ސަރުކާރުގެ ކުންފުންޏަކުން އިދިކޮޅު އެކްޓިވިސްޓަކަށް ބިރުދެއްކުމީ ޑިކްޓޭޓަރޝިޕްގެ ނިޝާނެއް - ދޮންކޮޅު
ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ރަސްމީ ޓްވިޓަރ އެކައުންޓުން އެމްޑީޕީގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓް ދޮންކޮޅަށް އަވަގުރާން ގޮވާލުމާ ގުޅިގެން އެކުންފުނި ހޫނު ފެނަށް ވެއްޓިއްޖެއެވެ.
ދޮންކޮޅު ވިދާޅުވި ގޮތުގައި، އާރުޑީސީން މި ފަދަ ޢަމަލެއް ހިންގުމަކީ ސަރުކާރުގެ ޑިކްޓޭޓަރޝިޕްގެ ނިޝާނެކެވެ. އޭނާ ވިދާޅުވީ، އާރުޑީސީން ޚަރަދު ކުޑަކުރުމަށް އާދައިގެ އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށް، ބޮޑެތި މުސާރަތަކުގައި ސިޔާސީ މީހުން ކޮންސަލްޓަންޓުންގެ ގޮތުގައި ނަގަމުންދާތީ އެކަމާ ދެކޮޅަށް އޭނާ ކުރި ޓްވީޓަކަށް ރައްދު ދިނުމުގެ ގޮތުން މި ފަދަ ބަހުރުވައެއް ބޭނުންކޮށްފައިވަނީއެވެ.
އާރުޑީސީން ފަހުން މި ޓްވީޓް ޑިލީޓްކޮށްފައިވީ ނަމަވެސް، ދޮންކޮޅު ވިދާޅުވީ މިފަދަ ޢަމަލުތަކުން ސަރުކާރުގެ ހައިބަތާއި ނަޒާހަތްތެރިކަން ރައްޔިތުންގެ ކުރިމަތީގައި ވެއްޓިފައިވާ ކަމަށެވެ. އަދި އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުގެ ވިސްނުމަކީ މާލެ އާއި ބޮޑެތި 5 ސަރަހައްދެއް ތަރައްޤީކުރުމާއި، ޖަޒީރާވަންތަކަން ނައްތާލުމެވެ.
މީގެ އިތުރުން، އާރުޑީސީން ޚަރަދު ކުޑަކުރުމަށް ބުނެ 14 ރަށެއްގެ މަގު ހެދުމުގެ މަޝްރޫޢު ހުއްޓާލައި، ޕެކްކުރަން ފަށާފައިވާ ކަމަށްވެސް ދޮންކޮޅު ވިދާޅުވިއެވެ.
0%
0%
0%
0%
0%
2 ޖުލައި 2025
0
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4