ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ހިޔަނީގައި އާރުޑީސީން މުވައްޒަފުން މަގުމަތިކޮށްލަނީ - އާންމުންގެ ވަޒީފާ ގެއްލޭއިރު، އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކަށް އަސަރެއް ނެތް
އާރުޑީސީން އަތޮޅުތެރޭގައި ހިންގަމުންދިޔަ 7 ރަށެއްގެ ޕްރޮޖެކްޓްތައް ކުއްލިއަކަށް ހުއްޓާލައި، އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކިކުރަން ނިންމައިފިއެވެ. މި ނިންމުމަކީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ސީދާ ނަތީޖާއެއްގެ ގޮތުގައި ބެލެވެއެވެ. އާރުޑީސީގެ މުވައްޒަފެއް މި ނޫހަށް ދިން މަޢުލޫމާތުގައިވާ ގޮތުން، މުވައްޒަފުންނަށް އެއްވެސް އެންގުމަކާ ނުލައި ފުރަތަމަ މުސާރަ ކަނޑަން ފަށާފައިވެއެވެ. މިއީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފު ކަމެއް ކަމަށް މުވައްޒަފުން ފާހަގަކުރެއެވެ.
އާރުޑީސީގެ ޗެއަރމަން ވިދާޅުވެފައިވަނީ މިއީ ޤައުމުގެ މާލީ ހާލަތު ދަށްވެގެން ނަގަން ޖެހުނު ފިޔަވަޅެއް ކަމަށެވެ. ނަމަވެސް، މި ނިންމުމުގެ އަސަރު ކުރަނީ ހަމައެކަނި އާންމު މުވައްޒަފުންނަށެވެ. ސަރުކާރުގެ ސިޔާސީ މަޤާމުތައް އިތުރުވަމުންދާއިރު، އާރުޑީސީގައިވެސް 35,000 ރުފިޔާގެ މުސާރައިގައި ތިބި އެތައް ކޮންސަލްޓަންޓުންނެއް ދެމިތިބިކަން ފާހަގަކުރެވެއެވެ.
މިއީ ރައީސް މުއިއްޒުގެ އިޤްތިޞާދީ ސިޔާސަތުތަކުގެ ހަޤީޤީ އަސަރު ރައްޔިތުންނަށް ކުރަމުންދާ މިންވަރެވެ. ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ނަމުގައި އާންމު މުވައްޒަފުންގެ ވަޒީފާތަކަށް ނޭދެވޭ އަސަރުކުރަމުންދާއިރު، އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކަށް މިކަމުގެ އަސަރެއް ނުކުރާކަން ސާފުކޮށް ފެންނަން އޮތެވެ.
މިކަމާ ގުޅިގެން ރައްޔިތުން ތިބީ ސަރުކާރާމެދު ހިތްހަމަނުޖެހި، ރައީސް މުޢިއްޒުގެ ވާހަކަފުޅުތަކާއި ޢަމަލުތައް ދިމާނުވާ ކަމަށް ބުނެ ފުސްމޫނު ދައްކަމުންނެވެ. ގިނަބަޔަކު ބުނަނީ ރައީސް މުއިއްޒަށް ހަަމަ ވާނުވާ ނޭގެނީކަމަށެވެ!
0%
0%
0%
0%
0%
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
30 މާރިޗު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4