ސަރުކާރުން ޚަރަދު ކުޑަކުރުމަށް ގޮވާލާފައި، ޤައުމީ ޔުނިވަރސިޓީގައި އިތުރު 2 ފެކަލްޓީ ޤާއިމުކުރަން ރައީސް މުއިއްޒު ނިންމައިފި
ސަރުކާރުން އިޤްތިޞާދީ ހާލަތު ދަށްވެފައިވާކަމަށް ބުނެ ޚަރަދު ކުޑަކުރުމަށް ރައްޔިތުންނަށް ގޮވާލާފައިވަނިކޮށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި އިތުރު 2 ފެކަލްޓީ ޤާއިމުކުރުމަށް ރައީސް މުއިއްޒު ނިންމައިފިއެވެ. މި މަހުގެ 26 ވަނަ ދުވަހު އިފްތިތާޙުކުރުމަށް ހަމަޖެހިފައިވާ މި ދެ ފެކަލްޓީއަކީ މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ ދެ ފެކަލްޓީއެވެ.
ނަމަވެސް މިއީ ސަރުކާރުން ކަމެއް ޚާއްޞަ ކުރެވިއްޖެކަން ދެއްކުމަށް ކުރާ ކަމެއްކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ. އަދި މި ދެ ފެކަލްޓީއަށް ގިނަ އަދަދެއްގެ ސިޔާސީ މަޤާމުތައް އުފެދިގެންދާނެކަމަށްވެސް ބެލެވެއެވެ.ޤައުމީ ޔުނިވަރސިޓީގެ ޖާގައިގެ ދަތިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި މިފަދަ ފެކަލްޓީތަކެއް އިތުރުކުރުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫންކަމަށް ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން މަސްވެރިކަމާ ގުޅޭ ފެކަލްޓީއެއް ގދ. އަތޮޅުގައި އަދި ދަނޑުވެރިކަމާ ގުޅޭ ފެކަލްޓީއެއް ކާށިދޫ ފަދަ ޖާގަ ތަނަވަސް ރަށެއްގައި ޤާއިމުކުރުމަކީ އެންމެ އެކަށީގެންވާ ގޮތްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
މީގެ އިތުރުން، މި ފެކަލްޓީތަކަށް ގިނަ އަދަދެއްގެ ސިޔާސީ މަޤާމުތައް އުފެދި، ސަރުކާރުގެ ތާއީދު އިތުރުކުރުމަށް މަގުފަހިވާނެކަމަށް ބެލެވެއެވެ. ޤައުމީ ޔުނިވަރސިޓީގެ ޖާގައިގެ ދަތިކަން އޮއްވާ މިފަދަ ފިޔަވަޅެއް އެޅުމަކީ ސުވާލު އުފެދޭ ކަމެކެވެ.
ރައީސް މުޢިއްޒުގެ މި ސިޔާސީ ރޭވުންތެރިކަމަކީ ޤައުމުގެ އިޤްތިޞާދީ ހާލަތު އިތުރަށް ގޯސްކޮށްލައިފާނެ ކަމެކެވެ. ސްރީލަންކާގެ ވެރިކަމުގެ ނިމުން ފަދަ ހާލަތަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރުވެރިކަން ރައްޔިތުންގެ މެދުގައި އުފެދެމުންދާކަން ފާހަގަކުރެވެއެވެ.
0%
0%
0%
0%
0%
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
30 މާރިޗު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4