ސަރުކާރު ކުންފުންޏަކުން ފާޅުގައި ބަނގުރާ އިސްތިހާރު ކުރަނީ – މަގާމުގެ ދަހިވެތިކަމުގައި ސަލަފު ނިދާފައި
އިއްޔެގެ ވަގުތެއްގައި ސަރުކާރުގެ ކުންފުންޏެއް ކަމުގައިވާ އެމް.އެމް.ޕީ.އާރު.ސީ އިން ހިންގާ ޓްވިޓަރ ހޭންޑްލް އެއް ކަމަށްވާ "ވިޒިޓް މޯލްޑިވްސް" އިން ވަނީ ބަނގުރަލުގެ ބާވަތެއް ކަމުގައިވާ ވައިން އިސްތިހާރު ކޮށްފައެވެ. މި އާޓިކަލްގައި ބަނގުރަލަށް ހިތް ޖެއްސުމަށް ބަނގުރާ ޕްރޮމޯޓްކޮށް އެތައް ވާހަކައެއް ހިމަނާފައި ވެއެވެ. އަދި ބަނގުރަލުން ވާނެ ފައިދާތައް ކަމަށް ބުނެ އެތައް ކަމެއް ހިމަނާފައިވެއެވެ.
ސަރުކާރު ކުންފުންޏަކުން ފާޅުގައި ބަނގުރާ އިސްތިހާރު ކުރަނީ
އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ އެއްވެސް އެއްޗަކުން އެއްވެސް ފައިދާއެއް ނުވާނެ ކަމަކީ މުސްލިމުން ގަބޫލު ކުރާ އަޤީދާއެކެވެ. އަދި މިފަދައިން ބަނގުރާ ޕްރޮމޯޓް ކުރުމަކީ އެއްވެސް ސަރުކާރަކުން މިހާތަނަށް ކޮށްފައިވާ ކަމެއް ނޫނެވެ. މީގެ އިތުރަށް މަސްތުވާތަކެތި މަނާ ކުރުމުގެ ޤާނޫނުގެ ދަށުން މަސްތުވާ އެއްވެސް އެއްޗެއް ޕްރޮމޯޓްކޮށް އިސްތިހާރު ކުރުމަކީ ދިވެހިރާއްޖޭގައި މަނާ ކަމެކެވެ. އެހެން ނަމަވެސް ދީނީ ސަރުކާރުން މިއޮތީ މިކަންވެސް ކޮށްފައެވެ.
މިކަމާ ގުޅިގެން ސަލަފުގެ ބައެއް ޝޭޚުންނަށް ގުޅާލީމައި ބުނީ ތިކަމާ ކޮމެންޓް ކުރަން ބޭނުން ނުވާ ކަމަށާއި ތިއީ އަސްލު ހިނގި ކަމެއްކަން ޔަގީން ނުވާ ކަމަށެވެ. ސަލަފަކީ އަބަދުވެސް އެމްޑީޕީ ވެރިކަމެއް ނަމަ ގައުމުގެ ވެރިން ތަކްފީރު ކުރުމުގައި އަވަދިނެތި އުޅޭ ބަޔެކެވެ. ނަމަވެސް މިސަރުކާރާއި ސަރުކާރުގެ ވެރިން ކުރާ ދީނާއި ޚިލާފު އެއްވެސް ކަމެއް ފެންނަ ކަމަކަށް ނުހަދައެވެ. މިކަމުގެ އަގެއްގެ ގޮތުން ސަލަފުގެ އިސްވެރިންނަށްވަނީ މިނިސްޓަރު ފެންވަރުގެ ވަޒީފާތަކާއި ޔުނިވަރސިޓީގެ އިސް މަގާމުތައް ދީފައެވެ. އަދި ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ގޮނޑިތައްވެސް ވަނީ ޔަގީންކޮށްދީފައެވެ.
ދޮންއަމާ ބުނާނެ ވާހަކައެއް ނެތެވެ. ފިލާތިބެގެން ބިޔަރު ނޫނަސް ވައިންވެސް ނުބޯށެވެ.
0%
0%
0%
0%
0%
އަޙުމަދު
25 ޖަނަވަރީ 2024
ތީ ހިނގާ ކަމެއްވަންޏާމު ތިކަމާ ދެކޮޅު ފިތުނަ އުފައްދަން ލިޔުނު އެއްޗެއް ކަމަށް ވަންޏާމު ތި ލިޔުމާ ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރަން
2 ޖުލައި 2025
0
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4