ދި ޑިމޮކްރަޓްސްގެ މަޝްވަރާ ބައްދަލުވުންތައް ބާއްވާކަމެއް ގައުމީ މަޖިލީހަކަށް ނާންގާ
އެމް.ޑީ.ޕީ ތެރެއިން ނުކުމެގެން ވަކިޕާޓީއެއް ހަދައި, އިބޫ ނޫންގޮތެއް ހޯދަން ފޯރި އަރުވާލި ބޭފުޅު އާއިލާގެ މީހުންގެ މަސްލަހަތު އިސްކުރަން ޖެހުނީމައި މިއަދު އެމްޑީޕީއާ ބައްދަލުވާން އަމިއްލަ އަމިއްލައަށް ނިންމައި، އެއްކަލަ ބޮޑާ ބުރޯ ހެދިގެން އުޅޭ ކަމަށް ޑިމޮކްރަޓްސްއިން ގޮވަމުން އައި ފައްޔާޒާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ. ފަޔާ ދެއްކީ ހިތްތިރިކަމާއި ޑިމޮކްރަސީގެ މިސާލެކެވެ.
ދޮންއަމައަށް މައުލޫމާތު ލިބުނުގޮތުގައި މިރޭ ކުރިއަށް މިދާ ބައްދަލުވުމަކީ، ކުރިއަށް އޮތް 20 ވަނަ މަޖީލީސްގައި އެކުގައި މަސައްކަތް ކުރުމަށާ، އަދި ސަރުކާރު ޖަވާބުދާރީ ކުރުމަށް ދެފާރާތުން ގައުމު އިސްކުރުމަށް ބޭއްވުނު ބައްދުވުމެކެވެ.
އެމްޑީޕީގެ ކޮންގުރެސް ބައްދަލުވުން ތެރެއިން
ނަމަވެސް ހިތާމައަކީ ޑިމޮކްރަޓްސްގެ އަސާސީ ގަވާއިދުގައި ބުނާގޮތުން ޕާޓީގެ އެންމެ އިސް ގުނަން ކަމުގައިވާ ގައުމީ މަޖިލީހަށް މިކަމުގެ އެއްވެސް އިޝާރާތެެއްވެސް ނުވެ އޮތްކަމެވެ. ޑިމޮކްރަޓްސް އުފެއްދީ އެމްޑީޕީއިން މި ޒާތުގެ އަސާސްތަކަަށް ބޯނުލަބާކަމަށް ބުނެ، އެމްޑީޕީގެ އާންމު މެންބަރުންހާ ޑިމޮކްރަސީއާ ބީރައްޓެހި ބަޔަކު ނެތް ކަމަށް ބުނެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ފަޔާމެން ނެގޯޝިއޭޓްކުރަން ގުޅުމުން ސީދާ އިންކާރު ކުރި މީހުން މިއަދު އެމީހުންގެ އަމިއްލަ ގޮނޑީގެ ހިމާޔަތުގައި މި ފެންވަރަށް ކުޑަ ކަކުލަށް ތިރިވެ ގޮސް މަޝްވަރާ ކުރަން ފެށީމާ އަންތަރީސް ނުވާށެވެ. މީވެސް، އިހްލާސްތެރިކަމާއި އަމާންނާތްތެރިކަމުގެ ބާބެކެވެ.
މާޒީގެ ވާހަކަ ދައްކައިގެން ހައްލެއް ނުހޯދޭނެއެވެ. ދެން އޮތީ އެކުގައި މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް ހޯދުމެވެ. އަމިއްލަ މަސްލަހަތައްވުރެ، ގައުމު އިސްކުރުމެވެ. ދެ ޕާޓީވެސް ވަކާލާތު ކުރާ އެއްގޮތް އަސާސްތަކެއް އެބަހުރިކަން ގަބޫލުކޮށް ޑިމޮކްރަޓިކް ނިޒާމަށް ލޮޅުމެއް އަޔަނުދޭން އެކުގައި ތެދުވުން ބުއްދިވެރިއެވެ. އހ.
0%
0%
0%
0%
0%
31 މާރިޗު 2025
0
18 ޑިސެންބަރު 2024
0
5 ޑިސެންބަރު 2024
0
4 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4