މުއާޒްއާ ގުޅުންއޮންނަ ޔޫއޭއީ ކުންފުންޏަކުން އަގުބޮޑުކޮށް ފެނަކައަށް މުދާ ގަނެފައިވާކަމަށް މުއާޒްވަނީ އެއްބަސްވެފަ
މާކެޓް ރޭޓަށްވުރެ އެތައް ގުނައެއް ބޮޑުކޮށް ކޭބަލްތަކެއް ގަނެފައިވާ ކަމަށް އެއްބަސްވެ، ތަކުރާރުކޮށް އެކަން ކުރާނެ ކަމަށް ބުނެ ފެނަކަ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ގަދަބަސް ބުނެފިއެވެ.
މުއާޒްއާ ގާތް ގުޅުމެއް އޮންނަ އަލްފާ އެނާޖީ ސޮލިއުޝަންސް އެފްޒެޑް-އެލްއެލްސީ ކިޔާ ޔޫއޭއީ ކުންފުންޏަކުން ބޮޑު އަގުގަ 65.7 މިލިއަން ރުފިޔާގެ ކޭބަލްތަކެއް ފެނަކައަށް ވިއްކިކަން ފަޅާއެރީ އިއްޔެއެވެ. އަދި އެ މުާމަލާތާ ގުޅޭ 18 ޕަރޗޭސް އޯޑަރގެ ފޮޓޯތަކެއްވެސް ވަނީ ލީކްވެފައެވެ.
އެ މުއާމަލާތުން މުއާޒްއަށް 26.3 މިލިއަން ރުފިޔާގެ ކަޓެއް ލިބުނެވެ.
މި ކަރަޕްޝަންގެ ހަބަރު ގެނެސްދިން އެހެން ނޫހަކުން ސުވާލްކުރުމުން މުއާޒް ވަނީ އަލްފާއަށް 18 ޕަރޗޭސް އޯޑަރ ހެދި ކަމަށް އެއްބަސްވެފައެވެ.
މުއާޒް ބުނީ ލީކްވީ އަދި އެންމެ 18 ލިޔެކިޔުން ކަމަށާއި އޭގެ ކުރިންނާއި ފަހުންވެސް އެ ކުންފުންޏާއެކު މިފަދަ މުއާމަލާތްތައް ހިންގާފަ ހުންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެ ކުންފުންޏާއެކު މުއާމަލާތް ކުރާނެކަމަށް މުއާޒް ވަނީ ބުނެފައެވެ.
މިކަމުގަ ޑިފެންސަކަށް މުއާޒް ނެގީ ފެނަކައިގެ ފޫގޮސްފައި އޮތް ޕްރޮކިއޮމަންޓް ޕްރޮސެސްއެވެ. ޕްރޮކިއޮމަންޓް ޕްރޮސެސް އޮންނަނީ މުއާޒް ބޭނުން ބަޔަކަށް ބައިވެރިވެވޭ ގޮތަށެވެ.
އަދި ގާނޫނުގައި ބުނާ ތިން ކޯޓޭސަން ހަމަކުރަނީ ސީދާ ބޭނުންވާ ކުންފުންޏަށް ދިނުމަށްޓަކާ ކަރުދާސް ކުންފުނިތަކެއް ހިމަނައިގެންނެވެ.
ކަރަޕްޝަނާ ގުޅޭ ލިޔެކިޔުންތައް އެއީ އަސްލުކަން އެއްބަސްވުމަށްފަހު މުއާޒް ބުނީ އޭނާއަށް ކަޓެއް ލިބުމުން މައްސަލައެއް އޮތްނަމަ (އެހެން ގޮތަކަށް ބުނާނަމަ އެއްވެސް މީހަކު ޖެލަސް ވާނަމަ) އަވަހަށް އެންޓި ކަރަޕްޝަން ކަމިޝަނަށް ދާންވީ ކަމަށެވެ.
ކަރަޕްޝަންގެ ކަންކަން ބަލަން އޮންނަ މުއައްސަސާ ނިދާފައި އޮތުމުން މުއާޒް ވިޔަސް ކޮންމެ މީހަކުވިޔަސް މިހެން ޗެލެންޖްކޮށްފައި ބުނަން ކެރޭނެއެވެ.
0%
0%
0%
0%
0%
20 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
2 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4