ޖަނަރޭޓަރުތަކުގެ ރޭޑިއޭޓަރުން ފެން ލީކުވާން ފަށައިގެން 4 މަސް - ހެޑްއޮފީހުން ކަހާތަން ހިރުވާވެސް ނުލާ
ޅ. ކުރެންދޫގެ އިންޖީނުގޭގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދަމުންދާ ކަމަށް ރަށުގެ ރައްޔިތުން ކަންބޮޑުވުން އިންތިހާއަށް ބޮޑުވެއްޖެއެވެ. ރަށުގެ އެންމެ ބޮޑު ދެ ޖަނަރޭޓަރުގެ ރޭޑިއޭޓަރު ހަލާކުވެ، މިހާރު އޮޕަރޭޓު ކުރަމުންދަނީ އެންމެ ޖަނަރޭޓަރަކުން ކަމަށް ރަށުގެ ރައްޔިތަކު މި ނޫހަށް މަޢުލޫމާތު ދީފައިވެއެވެ. ފެނަކަ ކޯޕަރޭޝަންގެ އިހުމާލު މި މައްސަލާގައި ބޮޑަށް ފާހަގަވެއެވެ. ޖަނަރޭޓަރުތަކުގެ ރޭޑިއޭޓަރުން ފެން ލީކުވާން ފަށައިގެން 4 މަސް ވީއިރުވެސް، ފެނަކަ ހެޑް އޮފީހުން މިކަމަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކުރެވެއެވެ.
މީގެއިތުރުން، އިންޖީނުގެއަށް ޑީސަލް އުފުލުމުގައި ޤާނޫނާ ޚިލާފު ޢަމަލުތަކެއް ހިންގަމުންދާކަމީ އެންމެން ދަނަކަމެކެއެވެ. ސިންތެޓިކް ކަޅު ހަމެއް ޕިކަޕަކަށް ލައިގެން ޑީސަލް އުފުލުމަކީ ރައްކާތެރި ގޮތެއް ނޫންކަމަށް ރަށުގެ ރައްޔިތުން ދެކެއެވެ. ނަމަވެސް، މި ކަމަށް ކައުންސިލުންނާއި ފުލުހުން އަޅާނުލާ ދޫކޮށްލާފައި ވަނީ ހާލަތުލް ޒަރޫރީގެ ދަށުންނެވެ.
އިންޖީނުގޭގެ މުވައްޒަފުންގެ އަދަދު އެކަށީގެންވާ ވަރަށްވުރެ އިތުރުވެފައިވާކަމަށް ބެލެވެއެވެ. މަޖިލިސް އިންތިޚާބާ ގުޅިގެން ނެގުނު މުވައްޒަފުންނާއެކު މިހާރު ޖުމުލަ 21 މުވައްޒަފުން މަސައްކަތްކުރާ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އިންޖީނުގެއާ ހަވާލުވެ ތިބި ދެ މެނޭޖަރުންނަކީ މަދަނަ އަބްދުﷲ (ބޯފަން އަބްދުއްލޯ) ގެ ޢާއިލީ ބޭފުޅުންކަން މި ނޫހަށް ވަނީ ކަށަވަރުކުރެވިފައެވެ.
ރަށުގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށާއި، ފެނަކައިގެ އިހުމާލުތައް ބަލައި، އެކަންކަން ރަނގަޅުކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް ރަށުގެ ރައްޔިތުން ގޮވާލައެވެ. މި މައްސަލަ ހައްލުނުވެ ދިގުލައިގެން ދާނަމަ، ރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.
0%
0%
0%
0%
0%
ޢެކަމަކުވާ
14 ޖުލައި 2024
ރަގަޅަށް މަޢުލޫމާތު ސާފުނުކޮށް ފިތުނައުފައްދަން މަސައްކަތް ކުރާ ބައެއްކަން ފާހަގަ ކުރެވޭ
2 ޖުލައި 2025
0
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4