އަތޮޅުތަކުގެ ޕްރޮޖެކްޓްތައް ހުއްޓުވައި އިއްޒަތްތެރިން ބޭނުންކުރައްވާ ފާލަމުގެ އާބާތުރަ ފިލުވުމަށްކަމަށް ބުނެ 11 މިލިއަން ރުފިޔާ ތަޅާލައިފިއެވެ. ފާލަން މަރާމާތު ކުރަނީ އާބަތުރަ ފިލުވައި ގައުމިއްޔަތު ދައްކުވައިދޭ ފަދަ ގޮތަކަށް ފާލަން ބަދަލު ކުރުމަށެވެ.
މި ފާލަން އެންމެ ފަހުންވެސް މަރާމާތު ކުރީ މުއިއްޒު އެވެ. އެއީ އޭނާ ހައުސިން މިނިސްޓަރުކަމުގައި ހުރެގެންނެވެ. އެއީ ޗައިނާ ސަރުކާރުގެ އެހީގައެވެ. އެ ފަހަރުވެސް ފާލަމަށް ގާތްގަނޑަކަށް 50 މިލިއަން ރުފިޔާ ހަރަދުކުރިއެވެ. އޭގެ ފަހުންވެސް އެ ފާލަން މަރާމާތު ކޮށްފައިވެއެވެ. 9 އަހަރު ތެރޭ 50 މިލިއަން ރުފިޔާ ބޭކާރުވީ ނޫން ހެއްޔެވެ؟
9 އަހަރު ފަހުން މުއިއްޒު އަނެއްކާވެސް ފާލަން މަރާމާތު ކުރަން ކަމަށް ބުނެ މިހާ ބޮޑު އަދަދެއް ހޭދަކުރަން މި ނިންމީ މި ނޫނީ ދެން ކުރާނެ އިތުރު ކަމެއް ނެތިގެން ހެއްޔެވެ؟ ވެރިކަމަށް އައުމަށް ގައުމު ދަރަނިވެރި ވެފައި އޮތް ވާހަކައާއި ބައިތުލްމާލުގައި އެއްވެސް އެއްޗެއް ނެތްކަމަށް ބުނެ އެހެދީ ހަމަ ހުސް ދޮގެއް ނޫން ހެއްޔެވެ؟ އެބުނާ މިންވަރަށް ދަރަނިވެރި ވެފައި އޮތްނަމަ، މިއަދު މިކުރާހާ ބޭކާރު ހަރަދު ކުރުމަށް ފައިސާ ހުންނާނެ ހެއްޔެވެ.
މިހާރުވެސް އަތޮޅު ތެރޭގެ މަޝްރޫއުތައް އޮތީ ހުއްޓިފައެވެ. އަތޮޅުތެރެއަށް ބޭނުންވާ ކަމެއްވެސް މުއިއްޒުއަށް ނުވެސް ފެނެއެވެ.
މުއިއްޒު ވެރިކަމަށް އައުމަށްފަހު ފެންނަނީ ޒަރޫރީ ހަރަދުތައް ކުރުމުގެ ބަދަލުގައި ހައިބަތު ބޮޑުކުރުމަށް ހަރަދުތައް ކުރާ މަންޒަރެވެ. ފާލަން މަރާމާތު ކޮށްލުމަށް 11 މިލިއަން ރުފިޔާ ހޭދަކޮށްލުމާއި އަގުބޮޑެތި ކަރޯކޭ ސިސްޓަމްތައް ވެއްދުމާއި މުލިއާގޭގައި ދިރިއުޅުމަށް އެތަން މަރާމާތު ކުރުން ފަދަ ކަންކަމެެވެ. ކަންކަން ސިއްރު ނުކުރާނެކަމަށް ވައުދުވެ ވެރިކަމަށް އައި ބަޔަކަށް މިއިން ކަމެއްގެ ހަރަދުވެސް ހާމަ ކުރަން ނުކުރެއެވެ.
މިއީ ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށް މުއިއްޒު ގެންގުޅޭ އުކުޅެކެވެ. ކުދި ކުދި ކަންކަމަށް ބޮޑެތި އަގު ކިޔައިގެން މިފަދަ ކަންކަން މުއިއްޒު ކުރާ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4