ސަރުކާރަށް ޕުރެޝަރު ބޮޑުވެ ޖޫން މަހު އިޒުރޭލު ޕާސްޕޯޓު މަނާ ކުރުމަށް ކައްޒާބު ކެބިނެޓަށް ހުށަހަޅަނީ

Sarukaarah pressure boduve June mahu Israel passport manaa kurumah kazzaabu cabinet ah hushahalhanee

ސަރުކާރަށް ޕުރެޝަރު ބޮޑުވެ ޖޫން މަހު އިޒުރޭލު ޕާސްޕޯޓު މަނާ ކުރުމަށް ކައްޒާބު ކެބިނެޓަށް ހުށަހަޅަނީ

0

ސަރުކާރަށް ޕުރެޝަރު ބޮޑުވެ ޖޫން މަހު އިޒުރޭލު ޕާސްޕޯޓު މަނާ ކުރުމަށް ކައްޒާބު ކެބިނެޓަށް ހުށަހަޅަން ނިންމައިފި އެވެ. 

އިޒްރޭލު ޕާސްޕޯޓު މަނާ ނުކުރާ މައްސަލާގައި ސަރުކާރަށް އެތައް ޕްރެޝަރެއް އަންނަނީ ކުރިމަތިވަމުންނެވެ. މިކަމުގެ ސުވާލު ތަކުރާރުކޮށް ސަރުކާރާ ކުރި ނަމަވެސް ސަރުކާރުން ޖަވާބެއް މިކަމުގައި ދީފައެއް ނުވެއެވެ. ޕާސްޕޯޓު މަނާ ނުކުރަނީ ކީއްވެކަންވެސް ސަރުކާރުން ސާފުކޮށްދީފައެއް ނުވެއެވެ. 

ސަރުކާރަށް މިކަމުގައި އެންމެ ބޮޑު ޕްރެެޝަރެއް ކުރިމަތިވާނެ ފެށީ މަޖިލީސް މެމްބަރުކަމުގެ ހުވާ ކުރުމަށްފަހު ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމަކީ ދެ ގައުމެއްގެ ދެމެދުގައި ހިނގާ ދާހިލީ މައްސަލައެއްކަމަށް ބުނި ހިސާބުންނެވެ. 

އެކަމުގައި ސަރުކާރަށް ލިބުނު ގެއްލުން ފޫބެއްދުމަށް އޭގެ އަނެއް ދުވަހު ނަމާދުތަކުގައި ގުނޫތު ކިޔުމަށްވެސް އެންގި އެވެ. ނަމާދުތަކުގައި ގުނޫތު ކިޔުން މެދުކަނޑާލީ ވެސް މި ސަރުކާރުންނެވެ. 

ކެބިނެޓަށް މިކަމުގެ މަޝްވަރާތައް ކުރުމަށް ހުށަހެޅުމަށް ނިންމީ އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް މަޖިލީހުން ފާސްކޮށް ސަރުކާރަށް ހުށަހެޅިތާ 190 ދުވަހަށްވުރެ ގިނަ ދުވަސް ވީ ފަހުންނެވެ. 

އަދި ކުއްލިއަކަށް މިކަމާ މި ތެޅިގަތީ ޖޫން 3 ވަނަ ދުވަހު ސައުދީ އެމްބަސީ ކުރިމަތީ މިކަމާ އިހުތިޖާޖެއް ބޭއްވުމަށް ނިންމުމުން ކަންވެސް އޮތީ ހާމަވެފައެވެ. 

ސަރުކާރުން އަންނަނީ ރާއްޖެ އޮތީ ފަލަސްތީނާ އެކުގައިކަން އެތައް ބައިނަލްއަގްވާމީ ފޯރަމެއްގައިވެސް ހާމަކުރަމުންނެވެ. އެހެންނަމަވެސް އެކަމާ ގުޅުވައި އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް ނާޅާތީ ސަރުކާރަށް އެތައް ފާޑުކިޔުމެއް އަންނަނީ އަމާޒު ވަމުންނެވެ. 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Majlis raees kamuge dhahivethi kamugai dharifulhu Faisal gurubaan koh eynaa magaamun vaki kurumah Adhurey ebbas vehje

މަޖިލިސް ރައީސްކަމުގެ ދަހިވެތިކަމުގައި ދަރިފުޅު ފައިސަލް ގުރުބާންކޮށް އޭނާ މަގާމުން ވަކިކުރުމަށް އަދުރޭ އެއްބަސްވެއްޖެ

4

Maaugoodhoo school ge vanaveri dharivarunnan member mamdhoohge faraathun Huss fosithakeh!

މާއުނގޫދޫ ސްކޫލުގެ ވަނަވެރި ދަރިވަރުންނަށް މެންބަރު މަމްދޫޙުގެ ފަރާތުން ހުސް ފޮށިތަކެއް

2

Sihuru hadhaa 2 anhenunge bahah, Yameen Karuthaa fenan Aarasu Moodhu gai: 200 million rufiyaa ge Sirru Faisal Haamakurah vaifi!

ސިހުރުހަދާ ދެ އަންހެނުންގެ ބަހުން ޔާމީނު އާރަށު މޫދަށް: 200 މިލިއަން ރުފިޔާގެ ސިއްރު ފައިސަލް ހާމަކުރައްވައިފި

4