ތައިވާނާ ހުރިހާ ޒާތެއްގެ ގުޅުން ކަނޑާލަން ޗައިނާ ޖީބަށް ވެއްޓި ދިވެހިރާއްޖެއިން އެބަސްވެއްޖެ.

Taiwan aai hurihaa zaathehge gulhun kandaalan china jeebah vetti dhivehi raajje ehbass vehje.

ތައިވާނަކީ ދައުލަތެއް ކަމަށް ދިވެހިރާއްޖެއިން ބަލައި ނުގަތުމަށް އެއްބަސް ވެއްޖެ

0

ރައީސް މުއިއްޒު ޗައިނާ ކުރައްވަމުން ގެންދާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް، ކުރައްވަމުން ގެންދަވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި ދަތުރު ފުޅުގައި ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިޔަ އިރު، މުހިންމު 20 އެއްބަސްވުމެއްގައި ސޮއިކުރިއެވެ. މިއީ ޗައިނާ އިން ބޭރުގެ ގައުމަކާ އެކީގައި މިހާ ގިނަ އަދަދެއްގެ އެއްބަސްވުންތަކުގައި ސޮއި ކުރި ފުރަތަމަ ފަހަރުވެސް މެއެވެ. މާލިއްޔަތު ގާނޫނު ބޮލާލާ ޖަހާފައި، މުއިއްޒު ޕްރޮމޯޓުކުރަން ވަކި މީޑިއާތަކެއް ގެންދިޔައިރު އަދި އެއްބަސްވުންތަކުގެ އަސްލަކީ ކޮބައިކަމެއް ސާފުކޮށެއް ނުދެއެވެ. 

މިބީދައިން މިކަން ދިޔައިރު ޗައިނާގެ ސަރުކާރު ނޫހެއް ކަމަށްވާ "ޗައިނާ ޒިންހިއު ނިއުސް" އިން ދެގައުމުގެ ވެރިން މަޝްވަރާއަށް ފަހު ދިން ނޫސްވެރިންގެ ޖޮއިން ޕްރެސްގައި 14 ޕޮއިންޓަކަށް އަލި އަޅުވާލާފައިވެއެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަވީ ދިވެހި މީޑިއާތަކުން ވާހަކަ ނުދައްކާ އަދި ޝާއިއު ނުކުރާ ޕޮއިންޓެއްގައެވެ. 

ދެ ގައުމުގެ ރައީސް އެއްބަސްވެ ލައްވާފައިވަނީ "ޗައިނާގެ ޕޮލިސީގައިވާ ވަން ޗައިނާ ގަބޫލު ކުރުމަށާއި، ދުނިޔޭގެ ވޯލްޑް އޯޑާ މިއަންނަ ބަދަލު ގަބޫލުކުރުމާއި، އަދި ތައިވާނަކީ ޗައިނާގެ ބައެއް ކަމަށާއި ތައިވާނާއި އެކު އެއްވެސް ސިޔާސީ ގުޅުން ނުބޭއްވުމަށާއި ތައިވާނަކީ ވަކި ދައުލަތެއްކަމަށް ބަލައި ނުގަތުމަށާއި އަދި އެކަމަށް ބާރުދޭނެ އެއްވެސް ފޯރަމެއްގައި ވަކާލާތު ނުކުރުމަށް" ށެވެ.

ތައިވާނާއި އެއްވެސް ކަހަލަ ގުޅުމެއް ގާއިމު ނުކުރުމަށް ދިވެހިރާއްޖެއިން އެއްބަސްވެއްޖެ

ޗައިނާއިން މިހާރު ގެންދަނީ ތައިވާނާއާ ދެކޮޅަށް ވިޔަފާރި އަދި އިގްތިސާދީ ގޮތުން ދަތި ކުރުމުގެ ފިޔަވަޅު އަޅަމުންނެވެ. މިގޮތުން ތައިވާނުގައި އުފައްދާ ގިނަ އަދަދެއްގެ ތަކެތި ޗައިނާ އެތެރެކުރުން މަނާކޮށްފައި ވެއެވެ. މި ބަޔާން އޮތް ގޮތުން ދިވެހިރާއްޖެއިންވެސް ތައިވާނާއެކު އެއްވެސް ވިޔަފާރީގެ ގުޅުމެއް ބޭއްވުން މަނާ ކުރުން ވަރަށް ގާތެވެ. ތައިވާނަކީ ގިނަ އަދަދެއްގެ އެޑްވާންސްޑް ޓެކްނޮލޮޖިކަލް އުފެއްދުންތައް އުފައްދާ ގައުމަކަށް ވީހިނދު، ދެ ގައުމެއްގެ ދެމެދުގައި ހިނގާ އިގްތިސާދީ ހަނގުރާމައަކަށް މިވަގުތު ރާއްޖެ ވަނުމަކީ ބުއްދި ހުރި މީހަކު ކުރާނެކަމެއް ނޫނެވެ.

މީގެ އިތުރުން މި ދަތުރުގައި މުއިއްޒު ބުނެފައިވަނީ ޗައިނާއާއެކު ވެފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް ވީހާވެސް އަވަހަކަށް ތަންފީޒުކުރަނެ ކަމަށެވެ. މިއީ 700 އެތައް ސަފުހާގެ އެއްބަސްވުމަކަށް ވެފައި، ރައީސް ޔާމީނުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު މި އެއްބަސްވުން މަޖިލީހުން ފާސްކޮށްފައިވަނީ 5 މިނެޓުގެ ތެރޭގައި ކިޔާވެސް ނުލައެވެ. މީގައި އޮތް އެއްޗެއް އަދި އަދަށްވެސް އާންމުންނަށް ނޭނގޭއިރު، މި އެއްބަސްވުމުގެ ތެރެއިން ތައިވާނާއެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކުރުން ދިވެހިންނަށް މަނާވެ ތައިވާން ނުވަތަ ޓައިޕޭއަށް ދިވެހިން ދަތުރުކުރުން މަނާ ކުރުން ގާތެވެ.

މީގައި އަދި ހެއްވާ ކަމަކީ މުއިއްޒުއާއި ޒަމީރު އިރުއިރުކޮޅާ ބުނަމުން ދަނީ ފަލަސްތީނުގައި މިނިވަން ދައުލަތް އޮންނަންވާނީ 1976 ގެ ބޯޑަރުގައި ކަމެވެ. މިއީ ފަލަަސްތީނުގެ ތާރީހީ ބިމުގެ %70 އިޒްރޭލަށް ހިބަކޮށްފައި އޮތް ދުވަސްވަރެކެވެ. ތައިވާނާއި ދެންވެސް ހުރި ތަނެއްގެ އަސްލު ހައްގުވެރިންނަކީ ޗައިނާކަމަށް ދިވެހި ރާއްޖެއިން ބޮޑު ބަޔާނެއް ނެރުނުއިރު ގައިމު ފަލަސްތީނު މުޅި ބިމުގެ އަސްލު ހައްގުވެރިންނަކީ ފަލަސްތީނުގެ ރައްޔިތުން ކަމަށް ބުނުން މާ އައުލާކަން ބޮޑެވެ. ނަމަވެސް ޗައިނާގެ ކޮމިއުނިސްޓުންނާމެދު ބާއްވާ ގާތްކަން މުސްލިމު ފަލަސްތީނާމެދު މި ސަރުކާރުން ނުބާއްވައެވެ. އަދި ފަލަސްތީނުގެ ބިމުގެ %70 އިޒްރޭލަށް ދިނުމަށް ފާޅުގައި އެތައް ފަހަރަކު މި ވަނީ ގޮވާފައެވެ.

ދިވެހިރާއްޖެއަކީ ކުޑަ ގައުމަކަށްވި ނަމަވެސް, މިއީ މިނިވަން މުސްތަގިއްލު ގައުމެކެވެ. އަދި މި ގައުމަކީ އެއްވެސް އިރަކު, ތަރައްގީގެ ދަހިވެތި ކަމުގައިވެސް އަދި އެ ނޫން މަގުސަދެއްގައިވެސް އެއްވެސް ގައުމެއްގެ އުނގަށް ވެއްޓި, އެމީހުން ކުޅޭ ގޮނޑިކޮއްކޮ އަކަށް ވެފައިވާ ގައުމެއް ނޫނެވެ. ދިވެހި ރާއްޖެއަކީ އަބަދުވެސް އިސްތުމާރާއި، އަޅުވެތިކަމާއި ދެކޮޅަށް ބަސްބުނެ މިނިވަން ކަމަށް ވަކާލާތު ކުރިގައުމެކެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައި ގަތުމަށްފަހު އެމަނިކުފާނަކީ "ޕްރޯ މޯލްޑިވްސް" ގެ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށް ވިދާޅުވި ނަމަވެސް, އަމަލުން މި ދެއްކެވީ ދިމާ އިދިކޮޅު ސިޔާސަތެކެވެ. އެމަނިކުފާނުގެ ކިބައިން ފެނިގެން މިދައީ އަމަލާއި ބަހާއި ދިމާނުވުމުގެ ”މުނާފިގު“ ސިފައެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Majlis raees kamuge dhahivethi kamugai dharifulhu Faisal gurubaan koh eynaa magaamun vaki kurumah Adhurey ebbas vehje

މަޖިލިސް ރައީސްކަމުގެ ދަހިވެތިކަމުގައި ދަރިފުޅު ފައިސަލް ގުރުބާންކޮށް އޭނާ މަގާމުން ވަކިކުރުމަށް އަދުރޭ އެއްބަސްވެއްޖެ

4

Maaugoodhoo school ge vanaveri dharivarunnan member mamdhoohge faraathun Huss fosithakeh!

މާއުނގޫދޫ ސްކޫލުގެ ވަނަވެރި ދަރިވަރުންނަށް މެންބަރު މަމްދޫޙުގެ ފަރާތުން ހުސް ފޮށިތަކެއް

2

Sihuru hadhaa 2 anhenunge bahah, Yameen Karuthaa fenan Aarasu Moodhu gai: 200 million rufiyaa ge Sirru Faisal Haamakurah vaifi!

ސިހުރުހަދާ ދެ އަންހެނުންގެ ބަހުން ޔާމީނު އާރަށު މޫދަށް: 200 މިލިއަން ރުފިޔާގެ ސިއްރު ފައިސަލް ހާމަކުރައްވައިފި

4