ސުޓެލުކޯ އިިން ހިންގާ ބޮޑު ސްކޭމްއެއް! ކަރަންޓު ބިލްތަކަށް އަތް ބާނާކަމުގެ ބޮޑު ތުހުމަތާއެކު އާންމުން ސްޓެލްކޯ ކުރިމައްޗަށް އިހުތިޖާޖަށް!
ސްޓެލްކޯއިން ހިންގާ ބޮޑު ސްކޭމް ފަޅާ އަރައި ސްޓެލްކޯއިން އާންމު ރައްޔިތުންގެ ކަރަންޓު ބިލަށް އަތް ބާނާ ކަމުގެ ތުހުމަތާއެކު އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރަން ތައްޔާރުވެއްޖެ އެވެ.
އިހުތިޖާޖު އޮތީ އާދިއްތަ ދުވަހު ހަވީރު 4:00 ގައި ސްޓެލްކޯ ކުރިމަތީގައެވެ.
ސްޓެލްކޯއިން މި ފަހަކަށް އައިސް ދެމުން އަންނަ ކަރަންޓު ބިލުތައް ހުރީ އަތް ނުފޯރާ ފަށުގައެވެ. ކިތަންމެ ހޫނު ގަދަވެގެންވެސް އާންމުކޮށް 2000 ރުފިޔާ އަރާ ބިލުތަކަށް 8000 ރުފިޔާ އެރުން އާންމުން ބަލައެއް ނުގަނެއެވެ. ޗުއްޓީއަށް މުޅި ގެ ހުސްކޮށް ބަހައްޓާފައި އެކި ތަންތަނަށް ފުރައިގެން ދިޔުމުންވެސް ކަރަންޓު ބިލަށް ލުއިވެފައެއް ނެތެވެ. މިއީ ހުރިހާ ރައްޔިތުންގެ ވެސް ޝަކުވާ އެވެ.
މިއީ މުޅި ދުނިޔޭގައިވެސް ކަރަންޓު ބިލު ބޮޑު ދުވަސްކޮޅެއްކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ ބުނި ނަމަވެސް ދިވެހިންނަކީ އެކަން ގަބޫލު ކުރާނެ ބައެއް ނޫނެވެ. އެއަށްވުރެ ދިވެހިން ހޭލުންތެރިއެވެ. މަހަކަށް ވުރެ މަހެއް ކަރަންޓު ބިލު ބޮޑު ކުރަމުންދާއިރު އާދައިގެ ރައްޔިތު މީހާގެ މުސާރަ އެއްކޮށް ކަރަންޓު ބިލަށް ދައްކަން ބުނުމުން އެކަން ކުރެވޭނެ ހެއްޔެވެ؟
މިއީ ހޫނު ގަަދަވެގެން ވާކަމެއް ނޫނެވެ. ކަރަންޓު ބޭނުން ކުރާ މިންވަރު ގިނަ ވެގެން ވާ ކަމެއް ވެސް ނޫނެވެ. މިއުޅެނީ ސްޓެލްކޯއަށް ތަނެއް ދޮރެއް ބަލައި ނުލައި ވެއްދިހާ މުވައްޒަފުންނަށް މުސާރަ ދޭނެ ގޮތެއް ނެތިގެންނެވެ.
މަޖިލިސް އިންތިހާބަށް ސްޓެލްކޯ އަށް ވަޒީފާ އަށް ނެރުނު 360 މީހުންގެ މުސާރަ 15،000 ރުފިޔާއަށް ބެލިޔަސް ޖުމްލަ ފަސް މިލިއަން ރުފިޔާ އަރާނެއެވެ. މި އެންމެންގެ މުސާރަ ދޭން މި ފެލާލަނީ އާންމު ރައްޔިތުންނެވެ.
ސްޓެލްކޯއިން މި ޒާތުގެ ވައްކަމެއް ކުރާ މިއީ ފުރަތަމަ ފަހަރެވެ. ކައްޒާބުގެ ވެރިކަމުގައި ކޮރަޕްޝަނުން ސަލާމަތްވާނެ އެންމެ ކުންފުންޏެއް ވެސް ނެތެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4