ޝަހީމްގެ ދަރިފުޅަށް އެއް ލައްކަ ރުފިޔާ ލިބޭ ވަޒީފާއެއް، ޝަހީމްގެ ކޮއްކޮއަށް ވެސް ސިޔާސީ މަގާމެއް - ޝަހީމް ބުނަނީ ނާޖައިޒު ގޮތުގައި ހޯދި ވަޒީފާތަކެއް ނޫން ކަމަށް

Shaheem ge dharifulhah eh lakka rufiyaa libey vazeefa eg, Shaheems ge kokko ah ves siyaasee magaameh - Shaheem bunanee naajaiz gothugai hoadhi vazeefa thakeh noon kamah

ޝަހީމްގެ ދަރިފުޅަށް އެއް ލައްކަ ރުފިޔާ ލިބޭ ވަޒީފާއެއް، ޝަހީމްގެ ކޮއްކޮއަށް ވެސް ސިޔާސީ މަގާމެއް - ޝަހީމް ބުނަނީ ނާޖައިޒު ގޮތުގައި ހޯދި ވަޒީފާތަކެއް ނޫން ކަމަށް

1

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ އާއިލާ މީހުންނަށް ބަރިބަރިއަށް ބޮޑެތި މުސާރަތައް ލިބޭ ވަޒީފާތައް ހަމަޖައްސަން ފަށައިފި އެވެ. 

އޭނާގެ ދަރިފުޅު މާހިލް ޝަހީމްއަށް އެއް ލައްކަ ރުފިޔާއަށް ވުރެ ބޮޑު މުސާރައެއް ލިބޭ ވަޒީފާއެއް މެލޭޝިޔާގެ އެމްބަސީއިން ވަނީ ހަމަޖައްސާފަ އެވެ. މި މުސާރައިގެ އިތުރުން މާހިލް ޝަހީމްގެ ދަރިފުޅަށް ވެސް ހާއްސަ އެލަވަންސްއެއް ހަމަޖެހިފައިވެ އެވެ. 

މާހިލް ޝަހީމްއަށް މި ވަރުގެ މުސާރައެއް ދެވޭ އިރު އޭނާގެ އުމުރުން އެންމެ 21 އަހަރެވެ. އޭނާގެ އެއްވެސް ތައުލީމީ ފެންވަރެއް ވެސް ނެތެވެ. ދެން އޭނާ އަށް މި ވަޒީފާ ހައްގުވީ ކިހިނެއް ހެއްޔެވެ؟ މި ރާއްޖޭގައި މަތީ ފެންވަރަށް ކިޔަވައިގެން ތިބެ ވަޒީފާއެއް ނުލިބި ނުވަތަ އާދައިގެ ދެރަ މުސާރައެއްގައި ކިތަން ޒުވާނުން އެބަ ތިބި ހެއްޔެވެ؟

ޝަހީމްގެ ކޮއްކޮ އަހުމަދު ޝިފާޒަށް ވެސް މަހަކު 30،000 ރުފިޔާ ލިބޭ ޑެޕިޔުޓީ މިނިސްޓަރުގެ މަގާމެއް އޮތީ ހަމަޖައްސާފަ އެވެ. 

މީގެން އެއްވެސް ކަމެއް ޝަހީމް ދޮގުކޮށްފައެއް ނެތެވެ. އޭގެ ބަދަލުގައީ އޭނާ މިކަން ދިފާއުކޮށް މި ވަޒީފާތަކަކީ ހައްގު ވަޒީފާތަކެއް ކަމަށް ބުނެފައިވެ އެވެ. އެމީހުންނަށް މި ވަޒީފާތައް ހައްގުވީ ޝަހީމްގެ އާއިލާ މީހުންނަށް ވުމުން ހެއްޔެވެ؟

ސަރުކާރުގެ މަގާމުތައް އާއިލާ މީހުންނަށް ބަހައި ހުސް ކޮށްފި އެވެ. އާއިލާ މީހުންނަށް މުސާރަ ދީފައި އިތުރު ކަމެއް ކުރާނެ ފައިސާއެއް ދައުލަތުގައި ނެތެވެ.  

ލިޔުން ޙިއްސާ ކުރައްވާ

1 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

ކޮމެންޓްތައް

ޢަލީ ޢާރިފް.

15 ޖުލައި 2024

ޝަހީމުމެން އަގަނުތަޅާ މަޑުން ތިބިއްޔާ މާތާހިރުވާނެ.

މަގުބޫލް ލިޔުންތައް

Majlis raees kamuge dhahivethi kamugai dharifulhu Faisal gurubaan koh eynaa magaamun vaki kurumah Adhurey ebbas vehje

މަޖިލިސް ރައީސްކަމުގެ ދަހިވެތިކަމުގައި ދަރިފުޅު ފައިސަލް ގުރުބާންކޮށް އޭނާ މަގާމުން ވަކިކުރުމަށް އަދުރޭ އެއްބަސްވެއްޖެ

4

Maaugoodhoo school ge vanaveri dharivarunnan member mamdhoohge faraathun Huss fosithakeh!

މާއުނގޫދޫ ސްކޫލުގެ ވަނަވެރި ދަރިވަރުންނަށް މެންބަރު މަމްދޫޙުގެ ފަރާތުން ހުސް ފޮށިތަކެއް

2

Sihuru hadhaa 2 anhenunge bahah, Yameen Karuthaa fenan Aarasu Moodhu gai: 200 million rufiyaa ge Sirru Faisal Haamakurah vaifi!

ސިހުރުހަދާ ދެ އަންހެނުންގެ ބަހުން ޔާމީނު އާރަށު މޫދަށް: 200 މިލިއަން ރުފިޔާގެ ސިއްރު ފައިސަލް ހާމަކުރައްވައިފި

4