ރައީސް މުއިއްޒު ކޯފާވެ، ކުރީގެ ރައީސް ސޯލިހްގެ ޓްވީޓަށް ރައްދުދިނުމަށް އަންގައިފި
މިއަދު ރައީސް ޑރ މުއިއްޒު ވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެކުސްގައި ޓްވީޓަކަށް ރައްދުދިނުމަށް ކެބިނެޓާއި ސިޔާސީ ވަޒީފާގައި ތިބި އެކްޓިވިސްޓުންނަށް އަންގަވާފައެވެ. މި އެންގެވުން އައީ ރައީސް ޞާލިޙް އިއްޔެ ފާސްކުރެވުނު ބިލަކާ ގުޅޭގޮތުން ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.
ރައީސް ޞާލިޙްގެ ޓްވީޓުގައި ވިދާޅުވެފައިވަނީ އިއްޔެ ފާސްކުރެވުނު ބިލަކީ ރައީސް މުއިއްޒު އޭނާގެ ޕާޓީ ޕީއެންސީ ލައްވާ އަވަސްއަރުވާލައިގެން މީޑިއާ އަދި ނޫސްވެރިން ކޮންޓްރޯލްކޮށް, ކޯނަރު ކުރަން ފާސްކުރި ބިލެއް ކަމަށެވެ. އަދި މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެމްޑީޕީއިން އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނީ ރައްޔިތުންގެ ޙައްޤާއި، ޑިމޮކްރެޓިކް ނިޒާމު ޙިމާޔަތް ކުރުމުގައި ކަމަށެވެ. އެގޮތުން އަންނަ އޮކުޓޫބަރު މަހުގެ 3 ވަނަ ދުވަހު އެމްޑީޕީއިން ވަނީ ސީދާ ހަރަކާތައް މަގުމައްޗައް ނުކުންނަށް ނިންމަވާފައެވެ.
މި ޓްވީޓާ ގުޅިގެން، ރައީސް މުއިއްޒު ވަނީ ސަރުކާރުގެ އިސް ފަރާތްތަކަށް އިނގިރޭސި ބަހުން ރައްދު ދިނުމަށް އަންގަވާފައެވެ. އެސްޕީޑީއިން ފެށީގެން ގޮސް ނައިބު ރައީސް އާއި ހަމައަށް އެޔަށް ރައްދު ދޭންޖެހޭނެ ކަމަށް ވަނީ އަންގާފަ ކަމަށް އަޅުގަޑުމެންނަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން، ސަރުކާރުގެ މުއައްސަސާތަކުގެ ނަމުގައި ހަދާފައިވާ، ދައުލަތުން ވެރިފައިކޮށް ލާރި ދައްކާ އެކައުންޓުތަކުން ވެސް މި ރައްދު ދެމުންދާ ކަން ފާހަގަކުރެވެއެވެ.
އިތުރަށް ލިބިފައިވާ މަޢުލޫމާތުގެ ދަށުން، ރައީސް މުއިއްޒު ވަނީ ޕާޓީގެ ކޯ ލީޑަރުން ތިބޭ ގްރޫޕެއްގައި މި މައްސަލައާ ގުޅޭގޮތުން ވަރަށް ކޯފާވެ ކަލޭމެންނަށް ލިޔަން ނޭގެނީ ތޯކަމަށް ސުވާލު ކޮށްފައި ކަމަށް އެގުރޫޕު ތެރޭގައި އިންނެވި ބޭފުޅަކު މައުލޫމާތު ދިނެވެ. އަދި އެމެރިކާ، އިނގިރޭސިވިލާތް، އަދި އިންޑިއާ ފަދަ ޑިމޮކްރެޓިކް ޤައުމުތަކުން މި ބިލް ކުށްވެރިކޮށް، އެކަން ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށްވެސް ބުނެވެއެވެ. މީގެ ކުރިން ވެސް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ވަނީ މި ބިލް ފާސްނުކުރުމަށް ސަރުކާރަށް ގޮވާލާ ނޫސްބަޔާން ނެރެފައެވެ. މި ހާދިސާއާ ގުޅިގެން ސަރުކާރުގެ އިތުރު ބަހެއް މި ވަގުތު ލިބިފައެއް ނުވެއެވެ.
0%
0%
0%
0%
0%
1 ދުވަސް ކުރި
0
2 ޖުލައި 2025
0
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4