އެކްޓިވިސްޓުންގެ ތެރޭގައި ހިމެނެނީ ސްޓޭޓް މިނިސްޓަރުންނާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން
ރޭ ޕީއެންސީ ހައުސްގައި ބޭއްވުނު ޚާއްޞަ ބައްދަލުވުމެއްގައި، ޕީއެންސީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއި އެ ޕާޓީގެ ސިޔާސީ ވެރިން ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމަކީ ރައީސް މުޙައްމަދު މުއިއްޒުގެ އެންގެވުމުގެ މަތިން ބޭއްވުނު ބައްދަލުވުމެކެވެ. 250 އެކްޓިވިސްޓުންގެ މައްޗަށް އެކުލެވޭ ޓީމަކާއެކު ބޭއްވުނު މި ބައްދަލުވުން ލީޑުކުރެއްވީ ހެއްޔަންބޯ ހަލީލް އަދި ހީނާ ވަލީދެވެ. ބައްދަލުވުމުގައި އެކްޓިވިސްޓުންނަށް އަންގާފައިވަނީ ސަރުކާރު ޕްރޮމޯޓްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށެވެ.
ބައްދަލުވުމުގައި ފާހަގަކޮށްފައިވަނީ ސަރުކާރުގެ މަޤްބޫލުކަން ނެތުމަކީ އެކްޓިވިސްޓުންގެ ސިޔާސީ ވަޒީފާއަށްވެސް ނޭދެވޭ އަސަރުކޮށްފާނެ ކަމެއް ކަމަށެވެ. މިއިންޒާރާއި ގުޅިގެން މިއަދު ހެނދުނުން ފެށިގެން ސިޔާސީ އެކްޓިވިސްޓުން ވަރަށް ހަރަކާތްތެރިވެފައިވާ މަންޒަރު ފެންނަން ފަށައިފިއެވެ. މި އެކްޓިވިސްޓުންގެ ތެރޭގައި ހިމެނެނީ ހުސް ބޮޑެތި ސިޔާސީ މަޤާމުތަކުގައި ތިބި، ޓެކްސް ފައިސާއިން މުސާރަ ދެވޭ ފަރާތްތަކެވެ. މީގެ ތެރޭގައި ސްޓޭޓް މިނިސްޓަރުންނާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންވެސް ހިމެނެއެވެ.
މިއީ ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މަތިބަރު، ހަރަދުބޮޑު ސަރުކާރެވެ. ސިޔާސީ މަޤާމުތަކުގެ މުސާރައަށް ކުރިން ދުވަހަކުވެސް ނުކުރާހާ ބޮޑަށް ޚަރަދުކުރަމުންދާތީ، ގިނަ ރައްޔިތުން ތިބީ މިކަމާމެދު ނުރުހުންވެފައެވެ. މުއިއްޒުގެ ސަރުކާރުގެ ޕޮޕިއުލާރިޓީ ގެއްލުމުގެ އެންމެ ބޮޑު ސަބަބަކީ އިސްރާފު ކުރާލެއް ބޮޑުވުމެވެ.
0%
0%
0%
0%
0%
25 ޑިސެންބަރު 2024
0
22 ޑިސެންބަރު 2024
0
16 ޑިސެންބަރު 2024
0
14 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4