ސެމްބެއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ޒުވާނުން ދިޔައީ ވާނުވާ ޖެހުން ހުއްޓުވުމަށް ގޮވާލައި އެއްވުމެއް ބާއްވަމުން ތައްޔާރުވަމުން
ސެމްބެ އަށް ނައިބް ރައީސްކަމުގެ މަގާމު ދޭން އެންގީ ސީދާ ރައީސް ޔާމިނުގެ އޯޑަރަށެވެ. މިކަމާ ހުރެ އަބަދުވެސް ސެމްބެއާއި ސެމްބެ ތާއީދު ކުރާ ފަރާތްތަކާ މެދު ރައީސް މުއިއްޒު ބަލަނީ ޝައްކުގެ ނަޒަރަކުންނެވެ. މިގޮތުން ސެމްބެ ގެ ތާއީދާއެކު ޕީއެންސީ ޓިކެޓް ނެގި މަޖިލީހުގެ އެތައް ފަރާތްތަކެއް ވާދަކުރާ ދާއިރާތަކަށް ސީދާ މުއިއްޒުގެ އިރުޝާދުގެ ދަށުން ވަނީ އަމިއްލަ ކެންޑިޑޭޓުން ނުކުމެ އެ މީހުންގެ ކެމްޕޭނަށް މިނިސްޓަރުން ފޮނުވާފައެވެ.
މުއިއްޒުގެ މެނިފެސްޓޯގައި ލިޔެފައިވަނީ ވާނުވާ ބަންދު ނިމުމަކަށް ގެނެސްދޭނެކަމަށް
މިއަދުގެ ވަގުތެއްގައި ސެމްބެއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ޒުވާނުން ދިޔައީ ވާނުވާ ޖެހުން ހުއްޓުވުމަށް ގޮވާލައި އެއްވުމެއް ބާއްވަމުން ތައްޔާރުވަމުންނެވެ. މިކަން ކޮށްފައިވަނީ ކައުންސިލުން ހުއްދަ ލިބިގެން އަދި ފުލުހުންގެ ހުއްދައާވެސް އެކުއެވެ. އެހެންނަމަވެސް އެއްވުމުގެ ވަގުތު ކޮޅެއް ކުރިން ސީދާ ރައީސް މުއިއްޒުގެ އެންގުމަށް ފުލުހުން ވަނީ މި އެއްވުން ނުބޭއްވޭނެ ކަމަށް އަންގައި މިކަމުގައި ބައިވެރިވާ ފަރާތްތައް ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ސީދާ ލިޔުމުން ދީފައެވެ. މިއީ ރާއްޖޭގެ ސިޔާސީ މަސްރަހު އެންމެ ހޫނުވާ ދުވަސްކޮޅުވެސް ފުލުހުން އަމަލު ނުކުރާ ފަދަ ހަރުކަށި ގޮތެކެވެ.
ވާނުވާހުއްޓުވަން ޖެހޭކަމަށް ބުނެ ކުރަން ރޭވީ މުޒާހަރާއަަށް ފުލުހުން ހުރަސްއެޅި
މިކަމާ މިހާރުވެސް ގިނަ އަދަދެއްގެ ޒުވާނުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިއަދުގެ ފަތިހުގެ ވަގުތެއްގައި ނައިބު ރައީސް އާންމުކޮށް ދަތުރު ކުރާ ކާރު ނޫން ސިފައިންގެ ކާރެއްގައި ސެމްބެ ވަނީ އާރަށަށް ގެންގޮސްފައެވެ. މިކަން ހިނގި ގޮތް އެނގޭ ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ސިފައިން ނައިބް ރައީސް އުޅުއްވާ ގެކޮޅަށް ގޮސް ސެމްބެ ހުރި ގޮތަކަށް ނުކުމެ ކާރަށް އަރަން އެންގިއެވެ. އަދި ލައިގެން ހުރި އެއްޗެހި ބަދަލުކުރަންވެސް ފުރުސަތެއް ނުދީ އަދި އިތުރު އެއްޗެއް ގެންދާނެ ފުރުސަތެއްވެސް ދީފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި ސެމްބެ ވަނީ މިއަދު ކުރިއަށްދާ އެއްވުމުގައި ބައިވެރިވެ ވާހަކަ ދެއްކުމަށް ނިންމާފައެވެ. މިކަމާ ގުޅިގެން ޒުވާނުންގެ މެދުގައި ސެމްބެގެ ތާއީދު ބޮޑުވެ ޕާޓީ ތެރެއިންވެސް ރައީސް މުއިއްޒު އަޒުލުކުރަން ވޯޓު ދީފާނެކަމުގެ ބިރު މުއިއްޒަށް ވަނީ ބޮޑު ވެފައެވެ. މިވަގުތު ޕީއެންސީގެ ގިނަ މަޖިލިސް މެންބަރުގެ ތާއީދު އޮތީ ސެމްބެ ރައީސް ކަމުގެ ހުވާ ކުރުމަށް ކަމަށް އެނގިފައިވެއެވެ.
މިހެން މިކަން އޮތުމުން މިކަން ވަކި ކޮޅެއްގައި ނުޖެހެނީސް ސެމްބެއަށް އާރަށުން ފުރުން މަނާ ކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
0%
0%
0%
0%
0%
މޯޑް
17 ފެބުރުވަރީ 2024
ހާދަ ސޮޑޭ ދޯ ، ފޮނުވާ ކޮމެންޓް ތައްވެސް ހަޖަމެއް ނުކުރެވޭ
ކަނޑި
17 ފެބުރުވަރީ 2024
މުއިއްޒު ހާދަ ބިރެއް ގަނެޔޭ
މޯޑް
16 ފެބުރުވަރީ 2024
ލިޔޭ ނުލިޔެވޭ އެއްޗެއްވެސް ނޭނގޭ ހިސާބަށް ތިދަނީ 🤣🤣🤣🤣
2 މާރިޗު 2026
0
2 މާރިޗު 2026
0
2 މާރިޗު 2026
0
2 މާރިޗު 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4