ސިޔާސީ މަގާމްތަކުގެ މަޢުލޫމާތު ހާމަނުކުރާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުން ސިޔާސީ މަގާމްތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދު ހާމަނުކުރާތީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަޝީމް ހުށަހެޅުއްވި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފައެވެ. މި މައްސަލަ ހުށަހެޅުއްވުމުގައި އެމްޕީ މީކާއިލް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވީ ވަޢުދާ ޚިލާފަށް، ސިޔާސީ މަގާމްތަކުގެ އަދަދު އިތުރުވެ ދައުލަތުގެ ޚަރަދު އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި މިކަމަކީ ޤައުމުގެ އިޤްތިޞާދު މެނޭޖްކުރަން ސަރުކާރަށް ނޭނގި، ރައްޔިތުންނަށް ކަންކަން އޮޅުވާލައި ދޮގުހަދާތީ ކުރިމަތިވެފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނޫސްވެރިން އެކި ފޯރަމްތަކުގައި ސިޔާސީ މަގާމުތަކުގެ އަދަދާއި މުސާރައަށް ހޭދަވާ އަދަދު އަހަމުންދާއިރު، ސަރުކާރުން ދޭ ޖަވާބަކީ ރައީސް އޮފީހުން ދަނީ ބަލަމުންކަމަށް ނުވަތަ މައުޟޫއިން ބޭރު ސުވާލެއްގެ ގޮތުގައި ނިންމާލުން ކަމަށް އެމްޕީ މީކާއިލް ފާހަގަކުރެއްވިއެވެ. މި މައްސަލަ ހުށަހެޅުއްވުމުގައި އެމްޕީ މީކާއިލް އިތުރަށް ވިދާޅުވީ، ހާމަނުކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ސަރުކާރުން ވަޢުދުވެފައިވާއިރު، މިފަދަ މުހިންމު މަޢުލޫމާތު ހާމަނުކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
މަކަރުގެ ދުނިޔޭގެ ރިކޯޑު ހަދަން އިޢުލާނު ކުރިޔަސް، ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފަހާނުލެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، މި ކުއްލި މައްސަލަ ވަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ހުށަހަޅާފައިނުވާ ކަމަށް ބުނެ ބޭރުކޮށްލާފައެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސަރުކާރުގެ ޢަމަލުތަކާމެދު ސުވާލު އުފައްދާފައެވެ.
0%
0%
0%
0%
0%
18 ޑިސެންބަރު 2024
0
5 ޑިސެންބަރު 2024
0
4 ޑިސެންބަރު 2024
0
8 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4