ގެއްގައި ރައްޔިތުންނަށް ގަރުދިޔާ ބަތް ކައިގެން ތިބުމަށް ގޮވާލާއިރު، ސަރުކާރުގެ އިސްވެރިން ރޯސްކުރިކުކުޅާ ފަރާޓާއާ ކާވީތޯ؟
ރާއްޖޭގެ މާލީ ހާލަތު ދަށްވެފައިވާތީ ރައްޔިތުން ހަރަދު ކުޑަކޮށް އާދައިގެ ދިރިއުޅުމަކަށް ތިރިވާންޖެހޭ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސަރުކާރާ ދެކޮޅަށް ފާޑުކިޔަން ފަށާފައެވެ.
ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވުނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން އާރިފް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ. އަދި ބައްޔަކަށް ޝިފާ ހޯދުމަށް ހިތި ބޭސް ބޯންޖެހޭނަމަ އެ ބޭސް ބޯންޖެހޭނެ ކަމަށްވެސް އެނާ ވިދާޅުވިއެވެ.
ނަމަވެސް، އާރިފްގެ މި ބަސްފުޅުތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ހަރުކަށި އިބާރާތުން ފާޑުކިޔަން ފަށާފައެވެ. ރައްޔިތުންނަށް ގަރުދިޔާ ބަތް ކައިގެން ތިބުމަށް ގޮވާލާއިރު، ސަރުކާރުގެ އިސްވެރިން ރޯސްކުރިކުކުޅާ ފަރާޓާއާ ކާވީތޯ؟ މިފަދައިން ސުވާލު އުފައްދައެވެ.
އާރިފް ވަނީ ދުވަސްވީ މީހުންނާއި، ކިޔަވާ ކުދިންނާއި އެކަނިވެރި މައިންނަށް ދެމުންދާ އިނާޔަތްތައް ކަނޑާނުލާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި އިނާޔަތްތައް ކަނޑާލަން އުޅޭ ކަމަށް ބުނެ ބަޔަކު ފަތުރަމުންދަނީ ދޮގު މައުލޫމާތު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންނަމަވެސް، ޓޭކްއަވޭތަކާއި ރެސްޓޯރަންޓްތަކަކީ ރާއްޖޭގެ ކުދި ވިޔަފާރިތައް ކަމަށްވާއިރު، މި ވިޔަފާރިތަކަށް ގެއްލުންވާ ގޮތަށް ހަރަދު ކުޑަކުރުމަކީ އިގްތިސާދު އިތުރަށް ހީނަރުވެ، މުއްސަނދިންގެ އަތުގައި ފައިސާ ހިފެހެއްޓި، ފައިސާ ދައުރުނުވެ، އިގްތިސާދު އިތުރަށް ދަށަށް ދާނެ ކަމެކެވެ.
މި މައްސަލައާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ވަނީ ސަރުކާރުގެ އިސްރާފުތަކާއި ކޮރަޕްޝަނަށް އިނގިލި ދިއްކޮށް، ރައްޔިތުންނަށް ހަރަދު ކުޑަކުރުމަށް ގޮވާލާއިރު ސަރުކާރުގެ އިސްވެރިން އަމިއްލަ ހަރަދުތައް ކުޑަކުރަން ޖެހޭނެ ކަމަށް ބުނެފައެވެ. އެގޮތުން އިދިކޮޅު، އެމްޑީޕީއިން ބުނަމުންދަނީ "ރައްޔިތުންނަށް ގަރުދިޔާ ބަތް ކާށޭ ބުނާއިރު، ސަރުކާރުގެ ވަޒީރުން ބޭރު ޤައުމުތަކަށް ދަތުރުކޮށް، ފަސްތާރަ ރެސްޓޯރަންޓްތަކުގައި ކައިބޮއި އުޅެނީ ކީއްވެގެންތޯ؟ ފުރަތަމަ ސަރުކާރުގެ އިސްރާފު ހުއްޓުވަންވީ ނޫންތޯ؟"
0%
0%
0%
0%
0%
ޢަލީ ޢާރިފް.
15 ޖުލައި 2024
އަޖައިބެކެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށްކުރަން ގޮވާއިރު ވަށަފަރު މުހައްމަދާއި އޭނާގެ އައުވާނުން އުޅެންވަނީ ރަނުގެ ބާލުހަނާ ތަކުގައެވެ. ހަވާއަރުވާ ޖައްވުގާ އުދުހި ނަށާށެވެ. އާއްމު ރައްޔިތުންވީ ޖިފުޓި ޖަހައިގެން ކަނު އަނދިރީގައި ޅިދުން ވެއްޓޭ އަންނަފޮށާ ނަގަނަގާ އޮށްދާ ހިއްލަހިއްލާ ތިބޭށެވެ. އާނއެކެވެ. އަލީ އާރިފުމެންވީ ރަންއިލޮށިން ކަދުރުކާށެވެ. ރައްޔިތުންވީ ގޮނޑު ހޮވައިގެން މުޅަބަތްކާށެވެ.
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
30 މާރިޗު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4