ސަލަފުގެ ޝެއިހުންނަށް ޔޯގާ ހަލާލުވެއްޖެ، ރާއްޖޭގައި ހަރާމް ހަލާލަކީ ކޮންމެ ފަސް އަހަރަކުން ބަދަލުވާ އެއްޗެއް
ވޭތުވެދިޔަ ފަސް އަހަރު ހަރާމް ވެފައި އޮތް ޔޯގާ ކުއްލިއަކަށް މި އަހަރު ސަލަފުގެ ޝެއިހުންނަށް ހަލާލު ވެއްޖެ އެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި ޔޯގާ ދުވަސް ފާހަގަކުރުމުން ޝެއިހުން ވަނީ އެ ހަރަކާތް ކުރިއަށް ގެންދިޔަ ގަލޮޅު ދަނޑަށް ވަދު ހަމަ ނުޖެހުން ހިންގާފަ އެވެ.
އެހެންނަމަވެސް މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރުމުން ޝެއިހުން އެކަމާ މައްސަލަ ޖައްސާފައެއް ވެސް ނުވެއެވެ. ހަމަނުޖެހުން އުފައްދާފައެއް ވެސް ނުވެ އެވެ.
ޔޯގާ އަކީ ހިންދޫންގެ ހަރަކާތެއްކަމަށް ބުނުމަށް ފަހު މި ސަރުކާރުން ވެސް އެކަން މަނާ ކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ސަރުކާރުން އަންނަނީ މި ފަހަރު ޔޯގާ ދުވަސް ފާހަގަކުރުން ދިފާއު ކުރަމުންނެވެ.
އެގޮތުން ކަސްރަތު ކުރުމުން މައްސަލައެއް ނެތް ކަމަށާއި ޔޯގާއަށް ވަނީ ސްޕިރިޗުއަލް ބައި އޭގައި ހިމެނުމުން ކަމަށް ޝެއިހު ޒައިދު ވެސް ބުނެފައިވެ އެވެ. އެހެންކަމުން މި އަހަރު ކުރިއަށް މިގެންދިޔަ ޔޯގާ އަކީ ހަލާލު އެއްޗެއްކަމަށް އޭނާ ވަނީ ނިންމާފަ އެވެ.
އަދި މިއަހަރުގެ ޔޯގާ ހަރަކާތުގައި ސަރުކާރުގެ އެއްވެސް އިސްވެރިއަކު ބައިވެރިވެފައި ނުވާތީ އެ ދުވަސް ފާހަގަކުރުމުން އޭގައި މައްސަލައެއް ނެތް ކަމަށް ސަރުކާރަށް ތާއީދު ކުރާ މީހުން އަންނަނީ ބުނަމުންނެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4