ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑަށް ހުވަދޫ އަތޮޅުން 12 ރަށް 99 އަހަރަށް ވިއްކާލުމަށްފަހު
ފާއިތުވެދިޔަ ގިނަ ވެރިކަންތަކެއްގައިވެސް ކްރޮސް ސަބްސިޑީގެ އުސޫލުން އެއަރޕޯޓު އެޅުމަށް ފަޅުރަށް ދޫކޮށްފައިވެއެވެ. މިގޮތުން މައުމޫނު ދައުރުއްސުރެ، ރައީސް ނަޝީދާއި، ރައީސް ޔާމިން އަދި ރައީސް ސޯލިހްވެސް އެއަރޕޯޓެއް އެޅުމުގެ ޚަރަދު އަގުމަގު ކުރުމުން 1 ފަޅުރަށަށް އެއަރޕޯޓް އަޅައިދޭނެ އިންވެސްޓަރުން ވެއެވެ. ރާއްޖޭގައި ރިޒޯޓެއް ހުޅުވުމަކީ އެއާޕޯޓެއް އަޅަންދާ 3 މިލިއަން ޑޮލަރު ކުޑަ މުއްދަތެއްގެ ތެރޭގައި އަނބުރާ ލިބޭނެ ވަރުގެ އިންވެސްޓްމަންޓެކެވެ.
އެހެންނަމަވެސް މި ސަރުކާރުން މި ވަނީ މަޖިލިސް އިންތިޚާބަށް ފަންޑު ހޯދުމުގެ ބޭނުމުގައި ހުވަދު އަތޮޅުން 12 ފަޅާއި ފަޅުރަށް އެންމެ އެއާޕޯޓެއް ހެދުމުގެ އަގު ކަމަށް ބުނެ 99 އަހަރަށް ބޭރުގެ ބަޔަކަށް ވިއްކާލާފައެވެ. މިކަމުގައި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ބޭނުމުގައި މި އެއާޕޯޓުގެ އަގަކީ 600 މިލިއަން ޑޮލަރު ކަމަށް ބުނެ ކައްޒާބު މުއިއްޒު މިވަނީ އެތައް ބުހުތާނު ދޮގެއް ހަދާފައެވެ. މިހާ އަގުބޮޑު އެއާޕޯޓެއްނަމަ ރަންވޭ އޮންނާނީ އަލިމަހާއި ހުދަންބަރުންނެވެ. ޓާމިނަލް އޮންނާނީ ސަންގުމަރުމަރު ހިލައިންނެވެ.
މިކަމުގެ ކަޓެއްގެ ގޮތުން މަޖިލިސް އިންތިޚާބަށް 200 މިލިއަން ރުފިޔާ ދިނުމަށް މި ފަރާތާއެކު މުއިއްޒު ވަނީ އެއްބަސްވެފައެވެ. ދައުލަތުގެ މާލިއްޔާއަށް ވަންނަން އޮތް އެތައް މިލިއަން ރުފިޔާއެއް ފެންފޮދަކާ ނުލައި ދިރުވާލީއެވެ. ރިޒޯޓު ހަދަން 12 ރަށް ދީފިނަމަ 12 އެއާޕޯޓު އަޅައިދޭނެ އެތައް އިންވެސްޓަރުންނެއް ވާނެއެވެ. މިއީ އެންމެ ކުޑަ ކުއްޖާވެސް ދަންނާނެކަމެކެވެ.
މުއިއްޒު ސްޕީޑްގައި މިއޮއްގެންދަނީ ފަޅުތަކާއި ފަޅުރައްތަށް ވިއްކަމުންނެވެ. ރަސްމާލެ ޓަނަލް އަޅަށް ހެޔޮވަރު ވަރުގެ އަތޮޅެއް ހިބައިން ނުދީފިނަމަ ކިތަންމެހާވެސް ރަނގަޅެވެ. ގައުމު އެކީ ވިއްކާ ހުސްކޮށްފިއެވެ.
0%
0%
0%
0%
0%
ޢެމީހާ
22 ފެބުރުވަރީ 2024
ކާކު ރަށެއް ދިނީމަ އެއާޕޯޓެއް އަޅައިދެނީ.
ދޮންއަމާ
21 ފެބުރުވަރީ 2024
މިލިޔުނު މީހާ ހުރީ ރަނގަޅަށް ހޭބަލިވެފަ. ސަރުކާރަކާ ޖައްސާލިޔަސް ތީ ދެން ބޮޑުވަރު
25 ޑިސެންބަރު 2024
0
22 ޑިސެންބަރު 2024
0
16 ޑިސެންބަރު 2024
0
14 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4