19 ވަނަ ރައްޔިތުންގެ މަޖުލީސް
ރަށުތެރޭ މާބާރަށް އެޒާތެއްގެ ވާހަކައެއް ފެތުރޭތީވެ، ދޮންއަމާ ނޫހުން ޕީއެންސީގެ ކަމުވޮށިގެންވާ މީހަކާ މަޝްވަރާ ކޮށްލާ ހިޔާލު ހޯދާލިމެވެ. މައުލޫމާތު ދިންފަރާތުން ނަން ހާމަ ނުކުރުމަށް އެދި ބުނީ "އެކަހަލަ ހުތުރުކަމެއް ކޮށްފާނެ ކަމަކަށް ގަބޫލު ނުކުރަން. ޕީ.އެން.ސީއަށް މިހާރުވެސް މަޖިލީހުގެ ކޮންޓްރޯލް އެބައޮތް. ދެން މިހާރު މިފެތުރޭ ވާހަކަ އަޑުއަހަފިން. އެއަކީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން" ކަމަށެވެ. އަދި އިތުރަށް ދެންނެވީ ސަރުކާރަށް އެންމެ ބޮޑު ނުރައްކަލެއް އޮތީ ޕީޕީއެމް އަދި ޕީއެންސީގެ އެތެރޭން ކަމަށާއި މަޖިލީސް އިންތިހާބުގެ މެޖޯރިޓީ ހޯދަން އަދުރޭމެން ކޮންމެ ފަދަވާހަކައެއް ދައްކަން ފަހަކަށް ނުޖެހޭނެކަން ދިވެހި ރައްޔިތުންނަން ސާފުވާން ޖެހޭނެކަމަށެވެ.
ކަން މިހެން ހުރިއިރު އެއްމެ ބޮޑަށް މިކަމާ ނުރުހުންވެ، ސްޓޭޓަސް ޖަހަމުން ދަނީ ޑރ މުއިއްޒުގެ ސަރުކާރަށް ތާއިދުކުރާ މެންބަރުންނެވެ. އެގޮތުން އެފަރާތްތަކުގެ ސްޓޭޓަސްތަކުން ފެންނަމުން ދަނީ " 130،000 ހާސް ރައްޔިތުންގެ ތާއީދާއެކު ގެނެވުނު ރައީސެއްގެ މައްޗައް ރައްޔިތުންގެ މަޖިލީސްއިން ބަގާވާތެއް ކުރަން އުޅޭކަމަށެވެ." މިކަމަށް ތާއީދުކޮށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބޭ އިހްތިޔާރެއް ބޭނުން ކުރުމަކީ ބަގާވާތަކަށް ވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީ އެމް.ޑީ.ޕީއަށް ގެއްލުނު ނަމަވެސް ސަރުކާރަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް ވަނީ މަޖިލީހުން އިސްތިއުފާ ދީފައެވެ. އަދި އެ ގޮނޑިތަކަށް މީހުން ނުހޮވާނެކަމަށް އިލެކްޝަންސްއިން އަންގާފައި ވާއިރު މަޖިލީހުގެ ޖުމްލަ އަދަދަށް މިވަނީ ބަދަލު އައިސްފައެވެ. އެއާއެކު އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހިއްޖެ ހާލަތެއްގައި ބަލާ ޖުމްލަ އަދަދުގެ ނިސްބަތައް މިވަނީ ބޮޑު ބަދަލެއް އައިސްފައެވެ.
އޮޅުވާލައިގެން މިވާހަކަ ފަތުރަނީ 20 ވަނަ މަޖިލީހުގެ މެޖޯރިޓީ ހޯދަން ޖަހާ މަޅިއެއްގެ ގޮތުގައެވެ. އިންޑިއާ އައުޓް އަދި ޗާގޯސްގެ ވާހަކަ މިވީ ޖަމަލު ފޮޑިއަށެވެ. އެހެންކަމުން ކޮންމެ ފަދަ އޮޅުވާލުމެއް، ދޮގެއް ހަދާކަށް މި މުނާފިގުން ފަހަކަށް ނުޖެހޭނެކަން ދިވެހިން ގަބޫލު ކުރެއެވެ. އެކަމުގެ ފުރިހަމަ މިސާލަކީ ޔާމީނުއަށް އެ ހެއްދެވިގޮތެވެ. ރައީސް ޔާމީނަކީ މިއަދު މުއިޒުގެ ދުޝްމަނަކަށް ވެއްޖެ، އަދި ޖަންގިޔާ ނާޒިމުއަކީ އެންމެ އަރިސްމީހާ ކަމަށް ވީއެވެ. މުޅި ކެންޕޭނު ހިންގީ ރައީސް ޔާމީނުގެ ޕޮޓޯ ބޭނުންކޮށްގެން، އެމަނިކުޕާނު ވިއްކައިގެންނެވެ. ނަމަވެސް ފުރަތަމަ ފެއައް ޖައްސާ ބޭރުކޮށްލީ ރައީސް ޔާމީނެވެ. ދެއްކި ވާހަކައާއި އަމަލަކާއި ކުޑަކޮންވެސް ދިމައެއްނުވިއެވެ.
މި ސަރުކާރުން އެންމެ ފުރިހަމައަށް ކުރަމުންދާ ކަމަކީ ރީތިކޮން މަޚުރަޖަށް ދޮގުހެދުމުވެ. ނޫސްވެރިއަކު ޗާގޯސްގެ ވާހަކައެއް ނުވަތަ އިންޑިއާ ސިފައިންނާއި ގުޅޭގޮތުން ސުވާލެއް ކޮށްފިނަމަ ތިޔައީ މައުލޫއެއް ނޫން ކަމަށް ބުނެ، އެ ސުވާލަށް ޖަވާބު ނުދީ ދޫކޮށްލައެވެ. ކަންވާނީވެސް އެހެންތާއެވެ. އެދުރު ކަންކުރިގޮތަކީ "ތިޔަ ސުވާލު މިވެނި މީހަކާ ކުރައްވާށޭ" ބުނުމެވެ. މި މިންވަރަށް އޮޅުވާލުމުން އަޒުލު ކުރުން އެއީ އެވެސް ހާލެއްގައި ގޯކަމަކަށް ނުވާނެއެވެ. އަދި 20 ވަނަ މަޖިލީސްގެ މެޖޯރިޓީ މިސަރުކާރަށް ދޭން ހެޔޮނުވާނެ އެވެ. ރީތިކޮން ރައްޔިތުން ގިސްއަރުވާލާނެއެވެ.
0%
0%
0%
0%
0%
ހިބަރު
16 ޑިސެންބަރު 2023
އަޒުލެއް ނުކުރެވޭނެ، ސިފައިންލައްވާ މަޖިލީސް ބަންދުކުރާނަން. ޔާމީނު ބޭނުންހާ އެއްޗެއް ނުހެދޭނެ.
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
30 މާރިޗު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4