ތުރުކީގެ ބަވަރޭޖު އުފައްދާ ކުޑަ ކުންފުންޏަކުން ކާޑު އެތެރެކުރި ކަމަށް ބުނާ މައްސަލައިގައި ބޮޑު ކޮރަޕްޝަނެއްގެ ވަސް ދުވައްޖެ

Turkey ge  beverage ufahdhaa Kuda kufuniyakun kaadu  ethere kuri kamah bunaa massala gai bodu corruption ehge vas dhuvahje!

ތުރުކީ ކުންފުންޏަކީ ބަވަރޭޖު އުފައްދާ ކުޑަ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެ

1

ތުރުކީން ކާޑު އެތެރެކުރި ކަމަށް ބުނާ މައްސަލައިގައި އާ ހެކިތަކެއް ހާމަވެ، މިއީ ރައްޔިތުންގެ ފައިސާއިން ހިންގާފައިވާ ބޮޑު ވައްކަމެއްކަން ވަނީ ސާބިތުވެފައެވެ. މި މައްސަލައިގައި ސަރުކާރުގެ އިސް ފަރާތްތަކުގެ ބައިވެރިވުން އޮތްނާނެ ކަމާމެދު ސުވާލެއް އުފައްދާނެ ދިވެއްސަކު މިއަދުނެތެވެ. ވަގުން ވެރިކަން- މިއޮތީ ފެށިފަ!
ލިބިފައިވާ މަޢުލޫމާތުގެ އަލީގައި، މި މުޢާމަލާތުގައި ބައިވެރިވެފައިވާ ތުރުކީ ކުންފުންޏަކީ ބަވަރޭޖު އުފައްދާ ކުޑަ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެކެވެ. މިއީ ކާޑު އުފެއްދުމާ އެއްވެސް ގުޅުމެއް ނެތް ކުންފުންޏެއްކަން ފާހަގަކުރެވެއެވެ.
ސަރުކާރުގެ އިމޭޖު ރަނގަޅުކުރުމަށް ނެރެފައިވާ ފޮޓޯތަކުގައި ބެޗް ނަންބަރުތައް ތަފާތުވުމަކީ މި މައްސަލައިގެ ޙަޤީޤަތް އިތުރަށް ހާމަކޮށްދޭ ކަމެކެވެ. މި ފޮޓޯތައް ނަގާފައިވަނީ އެސް.ޓީ.އޯގެ ގުދަނެއްގައި ކަމަށް ވަނީ ކަށަވަރުވެފައެވެ.

ތުރުކީގެ ބަވަރޭޖު އުފައްދާ ކުޑަ ކުންފުންޏަކުން ކާޑު އެތެރެކޮށްފި

މި މައްސަލައިގައި ސަރުކާރުގެ އިސް ފަރާތްތަކާއި، އެސް.ޓީ.އޯގެ އިސްވެރިން ބައިވެރިވެ ސިއްރު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ރައީސް އޮފީހުގެ މިނިސްޓަރ އަރީފް، މީޑިއާ ޓީމުގެ ޙަލީލް އަދި އެސް.ޓީ.އޯގެ އެމް.ޑީ ބައިވެރިވިކަމަށް ބެލެވެއެވެ.

އިތުރަށް ސަމާލުކަން ދޭންޖެހޭ ކަމަކީ، މި މުޢާމަލާތުގައި ބައިވެރިވި ކަމަށް ބެލެވޭ ކުންފުންޏަކީ ޔޫއެން އާ ކޮންޓްރެކްޓް ކޮށްފައިވާ ކުންފުންޏެއް ކަމަށްވުމެވެ. ނަމަވެސް، މި ކުންފުނި ވަނީ ކޮމިއުނިކޭޝަންގެ މައްސަލަތަކާ ގުޅިގެން ސަސްޕެންޑް ކުރެވިފައެވެ.
އިދިކޮޅު ފަރާތްތަކުން މި މައްސަލަ ސިފަކުރަނީ "ރައްޔިތުންގެ ފައިސާއިން ވާ ބޮޑު ހިޔާނާތެއް" ގެ ގޮތުގައެވެ. އަދި މިއީ "ކާޑުން ކުރި ވައްކަމެއް" ކަމަށް ބުނެ، މި މައްސަލަ މިނިވަން ތަޙްޤީޤެއް ކުރަން ދޮންއަމާ ނިއުސްއިން ގޮވާލަމެވެ.

މި މައްސަލައާ ގުޅޭގޮތުން ސަރުކާރުން އަދިވެސް ރަސްމީ ބަޔާނެއް، ބަހެއް ނެރެފައެއް ނުވެއެވެ. ނަމަވެސް، މި މައްސަލައިގެ ސަބަބުން ސަރުކާރުގެ އިތުބާރަށް ލިބޭނެ ގެއްލުން ވަރަށް ބޮޑުވާނެ ކަމީ ޔަގީންވާ ކަމެކެވެ.

ލިޔުން ޙިއްސާ ކުރައްވާ

1 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

ކޮމެންޓްތައް

ކަންނޭނގޭ ރާމާ މަކުނު

2 ޖުލައި 2024

ގޫގުލް ކޮށްލާއިރު ފެންނަ އެންމެ ފުރަތަމަ ސާރޗް ރިޒަލްޓްއަށް ބަރޯސާ ވުމަކީ ތިމާގެ ތަންދޮރު ނޭނގޭކަން ދައްކުވައިދޭ މިސާލެއް. އަޅެ ނިކަން ބަލާލަބަލަ ކަވުކޫ ގްރޫޕް އަކީ ކޮންބައެއްތޯ. އެއީ ކޭ.އޭ.ވީ.ޔޫ.ކޭ.ސީ.ޔޫ ގްރޫޕް

މަގުބޫލް ލިޔުންތައް

Majlis raees kamuge dhahivethi kamugai dharifulhu Faisal gurubaan koh eynaa magaamun vaki kurumah Adhurey ebbas vehje

މަޖިލިސް ރައީސްކަމުގެ ދަހިވެތިކަމުގައި ދަރިފުޅު ފައިސަލް ގުރުބާންކޮށް އޭނާ މަގާމުން ވަކިކުރުމަށް އަދުރޭ އެއްބަސްވެއްޖެ

4

Maaugoodhoo school ge vanaveri dharivarunnan member mamdhoohge faraathun Huss fosithakeh!

މާއުނގޫދޫ ސްކޫލުގެ ވަނަވެރި ދަރިވަރުންނަށް މެންބަރު މަމްދޫޙުގެ ފަރާތުން ހުސް ފޮށިތަކެއް

2

Sihuru hadhaa 2 anhenunge bahah, Yameen Karuthaa fenan Aarasu Moodhu gai: 200 million rufiyaa ge Sirru Faisal Haamakurah vaifi!

ސިހުރުހަދާ ދެ އަންހެނުންގެ ބަހުން ޔާމީނު އާރަށު މޫދަށް: 200 މިލިއަން ރުފިޔާގެ ސިއްރު ފައިސަލް ހާމަކުރައްވައިފި

4