ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު އަހުމަދު ރަޝީދު
ސުމާޓު މީޓަރު ބޭނުން ކުރަން ފެށުމުން ކަރަންޓު ހަރަދު ކުޑަވާނެ ކަމަށް ބުނެ ފެނަކަ އެމްޑީ ރައްޔިތުން ގުބޯ ހައްދަން ފަށައިފިއެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު އަހުމަދު ރަޝީދު ވިދާޅުވާ ގޮތުގައި ސްމާޓް މީޓަރުގެ ޕްރޮޖެކްޓާއެކު ކަރަންޓް ބޭނުން ކުރެވޭ މިންވަރު ދުވަހުން ދުވަހަށް ބަލާލެވި ރައްޔިތުންނަށް ލުއި ފަސޭހަތައް ވެގެން ދާނެ ކަމަށާއި ކަރަންޓު ބިލްވެސް ކުޑަވެގެން ދާނެއެވެ.
ސްމާޓް މީޓަރަކީ ކަރަންޓު ހަރަދު ކުޑަކޮށްދޭނެ އެއްޗެއް ނޫންކަން ރައްޔިތުންނަށް އެނގޭނެކަން މުއާޒަށް ނޭންގެނީ ހެއްޔެވެ؟ ސްމާޓް މީޓަރުގެ ފައިދާ އަކީ ކަސްޓަމަރުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ކަރަންޓް ބޭނުން ކުރެވޭ މިންވަރު ދެނެގަތުމެވެ. ސްމާޓް މީޓަރަކީ ކަރަންޓު ހަރަދު ކުޑަވާ މީޓަރެއް ނޫނެވެ.
ސްމާޓް މީޓަރު ހަރުކުރުމުގެ ނަމުގައި ކުރަން އެއުޅޭ ކަމަކީ މީޓަރު ބަދަލު ކުރުމުގެ ނަމުގައި އަމިއްލަ ޖީބަށް ލާނެ ބޮޑު ކަޓެއް ނެގުމެވެ.
އާ ސަރުކާރު ހަވާލުވި ފަހުން ކޮރަޕްޝަންގެ އެތައް މައްސަލައެއް ފެނަކައިން ފެންމަތިވެފައިވެއެވެ. އެގޮތުން ބައެއް މަސައްކަތްތަކަށް ހޭދަވާ މިންވަރަށްވުރެ ބޮޑު އަގު ޖަހާފައި ބިލު ހެދުން ފަދަ ކަންކަން ފެނަކައިން ވަނީ ކޮށްފައެވެ.
އަދި ބޮޑު އަގުގައި އިއުލާނު ނުކޮށް ދަތުރު ކުރާ ކަމަށް މިހާރުވެސް ފެނަކައަށް ވަނީ ތުހުމަތު ކުރެވިފައެވެ. ސިންގަލް ސޯސްކޮން އިއުލާނު ނުކޮށް މުއާޒުގެ އާއިލާގެ މަސަލަހަތު އޮންނަ ކުންފުނިއަކަށް އެތައް ފައިސާއެއް ވަނީ ދީފައެވެ. މީގެ ބައެއް ޕީއޯތައްވެސް ވާނީ މިނޫހުން އާންމު ކޮށްފައެވެ.
ރޯދަ މަހަށް ކަރަންޓު ބިލުތަކުގެ ޑިސްކައުންޓަށް ފަހު މި މަހު އައި ބިލުތައް ހުރީ ހައްދު ފަހަނައަޅާފައެވެ. އާންމު ގޮތެއްގައި ގެތަކަށް ލިބޭ ކަރަންޓު ބިލުގެ އަދަދުތަކަށް ވުރެ ދެގުނަ ތިން ގުނަ މި ބިލުތަކުގައި ބޮޑުކަން ހުރިހާ ރައްޔިތުންނަށްވެސް ފާހަގަކުރެވެއެވެ. އެކަމާ ގިނަ ރައްޔިތުންތަކެއް އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.
ފެނަކައިން ބުނާ ގޮތުގައި މި މަހުގެ ކަރަންޓު ބިލުތައް ބޮޑުވީ ހޫނު ގަދަވުމުގެ ސަބަބުންނެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4