ރިޔާސީ ބަޔާން 2024 – ޗާގޯސްގެ ނަން ވެސް ނުގަތް، ދިވެހި ކަނޑުތަކަށް ޗައިނާ އަސްކަރިއްޔާ ވައްދާނެ ކަމުގެ އިންޒާރު ދެއްވި

Riyaasee Bayaan 2024- chagosge nan ves neh, Dhivehi kanduthakah China ge askaree boat thah vahdhaane kamuge inzaaru dhehvi

މުއިއްޒު މިވަނީ ހަމަ ރަނގަޅަށްވެސް ބޮޑު ދެ ގެރީގެ ހަނގުރާމައިގެ ރަސްމީ މައިދާނަކަށް ދިވެހިރާއްޖެ ވައްދައިފި

0

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން އެންމެ ބޮޑަށް ވިއްކެވި ވާހަކަ ރައީސް ސޯލިހުގެ ސިޓީފުޅަކުން ޗާގޯސްގެ ކަނޑު މޮރިޝަސްއަށް ވިއްކާލި ވާހަކައެވެ. އަދި ވެރިކަމުގެ ފުރަތަމަ ދުވަހު އެ ސިޓީ އާންމު ކުރައްވާނެ ކަމަށައި ދިވެހި ރައްޔިތުންނަށް ފޮރުވަން ޖެހޭ އެއްޗެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. ވެރިކަމަށް 3 މަސް ވަނީއެވެ. އަދިވެސް ސަރުކާރުން ރަސްމީކޮށް އެ ބުނާ ސިޓީއެއް އާންމެއް ނުކުރެއެވެ. މަޖިލީހުގައި އޮތް ސިޓީގެ ކޮޕީގައި ރާއްޖޭގެ ބޯޑަރު ގެއްލޭ ވާހަކައެއްވެސް އޮތީއެއް ނޫނެވެ.

ދެން ބުނީ ކަނޑުގެ ގެއްލުނު ބައި ހޯދުމަށް ދުނިޔޭގެ ނެތް ފެންވަރުގެ ތަޖުރިބާކާރުން ސަތޭކަ އެތައް މިލިއަން ރުފިޔާއަކަށް މައްސަލަ ހަވާލު ކުރިކަމަށެވެ. އެ ތަޖުރިބާކާރުންނަކީ ކޮބައިކަމެއް ނުވަތަ އެ މީހުނަށް ދޭން އެއްބަސްވި ސީދާ އަދަދެއް އަދި އަދަށްވެސް ދިވެހި ރައްޔިތުންނަކަށް ނޭނގެއެވެ. އިތުބާރު ނެތް އެޓާނީ ޖެނެރަލް ވިދާޅުވީ އެއީ ދައުލަތުގެ ސިއްރެއް ކަމަށާއި ހާމަކުރެވެން ނެތް ކަމަށެވެ. ކިހާ ފުރިހަމަ ތޯއެވެ.

މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ މަޖިލިސް ހުޅުވާ ރިޔާސީ ބަޔާނުގައި ޗާގޯހުގެ އަޕްޑޭޓެއް ދޭނެ ކަމަށް ދިވެހި ރައްޔިތުން ތިބީ ބަލަބަލައެވެ. ނަމަވެސް އެއީ ހިނގި ކަމެއްކަންވެސް މިހާރު މުއިއްޒު ނުދެނަހުރިއެވެ. ޗާގޯސް ނިޒާމުން ގެއްލިއްޖެއެވެ. މި ވައުދުވެސް ފުދުނީ ތޯއްޗެކެވެ.

މިއީ ދިވެހިންގެ ބަޔެއްކަމާއި، މިތަންދޫކޮށްލީ ސަރުކާރުން ފޮނުވި ސިޓީއަކުން ކަމަށް ވަކާލާތު ކުރުމަށް ވެރިކަމަށް ވަޑައިގެން ބަހަބަރު

ދެން ދެއްވީ މާ ނުރައްކާތެރި އިންޒާރެކެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ 900،000 އަކަ ކިލޯމީޓަރު އެއްވެސް ތަންކޮޅެއް އުނި ނުކޮށް ފާރަލާ ބަލާނެ ވާހަކައެވެ. މިކަން ކުރާނެ ދިވެހި އަސްކަރިއްޔާގެ އުޅަނދެއް ގައުމަކު ނެތެވެ. ރަށު ތެރޭން އިވޭ އަޑުތަކުން މުއިއްޒު ޗައިނާއަށް ކުރި ދަތުރުގައި ސޮއި ކުރި ސިއްރު 3 އެއްބަސްވުމުގެ ތެރެއިން 1 އެއްބަސްވުމަކީ ދިވެހި ބޯޑަރު ބަލަހައްޓަން ޗައިނާ އަސްކަރިއްޔާއަށް ދައުވަތު ދިނުމުގެ އެއްބަސްވުމެވެ. އެކަން ފެށުމުގެ ކުރިން ކުރާ ކަނޑުގެ ސާވޭތައް ކުރުމަށް ޗައިނާގެ ސާވޭ ދެ އުޅަނދެއް މިހާރުވެސް ދަނީ ރާއްޖޭގެ އިރާއި ހުޅަނގުގައި ހަރަކާތްތެރި ވަމުންނެވެ.

ޗައިނާގެ ސުޕައި ސާވޭބޯޓު ދަނީ ކަނޑުގެ އަޑިމެޕްކުރަމުން، އަދި ޖާސޫސީ ސެޓުލައިޓެއް މިސަރަހައްދަށް އަރުވަން ރާވަމުން.

މީގެ އިތުރުން މިވަރުގެ ސަރަހައްދެއް ބަލަން ޗައިނާގެ ސްޕައި ސެޓެލައިޓްތައްވެސް ބޭނުން ކުރާނެކަމަށް ވެއެވެ. މިހެން ވެއްޖެނަމަ ދިވެހިރާއްޖޭގެ ސިޔާދަތު އެކީއެކަށް ގެއްލުނީއެވެ. ދިވެހީން އަޅާ ކޮންމެ ފިޔަވަޅެއް ބަލަން ވައިގެ ތެރޭގައި ޗައިނާގެ އަސްކަރިއްޔާ އޮންނާނެވެ.

މުއިއްޒު މިވަނީ ހަމަ ރަނގަޅަށްވެސް ބޮޑު ދެ ގެރީގެ ހަނގުރާމައިގެ ރަސްމީ މައިދާނަކަށް ދިވެހިރާއްޖެ ހަދާފައެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Majlis raees kamuge dhahivethi kamugai dharifulhu Faisal gurubaan koh eynaa magaamun vaki kurumah Adhurey ebbas vehje

މަޖިލިސް ރައީސްކަމުގެ ދަހިވެތިކަމުގައި ދަރިފުޅު ފައިސަލް ގުރުބާންކޮށް އޭނާ މަގާމުން ވަކިކުރުމަށް އަދުރޭ އެއްބަސްވެއްޖެ

4

Maaugoodhoo school ge vanaveri dharivarunnan member mamdhoohge faraathun Huss fosithakeh!

މާއުނގޫދޫ ސްކޫލުގެ ވަނަވެރި ދަރިވަރުންނަށް މެންބަރު މަމްދޫޙުގެ ފަރާތުން ހުސް ފޮށިތަކެއް

2

Sihuru hadhaa 2 anhenunge bahah, Yameen Karuthaa fenan Aarasu Moodhu gai: 200 million rufiyaa ge Sirru Faisal Haamakurah vaifi!

ސިހުރުހަދާ ދެ އަންހެނުންގެ ބަހުން ޔާމީނު އާރަށު މޫދަށް: 200 މިލިއަން ރުފިޔާގެ ސިއްރު ފައިސަލް ހާމަކުރައްވައިފި

4