މިޑްލް މާކެޓުން ރާއްޖޭގެ ގެސްޓްހައުސްތަކަށް އަންނަ އެރައިވަލްތައް ހުއްޓުވައި ގެސްޓްހައުސް ޓޫރިޒަމް ފުނޑާލުމެވެ. ރާއްޖޭގެ %90 ފަޅު ރަށްތައް މިބައިމީހުންގެ އަތް ދަށުގައި އޮވެ އެއްކުރިހާ ފައިސާއިން މިބައިމީހުންނަށް މާ ބޮޑު ދެރައެއް ނުލިބި ހިފަހައްޓާނެއެވެ. އަދި ނުވިތާކަށް ކިރިޔާ އެރައިވަލްތައް ދަށްވިޔަށް އާންމު ދިވެހި ރައްޔިތުންގެ ވަޒީފާތައް ތަޅާ ބުރުއްސައި ބިދޭސީ އަންސްކިލްޑް ލޭބަރުން ގެނެސް ރިޒޯޓްތަކަށް އަޅާލާނެއެވެ. ގެސްޓްހައުސް ތަކުގެ ފަރާތުން މައުލޫމާތު ދެއްވި ފަރާތެއް ބުނި ގޮތުގައި، މަޓީގެ ބޭނުމަކީ އެމީހުންގެ ފުރަތަމަވެސް އަމާޒު ކަމުގައިވާ ގެސްޓްހައުސް ޓޫރިޒަމް ފުނޑާލައި، އަލުން އަނެއްކާ ޓޫރިޒަމްގެ ހުރިހާ ބާރެއް މި މީހުންގެ މުށު ތެރެއަށް ލުމެވެ. އެއަށްފަހު އަނެއްކާވެސް ސާވިސްޗާޖު ބެހުން ހުއްޓުވުމަށާއި ޓީޖީއެސްޓީއާއި ގްރީން ޓެކްސް އުވާލުމަށް ސަރުކާރަށް ފިއްތަން ބާރު ލިބޭނެއެވެ.
ކޮންމެ ގޮތެއްވިޔަސް ދައުލަތެއް ހިންގުމުގެ ތަޖުރިބާއެއް ނެތް ބަޔަކު މިކަމަށް އިސް ކުރެވިއްޖެ އެވެ. ޓޫރިޒަމް މާކެޓިންގ ކޯޕަރޭޝަނުގައި ހުރީ ބޮލު ރޮއްޖެކެވެ. ޓޫރިޒަމް މިނިސްޓަރަކަށް ހުރީ ބީތާއެކެވެ. މަޓީއިން އަރުވާ ޖަހާފައި ހުރީ ގެސްޓްހައުސް ޓޫރިޒަމް ފުނޑާލުމަށެވެ. ދިވެހީންގެރާއްޖޭގައި ދިވެހީންނަށް ރާކަނި މަސް ދަނީ ފިހެވެމުންނެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4