ސްޓޭޓް މިނިސްޓަރ އޮފް ފިނޭންސް ޝާމްގެ މައްޗަށް ކޮރަޕްޝަން އަދި ބާރުގެ ނަހަމަ ބޭނުން ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް
ސަރުކާރުގެ މާލީ ހިންގުންތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާކަމަށް ބެލެވޭ، ސްޓޭޓް މިނިސްޓަރ އޮފް ފިނޭންސް ޝާމްގެ މައްޗަށް ކޮރަޕްޝަން އަދި ބާރުގެ ނަހަމަ ބޭނުންކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވެމުންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިނިސްޓްރީގެ 6 ޑިޕާޓްމަންޓުގެ ތެރެއިން 4 ޑިޕާޓްމަންޓް ބަލަހައްޓަމުންދާ ޝާމްގެ ޢަމަލުތަކުން އޭނާގެ ބެލުމުގެ ދަށުގައިވާ މުހިންމު ޑިޕާޓްމަންޓްތަކުގެ ލީޑަރޝިޕަށް އޭގެ ނޭދެވޭ އަސަރު ފޯރާފައިވާކަމަށް ތުހުމަތުކުރެވެއެވެ.
މިނިސްޓްރީގެ އެތެރޭގެ މަޢުލޫމާތު ދޭ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ކުރީގެ ގަވަރުނަރު އަދި ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި އަޙްމަދު ނަސީރުއާ ގުޅުވައި، ކުރީގެ މިނިސްޓަރު ޝަފީޤް އަދި ރައީސް މުޢިއްޒުގެ ގާތުގައި ހަޤީޤަތާ ޚިލާފު މަޢުލޫމާތު ހުށަހަޅައި ޝަކުވާކޮށް، އޭނާ މިނިސްޓްރީ އޮފް ފިނޭންސްއިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ބަދަލުކުރެވުނެވެ. މިއީ މިނިސްޓްރީގެ ކޮރަޕްޝަނާއި ނަހަމަ ކަންކަމާ ނަސީރު އެއްބަސްނުވާތީ އޭނާ އެއްކިބާކުރުމަށް ކުރެވުނު ކަމެއްކަމަށް ގިނަ ފަރާތްތަކުން ޤަބޫލުކުރެއެވެ.
ހަމައެހެންމެ، ކުރީގެ ފިނޭންސް މިނިސްޓަރު ޝަފީޤުގެ ނާކާމިޔާބީގެ މައިގަނޑު ސަބަބަކީ ޝާމްގެ ނާޤާބިލުކަމާއި ކޮރަޕްޝަންކަމަށް ފާހަގަކުރެވެއެވެ. އެތެރޭގެ މަޢުލޫމާތު ދޭ ފަރާތްތަކުން ބުނާ ގޮތުގައި ޝާމް ވަނީ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަންކުރުމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް، އޭނާގެ ގާތްތިމާގެ މީހުންނަށް މަޤާމުތައް ދީ، އަދި އެކަމުގެ ބަދަލުގައި މާލީ މަންފާ ހޯދާފައެވެ. އަދި އޭނާގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން ބޯޑުތަކަށް އައްޔަނުކުރެވުނު ފަރާތްތަކުން ފައިސާއާއި އެހެނިހެން ފައިދާތައް ނަގަމުންދާ ކަމަށް މިނިސްޓްރީގެ އިސް ފަރާތްތަކުން މަޢުލޫމާތު ދީފައިވެއެވެ.
ޚާއްޞަކޮށް ބޭންކް އޮފް މޯލްޑިވްސްގެ ޖޫނިއަރ މަޤާމެއްގައި ހުރެ ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވާ އަދި ޝާމްގެ ގާތް ރައްޓެއްސެއް ކަމުގައިވާ ފަރާތެއް އެސްއެމްއީ ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރި ކުރުމަކީ ވަރަށް ބޮޑު ޖަދަލެއް އުފެދިފައިވާ މައްސަލައެކެވެ.
އެކަށީގެންވާ ތަޖުރިބާއެއް ނުވަތަ ޤާބިލުކަމެއް ނެތް މި ފަރާތަށް، ޗާޓަޑް ބޭންކިންގ ފުރިހަމަކޮށް، ބ ބޭންކް އޮފް މޯލްޑިވްސްގައި 20 އަހަރު މަސައްކަތްކޮށްފައިވާ މެނޭޖިންގ ޑިރެކްޓަރަށްވުރެ ބޮޑު ބާރުތަކެއް ލިބިފައިވާކަމަށް މިނިސްޓްރީގެ މުވައްޒަފުން ފާހަގަކުރެއެވެ. އަދި މި ފަރާތް މެދުވެރިކޮށް ޝާމް ބޭނުންވާ ކަންކަން އެ ބޭންކުން ކުރަމުންދާކަމަށް ތުހުމަތުކުރެވެއެވެ.
އެންމެ ސީރިއަސް ތުހުމަތަކީ ފެނަކައިގެ ޖަނަރޭޓަރ ސަޕްލައި ޕްރޮޖެކްޓުން ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންވާ ކަމަށް ބުނެ 5 މިލިއަން ރުފިޔާ ޝާމް އަމިއްލައަށް ނެގިކަމުގެ ތުހުމަތެވެ.
މީގެ އިތުރުން، ކޮރަޕްޝަނުން ލިބުނު ފައިސާއިން ގަނެފައިވާކަމަށް ބެލެވޭ ބީއެމްޑަބްލިއު ކާރެއް، ރަޖިސްޓްރީ ނުކޮށް، އޭގެ މަތީގައި ފޮތިގަނޑެއް އަޅައި މިނިސްޓްރީ އޮފް ފިނޭންސްގެ ޕާކިންގ ސަރަޙައްދުގައި ބަހައްޓާފައިވާކަން ފާހަގަކުރެވިފައިވެއެވެ. މި މައްސަލައާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރާ މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރުދީފައިވާކަމަށްވެސް ބުނެވެއެވެ.
މި ހުރިހާ ތުހުމަތުތަކަކީ ވަރަށް ސީރިއަސް ތުހުމަތުތަކެއް ކަމަށްވާތީ، މި މައްސަލަތައް ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކުރުމަކީ މުހިންމު ކަމެކެވެ. އަދި ތަޙްޤީޤުތަކުން މި ތުހުމަތުތައް ސާބިތުވާނަމަ، ޤާނޫނީ ފިޔަވަޅު އެޅުމަކީ ކޮރަޕްޝަން ހުއްޓުވުމަށާއި ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ނަމަވެސް، އަމިއްލަ ފައިދާއަށް ބާރުގެ ނަހަމަ ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މި މައްސަލައިގައި އިންސާފު ހޯދުމަށް ރައްޔިތުންގެ ފަރާތުން އަޑުއުފުލަމުންދާކަން ފާހަގަކުރެވެއެވެ. މި ދަނޑިވަޅުގައި، އެކި ފަރާތްތަކުން ދަރަންޏަށް ފައިސާ ނަގައިގެން ޚަރަދުތައް ހަމަޖައްސަމުން ދިޔަ ޝާމްއަށް، ޑރ. މުޢިއްޒު ވެރިކަމަށް އައުމާއެކު، އެކަށީގެންވާ ތަޖުރިބާއެއް ނެތި ސްޓޭޓް މިނިސްޓަރުކަން ލިބުމަށްފަހު އޭނާއަށް ލިބިފައިވާ ކުއްލި އާމްދަނީއާއި ނުބައްދަލު މުއްސަނދިކަން ރަނގަޅަށް ތަޙުޤީޤުކޮށް، އެކަށީގެންވާ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެކެވެ.
0%
0%
0%
0%
0%
މުނީރާ
13 އޮކްޓޫބަރު 2024
ސަތޭކައިގެ ވާހަކައެއް
25 ޑިސެންބަރު 2024
0
22 ޑިސެންބަރު 2024
0
16 ޑިސެންބަރު 2024
0
14 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4