މުއިއްޒުގެ ސަރުކާރުގެ ނުފޫޒުން، ވާދޫ ކައުންސިލުގެ ހުރިހާ ކައުންސިލަރުން މުސާރަ ނުލިބޭގިތައް މިވަނީ ސަސްޕެންޑްކޮށްފި
ވެރިކަމާ ހަވާލުވެ، ފުރަތަމަ ސަތޭކަ ދުވަސްތެރޭގައި ދިމާ މިކުރީ އަސާސީ ހައްގުތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަކަން އޮބަހައްޓާށެވެ. އަނެއްކާ ދިމާއެކުރީ ލާމަރުކަޒީ ނިޒާމު ފުޑާލާށެވެ. ތަބާނުވާނަމަ، އިލްޒާމުއަޅުވާ ސަސްޕެންޑު ކުރާށެވެ.
އެގޮތުން ގދ. ވާދޫ ކައުންސިލްގެ 27 މައްސަލައެއް ބެލުމަށްފަހު އެކަންސިލުގެ މެންބަރުން އަދި ކައުންސިލް ރައީސް، މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑް ކުރަން ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފި އެވެ.
ގދ ވާދޫ ކައުންސިލު މެންބަރުންގެ އެދުނީ ރަށުގެ ބާރުވެރިކަން ރަށަށް ދިނުމަށް.
އެލްޖީއޭ އިން ކުރިއަށް ގެންދިޔަ ހާއްސަ ތަހުގީގަށްފަހު، އެލްޖީއޭއަށް ހާމަވިކަމަށް އެ އޮތޯރިޓީއަށް ބުނީ "ކައުންސިލަރުން މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރާ ކަމާއި ވާޖިބު އަދާކުރުމުގައި އިހުމާލުވެފައިވާ ކަމެވެ. އަދި އޭގެ އިތުރުން ކައުންސިލްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ގާނޫނުތަކާއި ކައުންސިލްގެ ގަވައިދުތަކާއިވެސް ހިލާފައް ހިފާފައިވާކަމަށެވެ."
ކައުންސިލަކުން ކޮރަޕްޝަންގެ އަމަލެއް ހިންގި ނަމަ އެކަން ބަލާނީ އެންޓި ކޮރަޕްޝަން ކޮމިޝަންނުންނެވެ. އިދާރާގެ އޮޑިޓް ހަދާނީ އެކަން ކުރަން ހާއްސަ ކުރެވިފައިވާ މިނިވަން އިދާރާ އޮޑިޓާ ޖެނެރަލްގެ އޮފީހުންނެވެ. މުއިއްޒުގެ އަމާޒަކީ ލާމަރުކަޒީ ނިޒާމު ފުނޑާލުންކަމަށް އިދިކޮޅުން އަބަދުވެސް ބުނެއެވެ. ކައްޒާބުގެ ފިކުރަކީ އެއްކުރުމުގެ ފިކުރެވެ. މާލެއާއި މާލޭ އޭރިއާއަށް ބޮނޑިކުރުގެ ސިޔާސަތެވެ.
މީގެ އިތުރުން، ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މައްސަލަ ބަލައި، މުވައްޒަފުންގެ އިހުމާލެއްވާ ނަމަ އެކަންކަމަށް ޒިންމާވާ މުވައްޒަފުންނަށް ފިޔަވަޅު އަޅައިދިނުމަށް ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް ވެސް އެލްޖީއޭ އިން ވަނީ ނިންމައިފަ އެވެ.
0%
0%
0%
0%
0%
2 މާރިޗު 2026
0
2 މާރިޗު 2026
0
2 މާރިޗު 2026
0
2 މާރިޗު 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4