ކަސްޓަމްސްގެ ރަސްމީ ރެކޯޑުތަކުން އެނގޭ ގޮތުގައި، ތުރުކީން އެއްވެސް ކާޑު ބާވަތެއް ރާއްޖެއަށް އެތެރެކޮށްފައެއް ނުވެ
ތުރުކީން ކާޑުގެ ބާވަތްތައް އެތެރެކުރި ކަމަށް ބުނެ މީސްމީޑިއާގައި ފެތުރެމުންދާ ވާހަކައަކީ ސިޔާސީ ބޭނުމަށް ފަތުރާ ދޮގު މަޢުލޫމާތެއްކަން ވަނީ ހާމަވެފައެވެ. މި މަޢުލޫމާތު ފެތުރުމުގައި ރައީސް އޮފީހުގެ މިނިސްޓަރެއްގެ ދައުރު އޮތްކަމަށް ތުހުމަތު ކުރެވޭނެ ގަރީނާ ވަނީ ލިބިފައެވެ.
މިގޮތުން ކަސްޓަމްސްގެ ރަސްމީ ރެކޯޑުތަކުން އެނގޭ ގޮތުގައި، ތުރުކީން އެއްވެސް ކާޑު ބާވަތެއް ރާއްޖެއަށް އެތެރެކޮށްފައެއް ނުވެއެވެ. އަދި ސަރުކާރުގެ ރަސްމީ މީޑިއާތަކުންވެސް މިފަދަ މަޢުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި ސަރުކާރުގެ އިސް ފަރާތްތަކާއި، އެސް.ޓީ.އޯގެ އިސްވެރިން ބައިވެރިވެ ބޭއްވި ސިއްރު ބައްދަލުވުމެއްގައި، މި ދޮގު މަޢުލޫމާތު ފަތުރައި ސަރުކާރުގެ އިމޭޖް ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް ނިންމިކަމަށް ލިބިފައިވާ މަޢުލޫމާތުން ދޭހަވެއެވެ. މި ބައްދަލުވުމުގައި ރައީސް އޮފީހުގެ މިނިސްޓަރ އަރީފް، މީޑިއާ ޓީމުގެ ޙަލީލް އަދި އެސް.ޓީ.އޯގެ އެމް.ޑީ ބައިވެރިވިކަމަށް ތުހުމަތު ކުރެވެއެވެ.
މީސްމީޑިއާގައި ފެތުރުނު ފުށް ބަސްތާގެ ފޮޓޯއަކީ އެސް.ޓީ.އޯގެ ގުދަނެއްގައި ނަގާފައިވާ ފޮޓޯއެއްކަން ވަނީ ކަށަވަރުވެފައެވެ. މި ފޮޓޯ ނެގުމަށް ނިންމީ އިސްވެ ދެންނެވުނު ބައްދަލުވުމުގައިކަމަށް ބެލެވެއެވެ.
މި މައްސަލައާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި، ސަރުކާރުން ވަޢުދުތައް ފުއްދުމުގައި ނާކާމިޔާބުވެފައިވާތީ، މިފަދަ ދޮގު މަޢުލޫމާތު ފަތުރައި ރައްޔިތުން އޮޅުވާލަން އުޅުމަކީ ހަޔާތްކުޑަކަމުގެ މިސާލަކެވެ.
މި މައްސަލައާ ގުޅޭގޮތުން ރަސްމީ ފަރާތްތަކުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.
0%
0%
0%
0%
0%
25 ޑިސެންބަރު 2024
0
22 ޑިސެންބަރު 2024
0
16 ޑިސެންބަރު 2024
0
14 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4