ސަރުކާރު ބަނގުރޫޓުވެގެން ހައިރާން ވާނެ ކަމެއް ނެތް، ކުންފުނިތަކުން މުސާރައަށް އެކަނި ކުރާ ހަރަދު ފެނުނަސް ދަނީ ސިއްސައިގެން! ހުރިހާ ހަރަދެއް ކުރީ ސަރުކާރަށް ވުރެ ބޮޑު!
ސަރުކާރު ބަނގުރޫޓުވެގެން އެ ވާހަކަ ދައްކާއިރު، ހަރަދު ކުޑަ ކުރުމަށް މަސައްކަތް ކުރަނީ ކަމަށް ބުނަމުންދާއިރު ސަރުކާރުން އަމިއްލައަށް ކުރަމުންދާ އިސްރާފުގެ ވާހަކަ ނުދައްކާ ނުވެ އެވެ.
މި ސަރުކާރުގެ ސިޔާސީ މަގާމުތައް ވެސް 2،000 އަށްވުރެ މަތީގައި އުޅޭ އިރު މިއީ މިހާތަނަށް އެންމެ ސިޔާސީ މަގާމުތައް ގިނަ ވެރިކަމެވެ. މުސާރައަށް އެންމެ ބޮޑު ހަރަދެއް ކުރަމުންދާ ވެރިކަމެވެ. މަޝްރޫއުތަކަށް ކުރާ ހޭދައަށް ވުރެ މުސާރަތަކަށް ހިނގާ ހަރަދު ބޮޑެވެ.
ސަރުކާރު ކުންފުނިތަކުގެ މުސާރަތަކަށް މި ސަރުކާރުގައި ހިނގާ ހޭދަ އެމްޑީޕީ ސަރުކާރުގައި ހިނގި ހަރަދަށް ވުރެ އެތައް ތަނެއް ބޮޑެވެ.
މިއީ އަދި ވުޒާރާތަކުގެ މުސާރައާ ނުލައި ހަމައެކަނި ކުންފުނިތަކުގެ މުސާރަތަކުގެ ހާލަތު ހުރި ހިސާބެވެ.
"ކުރީ ސަރުކާރު، ކުރީ ސަރުކާރު" މިހެން ގޮވަން ތިބޭ ބަޔަކު މި ވާހަކަވެސް ނިކަން ދައްކަބަލާށެވެ. ކުރީ ސަރުކާރު ބޮލަށް ހުރިހާ ކަމެއް ކަނޑާލައިގެން ފުދޭކަށް ނެތެވެ. އެވާހަކަތައް ރައްޔިތުން މިހާރު ގަބޫލެއް ވެސް ނުކުރެ އެވެ. މި ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުން ވެސް މިހާރު އެކަން ކުރެވުނު މޮޔަ ހީވެ އެވެ.
މި ހުރިހާ ކަމެއް ސާފުކޮށް ފެންނަން ހުއްޓައި ދައުލަތް ބަނގުރޫޓޫ ކޮށްލީ ކުރީ ސަރުކާރުންނޭ ބުނުމުން ގަބޫލު ކުރާނީ ކާކު ހެއްޔެވެ؟ ހުވާ ކުރުމަށް 22 މިލިއަން ރުފިޔާ، މުލިޔާގޭގެ މަރާމާތަށް 16 މިލިއަން ރުފިޔާ، ޑްރޯން ގެނައުމަށް 500 މިލިއަން ރުފިޔާގެ އިތުރަށް މުސާރައާއި ދަތުރުތަކަށް މި ކުރާހާ ހޭދަ މިއީ، ބަނގުރޫޓުކޮށްފައި ހަވާލު ކުރިނަމަ ކުރެވޭނެ ހަރަދުތައް ހެއްޔެވެ؟
ތި ދައްކާ ދޮގު ވާހަކަތައް ގަބޫލު ކުރާނެ މީހަކު މިހާރަކު ނެތެވެ!
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4